Sunday, June 19, 2016

މިކާއިނާތުފިޔަވައި އެހެން ކާއިނާތުތަކެއްވޭތަ؟

މިކާއިނާތުފިޔަވައި އެހެން ކާއިނާތުތަކެއްވޭތަ؟

ދީނާއި ސައިންސަކީ އެކުއެކީގައި މަސައްކަތްކުރެވޭނެ ދެ އެއްޗެއް ކަމާ މެދު ޣައިރު މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ޝައްކުކުރެއެވެ. މިއާޚިލާފަށް މުސްލިމުން ޤަބޫލުކުރާ ގޮތުގައި އިސްލާމް ދީނަކީ ސައިންސާ އެކު މަސައްކަތްކުރެވޭނެ ދީނެކެވެ. އިސްލާމް ދީނަކީ މި ޒަމާނަށް ނުފެތޭ ދީނެއް ކަމަށް ބަޔަކު ދަޢުވާކުރަމުން ދާ ނަމަވެސް، މުސްލިމު ޢިލްމުވެރިން ވަނީ އިސްލާމް ދީނުގެ އެހީއާ އެކު ސައިންސުގެ ރޮނގުތަކުން ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އެ ގޮތުން ފިޒިކްސްގެ ދާއިރާއިންނާއި ކެމިސްޓްރީގެ ދާއިރާއިންނާއި ޖޯގުރަފީގެ ދާއިރާއިން ވެސް މުސްލިމު ޢިލްމުވެރިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ.

އެކްސްޕެރިމެންޓަލް ފިޒިކްސްއާއި މޮޑަރން ސައެންޓިފިކް މެތަޑްގެ ބައްޕަ ކަމުގައި ގިނަ ބަޔަކު ދެކޭ އިބްނު އަލް ހައިޡަމްއާއި އަލް ބައިރޫނީއާއި އިބްނު ސީނާ ފަދަ ޢިލްމުވެރިންނަކީ އެ ބޭފުޅުންގެ މަސައްކަތްތައް ޔޫރަޕުގެ ޔުނިވަރސިޓީތަކާއި ޢިލްމީ މަރުކަޒުތަކުގައި އެތައް ސަތޭކަ އަހަރެއް ވަންދެން އުނގަންނައިދެވުނު، އަދި އެ ބަޔަކާ މެދު މުސްލިމް އުންމަތް ފަޚުރުވެރިވާ، މަޝްހޫރު ޢިލްމުވެރީންނެވެ. މި ބޭފުޅުން ވަނީ މި ބޭފުޅުންގެ ފަންނުތަކުގައި އޭގެ ކުރިން އެއްވެސް ބަޔަކު ނުހޯދާހައި ބޮޑެތި ކާމިޔާބީތަކާއި ކުރިއެރުންތައް ހޯއްދަވާފައެވެ.

އިބްނު ސީނާ ފަދަ ޢިލްމުވެރިއެއް ކަމަށްވާ ފަޚްރުއްދީން-އައްރާޒީ އަކީ ތަފްސީރު ޢިލްމާއި ފަލްސަފާގެ ޢިލްމުގައި ފުންނާބު އުސް ޢިލްމުވެރިއެކެވެ. އައްރާޒީގެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ އެއް ކާއިނާތަށް ވުރެ ގިނަ ކާއިނާތުތަކެއްވާ ކަމުގެ ތިއަރީއަށް (މަލްޓިވަރސް ތިއަރީއަށް) ތަފާތު ނަޒަރަކުން ބައްލަވައި، ކީރިތި ޤުރުއާނުގެ އަލީގައި މި ތިއަރީއަށް ބާރުދޭ ހެކި ހޯއްދެވުމެވެ. މަލްޓިވަރސް ތިއަރީއަކީ އެއާ މެދު ސައިންސްވެރިންގެ މެދުގައި އެތަކެއް ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ އެއްޗެކެވެ. ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން މި ދިރިއުޅޭ ދުނިޔެ ފިޔަވައި އެހެން ޕްލެނެޓެއްގައި ދިރުން ހުރެދާނެ ކަމަށް ކުރެވޭ ބަހުސާ ގުޅިގެން ވެސް، މަލްޓިވަރސް ތިއަރީއާ މެދު ވަނީ ޚިޔާލު ތަފާތުވެފައެވެ.

