Thursday, June 16, 2016

އީމާންކަމުގެ މާނަ- 2

ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމުން އީމާންކަން ފުދޭ ހެއްޔެވެ؟
ޝަހާދަތުގެ ދެކަލިމަ ހަމައެކަނި ދުލުކޮޅުން ކިޔާލުމަކުން އީމާންކަމަށް ނުފުދެއެވެ. ދުލުން ކިއުމާއިއެކު ހިތުގެ އަޑިން ޤަބޫލުކޮށް އެކަލިމަ އެދޭގޮތަށް ޢަމަލުތައްވެސް ބަހައްޓަންޖެހެއެވެ. އެހެންކަމުން ޢިލްމުވެރިން لا إله إلا الله ކިއުމުގެ ފައިދާ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި ހަތް ޝަރުޠެއް ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން:
1.   ފުރަތަމަ ޝަރުޠަކީ: އެކަލިމައިގައި ހިމެނޭ ނަހީގެ ބަޔާއި އިޘްބާތުގެ ބަޔާއެކު ކަލިމައިގެ މާނަ ރަނގަޅަށް އެނގުމެވެ. އެކަލިމައިގެ މާނައާއި އެކަލިމަ އެދޭ ކަންތައްތައް ނޭނގި އެކަލިމަ ކިއުމުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.
2.   ދެވަނަ ޝަރުޠަކީ އެއްވެސް ޝައްކުކަމެއްނެތި އެކަލިމައިގައި ބުނާއެތި ޔަޤީންކުރުމެވެ.
3.   ތިންވަނަ ޝަރުޠަކީ ޝިރުކުން އެއްފަރާތްވެގެންވާ އިޚްލާޞްތެރިކަމެއް ހުރުމެވެ.
4.   ހަތަރުވަނަ ޝަރުޠަކީ ނިފާޤުކަމަށް ޖާގަނެތް ތެދުވެރިކަމަކުން އެކަލިމަ ތެދުކުރުމެވެ.
5.   ފަސްވަނަ ޝަރުޠަކީ މިކަލިމައަށާއި މިކަލިމައިން ދަލީލުކޮއްދޭ އެންމެހާ ކަންތައްތަކަށް ލޯބިކުރުމެވެ.
6.   ހަވަނަ ޝަރުޠަކީ އެކަލިމައިގެ ޙައްޤުތައް އަދާކުރުމުގައި ކިޔަމަންތެރިވުމެވެ.
7.   ހަތްވަނަ ޝަރުޠަކީ ރައްދު ނަފީކުރާފަދަ ޤަބޫލުކުރުމަކުން ޤަބޫލުކުރުމެވެ.
އީމާންކަމާއި އިސްލާމްކަމާއި ދެމެދުގައިވާ ގުޅުން
އީމާންކަމާއި އިސްލާމްކަމަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެކަލިމައެވެ. އަލްއީމާން އާއި އަލްއިސްލާމް މިދެލަފްޒު ވަކިވަކިން ބޭނުންކުރެވޭއިރު ކޮންމެ ލަފުޒެއްގައިވެސް އަނެއްލަފްޒުގެ މާނަ ހިމެނެއެވެ. މިސާލަކަށް އަލްއީމާންއޭ ބުނުމުން އީމާންކަމާއި އިސްލާމްކަން ހިމެނިގެންދެއެވެ. ހަމައެފަދައިން "އަލްއިސްލާމް" އޭ ބުނުމުންވެސް އިސްލާމްކަމާއި އީމާންކަން ހިމެނެއެވެ. އެހެންނަމަވެސް މިދެލަފްޒު އެއްތަނެއްގައި އެއްޢިބާރާތެއްގައި ބަޔާން ކުރެވިއްޖެނަމަ މިދެލަފްޒުގެ މާނަ ތަފާތުކޮށް ކުރެވެއެވެ. ދެލަފްޒު އެއްތަނެއްގައި އެއްޢިބާރާތެއްގައި އަންނަ ވަގުތު އަލްއީމާންގެ ލަފްޒު ބޭނުންކުރެވެނީ ތެދުކުރުމާއި ޔަޤީންކުރުމަށެވެ. އަދި އަލްއިސްލާމް މިލަފްޒު ބޭނުންކުރެވެނީ ގުނަވަންތަކުން ކުރެވޭ ހެޔޮޢަމަލުތަކަށެވެ. މިކަން ވަރަށް ސާފުކޮށް މަޝްހޫރު ޙަދީޘް ޖިބްރީލްއިން ހާމަވެގެންދެއެވެ.
އެޙަދީޘުން އީމާންކަމަކީ ހިތުން ތެދުކޮށް ޔަޤީންކުރަންޖެހޭ ކަންތައްތަކެއްކަން އެނގެއެވެ. އަދި އިސްލާމްކަމަކީ ގުނަވަންތަކުން ކުރެވޭ ހެޔޮ ޢަމަލުއާޢި ގުޅުންހުރި އެއްޗެއްކަންވެސް ހާމަވެއެވެ.