ބައެއް ސައެންސްވެރިންގެ ނަޒަރުގައި އެއް ކާއިނާތަށްވުރެ ގިނަ ކާއިނާތުތަކެއް ވުމަކީ، ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. ނަމަވެސް މިފަހަކަށް އައިސް، މަލްޓިވަރސް ތިއަރީއަށް ލިބޭ ތަރުހީބު އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން، ދުނިޔޭގެ ފެންވަރުގައި ސައެންސްގެ ދާއިރާތަކުން އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ ސްޓީވަން ހޯކިންގްސްއާއި ސްޓީވަން ވެއިންބާގްއާއި ލައުރާ މަރސިނީ-ހޫޓަންއާއި ނީލް ޑަގްރާސް ޓައިސަން ފަދަ ބޭފުޅުން ވަނީ މި ތިއަރީއަށް ތާއީދުކުރައްވާފައެވެ. ހަމައެއާއެކު، ސައެންސް ފިކްޝަން ވާހަކަތަކުގެ ތެރޭގައި މަލްޓިވަރސް ތިއަރީ ބޭނުންކުރަމުން އައިސްފައިވާގޮތުން، މި ތިއަރީއަށް އިތުރު ސަމާލުކަމެއް ވަނީ ލިބިފައެވެ. 

މި ތިއަރީއާ ގުޅޭ ގޮތުން 2002 ވަނަ އަހަރު ބީބީސީއިން ހުށަހެޅި ޑޮކިއުމެންޓަރީއެއްގައި ބައެއް ސައެންސްވެރިން ފާހަގަކޮށްފައިވާ ގޮތުގައި އަޅުގަނޑުމެން މި ދިރިއުޅޭ ކާއިނާތު ފިޔަވައި އެތައް މިލިއަން ކާއިނާތުތަކެއް ވެދާނެއެވެ. އަދި އެއިން ކޮންމެ ކާއިނާތެއްގައި ވެސް އެ ކާއިނާތަކަށް ޚާއްޞަ ފިޒިކްސްގެ ހަމަތަކެއް ވުން އެކަށީގެންވެއެވެ. އެ ބޭފުޅުން ސިފަކުރައްވާ ގޮތުގައި އަޅުގަނޑުމެން މި ދިރިއުޅޭ ކާއިނާތަކީ ސައިބޯނި ބޮކީގެ ކަނޑެއްގައި ދަތުރުކުރަމުންދާ އެއް ސައިބޯނި ބޮތްކެއް ފަދަ ތަނެކެވެ. މި ޑޮކިއުމެންޓަރީގައި އެހެން ބައެއް ސައެންސްވެރިން ފާހަގަކުރެއްވި ގޮތުގައި އަޅުގަނޑުމެން މި ދިރިއުޅޭ ކާއިނާތާ އެކުއެކީގައި މަސައްކަތްކުރާ ކާއިނާތުތަކެއް ޖައްވުގެ ދުރު ހިސާބެއްގައި ވެދާނެއެވެ. އަދި އެ ކާއިނާތުތަކާއި އަޅުގަނޑުމެން މި ދިރިއުޅޭ ކާއިނާތާ ހުރި ގާތްކަން ތަފާތު ގޮތްގޮތަށް އަޅުގަނޑުމެންނަށް އިހުސާސްކުރެވިދާނެއެވެ. ފާހަގަ ކޮށްލަންޖެހޭ ކަމަކީ މި ހުރިހައި ކަމަކީ ވެދާނެ ކަންކަމުގެ ގޮތުގައި، އިންސާނުން އުފައްދާފައިވާ ނަޒަރިއްޔާތުތަކެއް ކަމެވެ. އަދި ސައިންސް ޢިލްމުގެ އެހީގައި މި ކަންކަމަކީ ޙަޤީޤަތެއްކަމަށް ބާރުދޭ ސާފު ހެއްކެއް އަދި ފެނިފައިނުވާކަމެވެ.

މި ސައެންސްވެރިންނާ ޚިލާފަށް ފަޚްރުއްދީން-އައްރާޒީ މަލްޓިވަރސް ތިއަރީއަށް ދަލީލު ނަންގަވަނީ ކީރިތި ޤުރުއާނުގެ ސޫރަތުލް ފާތިޙާގެ ދެވަނަ އާޔަތުންނެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތުގެ މާނައިގައިވެއެވެ. "ޙަމްދު ހުރީ ޢާލަމުތަކުގެ ވެރި ﷲ އަށެވެ." މި އާޔަތުގައި "ޢާލަމްތަކުގެ" ނުވަތަ ޢާލަމުގެ ޖަމްޢު ގޮތުގައި އިޝާރާތްކުރައްވާފައި ވަނީ މި ކާއިނާތުގެ ތެރޭގައިވާ ތަފާތު ޢާލަމްތަކަކަށްތޯ ނުވަތަ މި ކާއިނާތުގެ އިތުރުންވާ އެހެނިހެން ކާއިނާތުތަކަކަށްތޯ، އައްރާޒީ ސުވާލުކުރައްވައެވެ. އަދި ޖަވާބުގައި ވިދާޅުވެފައިވެއެވެ.

"މި ދުނިޔެއަށް ވުރެ ދުރުގައި ވަކި ޙައްދެއްނެތް ހުސްކަމެއްވާ ކަމާއި، އެންމެހައި މަޚްލޫޤުންގެ މައްޗަށް ބާރު ފޯރުއްވާ ފަރާތަކީ މާތް ﷲ ކަމީ އެއްވެސް ޝައްކެއްނެތް ގޮތުގައި ސާފު ހެއްކާއި ދަލީލާ އެކު ޡާބިތުވާ ކަންކަމެވެ. އެހެންކަމުން، އެކަލާނގެ އިރާދަކުރައްވައިފިނަމަ، މި ކާއިނާތުގައި ލައްވާފައި މިވާ ފަދަ އިރާއި ހަނދާއި ދުނިޔެތައް ހިމެނޭ އެތައް ހާސް ކާއިނާތެއް ހެއްދެވުމުގެ ކުޅަދާނަކަން އެކަލާނގެއަށް ލިބިވޮޑިގެންވާކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. އަދި އެ ކާއިނާތުތަކަކީ މި ކާއިނާތަށް ވުރެ އެތައް ގުނައެއް ބޮޑު ކާއިނާތުތަކެއް ކަމުގައި ލެއްވުމަކީ ވެސް އެކަލާނގެއަށް ނުހަނު ފަސޭހަ ކަމެކެވެ. މި ކާއިނާތާއި، މި ދުނިޔެއަކީ މި ފަދަ ހަމައެކަނި ތަންތަން ކަމުގައި ބުނާ ފަލްސަފާވެރިންގެ ޒުވާބަކީ އެއްވެސް އޮށްޓަރެއްހުރި ވާހަކައެއްނޫނެވެ."

އިސްވެ ދެންނެވުނު އާޔަތުގެ އިތުރުން ވެސް ތަފާތު އާޔަތްތަކުގައި މާތް ﷲ ކާއިނާތުތަކުގެ ވާހަކަ އަންގަވާފައިވެއެވެ. އެ ގޮތުން ސޫރަތުލް ޤަޞަޞްގެ 30 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ފަހެ، އެކަލޭގެފާނު އެ އަލިފާންގަނޑުގެ ކައިރިޔަށް ވަޑައިގަތްހިނދު، ވާދީގެ ކަނާތްފަރާތުގައިވާ بركات ތެރި ތަނަކުން ގަހެއްގެ ތެރެއިން އެކަލޭގެފާނަށް ނިދާއިއްވެވިއެވެ. އޭ موسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، عالم ތަކުގެ ވެރި الله އެވެ." ހަމައެފަދައިން ސޫރަތުލް އަޢުރާފުގެ 54 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި الله އެވެ. އެއަށްފަހު، އެކަލާނގެ عرش ގެ މައްޗަށް استواء ވެ ވޮޑިގެންވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް، އެކަލާނގެ أمر ފުޅަށް ކިޔަމަން ކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި أمر ކުރެއްވުންވަނީ، އެކަލާނގެއަށް خاص ވެގެންނެވެ. عالم ތަކުގެ ވެރި الله މަތިވެރިވެ ވޮޑިގެންފިއެވެ." މި ދެ އާޔަތުގައި ވެސް "ޢާލަމްތަކުގެ" މި ފަދައިން އައިސްފައިވުމުން ދޭހަކޮށްދެނީ، އެއް ކާއިނާތަށްވުރެ ގިނަ ކާއިނާތުތަކެއް ވާކަން ކަމަށް ޢިލްމުވެރިން ދެކިލައްވައެވެ.