އަލްއިސްލާމް މިލަފްޒު ވަކިން ބޭނުންކުރާއިރު އީމާންކަން އޭގައި ހިމެނޭކަމުގެ ދަލީލަކީ:
ބަޤަރާ ސޫރަތުގެ 136 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވި މިއާޔަތެވެ.
قُولُواْ آمَنَّا بِاللّهِ وَمَآ أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَقَ وَيَعْقُوبَ وَالأسْبَاطِ وَمَا أُوتِيَ مُوسَى وَعِيسَى وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لاَ نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ
މާނައީ: "ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން ﷲ އަށާއި ތިމަންމެންނަށް ބާއްވައިލައްވާފައިވާ ތަކެއްޗަށާއި އިބްރާހީމްގެފާނަށާއި އިސްމާޢީލުގެފާނަށާއި، އިސްޙާޤުގެފާނަށާއި ޔަޢުޤޫބުގެފާނަށާއި އެކަލޭގެފާނުގެ ދަރީންނަށް ބާއްވައިލައްވައިފައިވާ ތަކެއްޗަށާއި މޫސާގެފާނަށާއި ޢީސާގެފާނަށް ދެއްވާފައިވާ ތަކެއްޗަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ދެއްވާފައިވާ ތަކެއްޗަށް އީމާންވެއްޖައީމެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަންވެ މުސްލިމުންކަމުގައި ވެގެންނެވެ."

އަލްއީމާން މިލަފްޒު ވަކިން ބޭނުންކުރާއިރު އިސްލާމްކަން އޭގައި ހިމެނޭކަމުގެ ދަލީލަކީ:
މާތްﷲ ވަޙީކުރެއްވި މިއާޔަތެވެ: ޙުޖުރާތު ސޫރަތުގެ 2،3،4ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ - الَّذِينَ يُقِيمُونَ الصَّلاَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ -  أُوْلَئِكَ هُمُ الْمُؤْمِنُونَ حَقًّا لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ
މާނައީ: "މުއުމިނުންވާކަން ކަށަވަރީ، ﷲ ހަނދުމަކުރާ ހިނދު އެބައިމީހުންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާއްވައިލެއްވި) އާޔަތްތައް އެބައިމީހުންނަށް ކިޔައިދެވޭ ހިނދު، އެބައިމީހުންގެ އީމާންކަން އިތުރުވާމީހުން ކަމުގައެވެ. އަދި އެބައިމީހުންގެ ވެރި ރަސްކަލާނގެއަށް ވަކީލުކުރާ މީހުން ކަމުގައެވެ. އެބައިމީހުންނީ، ނަމާދު ޤާއިމްކުރާ މީހުންނެވެ. އަދި އެބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތި ހޭދަކުރާ މީހުންނެވެ. ޙަޤީޤަތުގައި މުއުމިނުންނަކީ، ހަމަ އެބައިމީހުންނެވެ. އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި (މަތިވެރި) ދަރަޖަތަކާއި، ފާފަފުއްސެވުމާއި، ދީލަތިވެގެންވާ ރިޒުޤް އެބައިމީހުންނަށް ހުއްޓެވެ." 