މި މައުޟޫއަށް ވާހަކަދައްކަވަމުން ޕްރޮފެސަރ ފަހީމް އަޝްރަފް ވިދާޅުވަނީ:
"ސައެންސްގެ ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި މި ކާއިނާތުގެ އިތުރުން އެހެން ކާއިނާތުތަކެއް ވުމަކީ ވެދާނެ ކަމެކެވެ. އަދި އެ ކާއިނާތުތަކުގައި ކޮންމެ ކާއިނާތަކަށް ވެސް ޚާއްޞަ މާއްދީ ހަމަތަކަކާއި ގަވާއިދުތަކެއް ވުމީ އެކަށީގެންވާ ކަމެކެވެ. މިކަމުގެ ހެއްކަކީ ކީރިތި ޤުރުއާނުގެ މި އާޔަތެވެ.
اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا ۝
މާނައީ: "ﷲއީ، ހަތް އުޑު ހެއްދެވި ރަސްކަލާނގެއެވެ. އަދި ބިމުން ވެސް އެފަދަމެއެވެ. (އެބަހީ: އެކަލާނގެ ހަތް ބިން ހެއްދެވިއެވެ.) އެ ތަންތާނގައި އެކަލާނގެ އަމުރުފުޅު ހިނގަހިނގާ ހުރެތެވެ. ހަމަކަށަވަރުން ﷲއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެ ކަމާއި، ހަމަކަށަވަރުން، ﷲގެ ޢިލްމުފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާ ކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ." (ސޫރަތުއް ޠަލާޤް 12)
މި އާޔަތުގައި "سَمَاوَاتٍ" (އުޑު) ގެ ގޮތުގައި ބަޔާންކޮށްފައިވަނީ ކާއިނާތުގެ މާނައިގައިނަމަ، އެއިން ދޭހަވާ ކަމަކީ 7 ކާއިނާތު ވާ ކަމާއި އެ ތަންތަނުގައި އެ ތަނަކަށް ޚާއްޞަ މާއްދީ ގަވާއިދުތަކެއް ވާ ކަމެވެ.

މި އާޔަތުން އެނގޭ ކަމަކީ މާތް ﷲ މި ކާއިނާތު ފިޔަވައި އެހެން ކާއިނާތުތަކެއް ހައްދަވާފައިވާ ކަމާއި އެ ތަންތަނުގެ މައްޗަށް އެކަލާނގެ އަމުރުފުޅު ހިނގަމުންދާ ކަމެވެ. މި އާޔަތުގައި ހިނގަހިނގާ ހުންނަ ކަމެއްގެ އުޞޫލުން އައިސްފައިވުމުން ދޭހަވަނީ އެ ކާއިނާތުތަކަކީ ކުރީގެ ތިއަރީތަކާ ޚިލާފަށް މިހާރު ވެސް އުފެދިފައިވާ ތަންތަން ކަމެވެ."
ބައެއް ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި، ޢާލަމުތަކާ ގުޅޭ ގޮތުން ކީރިތި ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ދަލީލުތަކުގައި އިޝާރާތްކުރެވެނީ ޣައިބުގައިވާ ތަފާތު ޢާލަމްތައް ހިމެނޭ ގޮތުންނެވެ. އެޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި މަލްޓިވަރސް ތިއަރީގައި މި ބުނާ ތަފާތު ކާއިނާތުތަކަކީ ޣައިބުގައިވާ ޢާލަމްތަކެވެ. އޭގެ ތެރޭގައި ޖިންނީންގެ ޢާލަމާއި މަލަކޫތީ ޢާލަމް ހިމެނޭ ގޮތުގައެވެ. އެހެންކަމުން، އެ ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި މަލްޓިވަރސް ތިއަރީގެ ސަބަބުން މާތް ﷲގެ ކުޅަދުންވަންތަކަމުގެ އިތުރު ހެކިތައް ހާމަވެގެންދެއެވެ.

އަދުގެ ސައިންސްގެ އެހީގައި، އަޅުގަނޑުމެން ދިރިއުޅެމުން މިދާ ކާއިނާތު ފިޔަވައި އިތުރު އެއްވެސް ކާއިނާތެއް ނުވަތަ ކާއިނާތުތަކެއް އަދި ހޯދިފައެއްނުވެއެވެ. ހަމައެއާއެކު، އެ ފަދަ ކާއިނާތަކާއި އަޅުގަނޑުމެން މި ދިރިއުޅޭ ކާއިނާތާ ދެމެދު ބޮޑެތި ތަފާތުތަކެއް ހުންނަ ކަމަކަށް ސާބިތު ހިފޭވަރުގެ ހެއްކެއް ފެންނާކަށް ވެސް ނެތެވެ. ނަމަވެސް، ކީރިތި ޤުރުއާނާއި ސައިންސްގެ ހޯދުންތަކުން އެނގެނީ އިތުރު ކާއިނާތުތަކެއް މާތް ﷲ އުފައްދަވާފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމެވެ. އަދި އެ ކާއިނާތުތަކުގައި އެ ތަންތަނަށް ޚާއްޞަ ސިފަތަކެއް ލައްވާފައިވެދާނެ ކަމެވެ. މާތް ﷲއީ އެންމެހައި ކަމަކަށް ކުޅަދުންވަންތަ، ޢާލަމްތަކުގެ ވެރި، އިލާހެވެ. އެކަލާނގެ އިރާދަކުރައްވައިފި ކޮންމެ ކަމެއް ވެދެއެވެ. އެހެންކަމުން، އެއް ކާއިނާތަށް ވުރެ ގިނަ ކާއިނާތުތަކެއް ލައްވާފައިވުމަކީ ނުވާނެ ކަމެކޭ ނުބުނެވޭނެ ނޫންތޯއެވެ؟ وَاَللهُ أَعْلَم.