އީމާންކަމުގެ ރުކުންތައް

1-     الله ސުބުޙާނަހޫވަތަޢާލާއަށް އީމާންވުން.
الله ސުބުޙާނަހޫވަތަޢާލާއަށް އީމާން   ވުމުގައި الله ސުބުޙާނަހޫވަތަޢާލާގެربوبية އަށާއި الله ސުބުޙާނަހޫވަތަޢާލާގެألوهية އަށާއި  الله ސުބުޙާނަހޫވަތަޢާލާގެ އިސްމުފުޅު ތަކަށާއި ނަންފުޅުތަކަށް އީމާންވުން ހިމެނެއެވެ.
الله ސުބުޙާނަހޫވަތަޢާލާ ގެربوبية އަށް އީމާންވުމަކީ ހަމަކަށަވަރުން އެކަލާނގެއީ ހުރިހާ ތަކެއްޗެއް ހައްދަވައި ބޮޑުކުރައްވާ ރަސްކަލާނގެކަމަށާއި ހުރިހާ ވެރިކަމެއްގެ ވެރިރަސްކަލާނގެކަމަށާއި  ހުރިހާ ކަމެއް ރާއްވަވާ ތަދުބީރުކުރައްވާ ރަސްކަލާނގެކަމަށް  ހިތުގައި އެއްވެސް ޝައްކުކަމެއްނެތި ޤަބޫލުކުރުމެވެ.  
 ހޫދު ސޫރަތުގެ 06 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَمَا مِن دَآبَّةٍ فِي الأَرْضِ إِلاَّ عَلَى اللّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا كُلٌّ فِي كِتَابٍ مُّبِينٍ
މާނައީ: "اﷲ ގެ ޒިންމާގައި އެއެއްޗެއްގެ ރިޒްޤު ނުވާ ހަމައެއްވެސް ދިރޭ އެއްޗެއް ބިންމަތީގައި ނުވެއެވެ. އަދި އެއެއްޗެއް ޤަރާރުވާ ތަނާއި، (އެބަހީ ބިމުގައި ދިރި އުޅޭ ކޮންމެ ތަނެއް ނުވަތަ ބަފައިންގެ ޞުލްބު) އަދި އެއެއްޗެއް حوال ކުރެވޭތަން (އެބަހީ ކަށްވަޅު ނުވަތަ މައިންގެ ރަޙިމް) އެކަލާނގެ ދެނެވޮޑިގެންވެއެވެ. ހުރިހާ އެއްޗެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި (އެބަހީ: اللوحالمحفوظ ގައި) ލިޔެވިފައެވެ."
        الله ސުބުޙާނަހޫވަތަޢާލާ ގެ ألوهية އަށް އީމާންވުމަކީ ހަމަކަށަވަރުން އެކަލާނގެއީ ޙައްޤު ގޮތުގައި އަޅުކަން ވެވޭ ހަމައެކަނި އިލާހުކަމަށާއި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ ހުރިހާ ފަރާތެއް ބާޠިލުވެގެންވާކަން ހިތުގައި އެއްވެސް ޝައްކުކަމެއްނެތި ޤަބޫލުކުރުމެވެ. 
         الله ސުބުޙާނަހޫވަތަޢާލާ ގެ އިސްމުފުޅުތަކަށާއި، ސިފަފުޅުތަކަށް އީމާންވުމަކީހަމަކަށަވަރުން އެންމެހާ ރިވެތި އިސްމުފުޅުތަކާއި، އެންމެހާ ފުރިހަމަވެގެންވާ މަތިވެރި ސިފަފުޅުތައް ލިބިވޮޑިގެންވަނީ އެކަލާނގެއަށް ކަން ހިތުގައި އެއްވެސް ޝައްކުކަމެއްނެތި ޤަބޫލުކުރުމެވެ.
ޢައުރާފް ސޫރަތުގެ 180ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا وَذَرُواْ الَّذِينَ يُلْحِدُونَ فِي أَسْمَآئِهِ
މާނައީ: "އަދި އެންމެ ރިވެތި އިސްމުފުޅުތައް ލިބިވޮޑިގެންވަނީ الله އަށެވެ. ފަހެ ތިޔަބައި މީހުން އެއިސްމުފުޅުތަކުން އެކަލާނގެއަށް ދުޢާކުރާށެވެ. އަދި އެކަލާނގެ އިސްމުފުޅުތަކުގައި އިލްޙާދު ކުރާ މީހުން ތިޔަބައިމީހުން ދޫކޮށްލާށެވެ."
الله ސުބުޙާނަހޫވަތަޢާލާ  ގެ މިއިސްމުފުޅުތަކާއި ސިފަޅުތައް ޤަބޫލުކުރަންޖެހެނީقرآن އާއި ސުންނަތުގައި އައިސްފައިވާގޮތަށް އެއްވެސް ތައުވީލުކުރުމަކާއި ނުލައި އެއްގޮތްކުރުމަކާއި ނުލައި ކައިފިއްޔަތު ބަޔާންކުރުމަކާއި ނުލައި އަދި މިސާލުޖެހުމަކާއި ނުލައި މިއުއްމަތުގެ ސަލަފުންނާއި އިމާމުން އިޚްތިޔާކުރެއްވި މަގުންނެވެ.
ޝޫރާ ސޫރަތުގެ 11 އަދި 12 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ - لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ يَبْسُطُ الرِّزْقَ لِمَن يَشَاء وَيَقْدِرُ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ
މާނައީ: "އެކަލާނގެއާއި އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވައިވޮޑިގެންވާ ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކާއި ބިމުގެ (ޚަޒާނާތަކުގެ) ތަޅުދަނޑިތައް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިރާދަކުރެއްވި މީހަކަށް ރިޒްޤު ތަނަވަސް ކޮށްދެއްވައެވެ. އަދި އިރާދަކުރެއްވި މީހަކަށް ރިޒްޤު ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

2-       މަލާއިކަތުންނަށް އީމާންވުން:

މަލާއިކަތުންނަކީ الله ސުބުޙާނަހޫވަތަޢާލާ  ނޫރުން ހައްދަވާފައިވާ ބައެކެވެ.  اللهސުބުޙާނަހޫވަތަޢާލާ   އެބޭކަލުން އަހުރެމެންނަށް ފަރުދާ ކުރެއްވިއެވެ. ފަހެ، އެބޭކަލުން އަހުރެމެންނަކަށް ނުފެނެއެވެ. އަދި ބައެއްފަހަރު الله ސުބުޙާނަހޫވަތަޢާލާ  އެކަލާނގެ ބައެއް އަޅުންނަށް އެބޭކަލުން ކަޝްފު ކޮށްދެއްވިއެވެ. ފަހެ ހަމަކަށަވަރުން رسول الله صَلَّ اللهُ عَلَيْهِوَسَلَّم ޖިބްރީލްގެފާނު އެކަލޭގެފާނުގެ އަސްލު ސޫރައިގައި ދެކެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ހަސަތޭކަ ފިޔަފުޅުވިއެވެ. (އެކަލޭގެފާނުގެ ބޮޑުކަން) މުޅި އުދަރެސް ބައްދައިލެއްވިއެވެ. އަދި ޖިބްރީލުގެފާނު މަރިޔަމްގެފާނުގެ އަރިހަށް ފުރިހަމަ އިންސާނެއްގެ ސޫރާގައި ވަޑައިގަތެވެ. ފަހެ މަރިޔަމްގެފާނު އެކަލޭގެފާނާއި މުޚާތަބުކުރެއްވިއެވެ. އަދި އެކަލޭގެފާނުވެސް އެކަމަނާއާއި މުޚާޠަބު ކުރެއްވިއެވެ. އަދި رسول الله صَلَّ اللهُ عَلَيْهِ وَسَلَّم ގެ އަރިހުގައި އަޞްޙާބު ބޭކަލުން ތިއްބަވަނިކޮށްވެސް ޖިބްރީލްގެފާނު ވަޑައިގަތެވެ. މަލާއިކަތްބޭކަލުންނާއި ޙަވާލުކުރެވިގެންވާ ކަންތައްތަކެއް ވާކަން އަހަރެމެން ޤަބޫލުކުރަންޖެހެއެވެ.
         އެގޮތުން ޖިބްރީލްގެފާނަކީ ވަޙީގެ މަލާއިކަތާއެވެ. ވަޙީ އާއިގެން ﷲ ގެ ޙަޟްރަތުން އެކަލާނގެ އިރާދަކުރެއްވި ބޭކަލެއްގެ އަރިހަށް ވަޑައިގަނެއެވެ. އެއީ ނަބިއްޔުންނާއި ރަސޫލުންގެ އަރިހަށެވެ.
         އެބޭކަލުންގެ ތެރެއިން ميكائيل ގެފާނަކީ ވާރެއާއި ގަސްގަހާގެހީގެ ކަންތައްތައް ޙަވާލުކުރެވުނު މަލާއިކަތާއެވެ.
         އެބޭކަލުންގެ ތެރެއިން إسرافيل ގެފާނަކީ މީސްތަކުން މަރުވާ ހިނދުގަޔާއި ދެވަނަފަހަރަށް މީސްތަކުން ދިރިގެން ތެދުވާ ހިނދު ތާޅަފިލި ފުންމަވައިލެއްވުމުގެ ކަންތައް ޙަވާލުކުރެވުނު މަލާއިކަތާއެވެ.
         އެބޭކަލުންގެ ތެރެއިން މަލަކަލްމައުތު ގެފާނަކީ މީސްތަކުން މަރުވާ ހިނދު މަރުހިއްޕެވުމުގެ ކަންތައް ޙަވާލުކުރެވުނު މަލާއިކަތާއެވެ.
އެބޭކަލުންގެ ތެރެއިން ފަރުބަދަތަކުގެ މަލާއިކަތާއަކީ އެފަރުބަދަތަކުގެ ކަންތައްތައް ޙަވާލުކުރެވުނު މަލާއިކަތާއެވެ.
         އެބޭކަލުންގެ ތެރެއިން މާލިކު އަކީ ނަރަކައިގެ ބަނޑޭރިއެވެ.
         އެބޭކަލުންގެ ތެރެއިން، މައިންގެ ރަޙިމްތަކުގައިވާ ޅަދަރިންގެ ކަންތައްތައްޙަވާލުކުރެއްވުނު މަލާއިކަތުންވެއެވެ.
         އާދަމުގެ ދަރިން ރައްކައުތެރިކުރުމާ ޙަވާލުކުރެވުނު މަލާއިކަތުންވެސްވެއެވެ.
         އަދި އެބައިމީހުންގެ ޢަމަލުތައް ލިޔުމާ ޙަވާލުކުރެވުނު މަލާއިކަތުންވެސް ވެއެވެ.ކޮންމެ މީހަކަށް ދެމަލާއިކަތުން مقرر ކުރެވިފައިވެއެވެ.
 ޤާފު ސޫރަތުގެ 17 އަދި 18 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِذْ يَتَلَقَّى الْمُتَلَقِّيَانِ عَنِ الْيَمِينِ وَعَنِ الشِّمَالِ قَعِيدٌ - مَا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ
މާނައީ: "އޭނާގެ ކަނާތްފަރާތު ގައްޔާއި ވާތްފަރާތުގައި އިށީނދެވަޑައިގެން ތިއްބަވާ ދެމަލާއިކަތުންނެވެ. އެދެމަލާއިކަތުން އޭނާގެ ކައިރީގައި ފާރަލައްވާ ތައްޔާރަށް ތިއްބަވާޙާލު މެނުވީ އޭނާއަށް ދުލުން ލަފްޒެއް ވެސްބޭރުކޮށްނުލެވެއެވެ." އަދި މައްޔިތާއާއި ސުވާލު ކުރެވުމާއި ޙަވާލުކުރެވުނު މަލާއިކަތުންވެސްމެއެވެ. މައްޔިތާ ވަޅުލުމުގެ ކަންތައް ނިމޭހިނދު އޭނާގެ ގާތަށް ދެމަލާއިކަތުން ވަޑައިގަނެއެވެ. އަދި އޭނާގެ ރައްބާއި، އޭނާގެ ދީނާއި، އޭނާގެ ނަބިއްޔާއާއި ބެހޭގޮތުން ސުވާލު ކުރައްވައެވެ.
ހަމަކަށަވަރުން رسول الله صَلَّ اللهُ عَلَيْهِ وَسَلَّم ޚަބަރުދެއްވާފައިވެއެވެ. ހަމަކަށަވަރުން އުޑުގައިވާ البيت المعمور އަށް ކޮންމެދުވަހަކު ހަތްދިހަ ހާސް މަލާއިކަތުން ވަދެވަޑައިގަނެއެވެ. (އެހެން ރިވާޔަތެއްގައި ވަނީ އެތާނގައި ނަމާދު ކުރައްވަތެވެ.) އަދި އެجماعة  ދެވަނަ ފަހަރަކަށް އަނބުރައި އެތަނަކަށް ވަޑައެއް ނުގަންނަވައެވެ.

No comments:

Post a Comment