Friday, June 17, 2016

އުންމުލް މުއުމިނީން އައްސައްޔިދާ ޞަފިއްޔާ ބިންތި ޙުޔައްޔު ރަޟިޔަﷲ ޢަންހާ

"އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ލޭ ދައުރުވާފަދައިން، ޝައިޠާނާ ދައުރުވެއެވެ. ޝައިޠާނާ ތިޔަބައިމީހުންގެ ހިތްތަކަށް (އެފަދަ) ވާހަކައެއް ވައްދަފާނެތީއެވެ. (އެހެންކަމުން ނުބަޔަކުން ސަލާމަތްކުރެއްވުމަށްޓަކައި އެހެން ވިދާޅުވީއެވެ. ބުޚާރީ، މުސްލިމް، އަބޫދާއޫދު، އަޙްމަދު)
أمّ المؤمنين السّيّدة صفيّة رضى اللّـه عنــها
ކައުސާހިބާ
صلّى اللّـه عليه وسلّم
ދެކެ ވަރަށްބޮޑަށް ލޯބިފުޅުވެއެވެ. އިތުރު ސާހިބާ ސުވަރުގެވަޑައިގެންނެވުމުގެ އާލާސްކަންފުޅުގައި ތަންކޮޅެއް އުނދަގޫފުޅު ބޮޑުވި ދުވަހަކު
أمّ المؤمنين السّيّدة صفيّة رضى اللّـه عنــها
އަށް ބޭއިޚްތިޔާރުގައި ވިދާޅުވެވުނެވެ. "އޭ މާތްاللّـه ގެ ރަސޫލާއެވެ! ކަލޭގެފާނަށް ތިޔަ ލިބިވަޑައިގަންނަވާ އުނދަގޫފުޅުތައް ކަލޭގެފާނުގެ ބަދަލުގައި އަޅުގަނޑަށް ލިބޭނެނަމައެވެ."
أمّ المؤمنين
އެހެން ވިދާޅުވިއިރު ކައުސާހިބާ
صلّى اللّـه عليه وسلّم
ގެ އެހެނިހެން އަނބިއަނބިކަނބަލުންވެސް އެތާނގައި ތިއްބެވިއެވެ. އެބޭކަނބަލުން އެއްބޭކަނބަލަކު އަނެއްބޭކަނބަލެއްގެ މޫނުފުޅަށް ބައްލަވައި، ލޯފުޅުން އިޝާރާތް ކުރައްވާން ފެއްޓެވިއެވެ. އިތުރު ސާހިބާއަށް އެތަން ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ.
 "މާތް اللّـه ގަންދެއްވަމެވެ
އެކަމަނާއަކީ ތެދުވެރިޔެކެވެ." (އެކަމަނާ އެހެން އެވިދާޅުވީ ދެއްކުންތެރިކަމުގެ ގޮތަކުންނޫނެވެ. އަދި ކީއްހެއްޔެވެ. ހިތްޕުޅުގެ އަޑީން އެގޮތަށް އެދިވަޑައިގަންނަވާތީއެވެ.)
أمّ المؤمنين السّيّدة صفيّة رضى اللّـه عنــها
އަކީ ގޭތެރޭގެ މަސައްކަތްޕުޅު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭކަނބަލެކެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنها
ވިދާޅުވެފައިވެއެވެ. 
"صفيّة 
އަށްވުރެ މީރުކޮށް ކައްކާ އަންހެނަކު ތިމަންކަމަނާ ދެކެވަޑައެއް ނުގަންނަވަމެވެ." ކައުސާހިބާ
 صلّى اللّـه عليه وسلّم
އެހެނިހެން
أمّهات
ންގެ ކޮޓަރިކޮޅުގައި އުޅުއްވާ ދުވަސްދުވަހުވެސް ބައެއްފަހަރަށް ދޮލަނގު ފޮނުއްވައެވެ. ކައުސާހިބާ
 صلّى اللّـه عليه وسلّم، أمّ المؤمنين السّيّدة عائشة رضى اللّـه عنها 
ގެ ކޮޓަރިކޮޅުގައި އުޅުއްވި ދުވަހަކު ފޮނުއްވި ތަށިކޮޅެއްގެ ވާހަކަ ޞަޙީޙު ބުޚާރީއާއި ޙަދީޘު ޢިލްމުގެ އެހެނިހެން ފޮތްފޮތުގައިވެއެވެ.

އަވަހާރަވުން
أمّ المؤمنين
السّيّدة
صفيّة بنت حُيَيُّ رضى اللّـه 
عنــها
ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ އެކަމަނާގެ ޢުމުރުފުޅުން ފަސްދޮޅަސްފަސް އަހަރުފުޅުގައެވެ. ހިޖުރައިން ފަންސާސްވަނަ އަހަރުއެވެ. އެކަމަނާ އަވަހާރަވީއިރު އެކަމަނާގެ ގެކޮޅު ވަނީ މާތް
اللّـه
 އަށްޓަކައި ޞަދަޤާތްކުރައްވައިފައެވެ. ނަމަވެސް ތަރިކައިގެ ގޮތުގައި އެއްލައްކަ ދިރުހަމް ދޫކުރެއްވިއެވެ. އޭގެތެރެއިން ހަތަރުބައިކުޅައެއްބައި އެކަމަނާއަށް ބޮޑުދައިތަކިޔާ ޔަހޫދީއަކަށް ދިނުމަށް އޮތީ ވަޞިއްޔަތް ކުރައްވައިފައެވެ. މީސްތަކުން އެބައި ނުދޭން އުޅުމުން،
أمّ المؤمنين السّيّدة عائشة رضى اللّـه عنها 
ވިދާޅުވިއެވެ. "އޭ މީސްތަކުންނޭވެ! މާތް
اللّـه
އަށް ބިރުވެތިވާށެވެ!
صفيّة
ގެ ވަޞިއްޔަތް ފުރިހަމަކުރާށެވެ!"
السّيّدة عائشة رضى اللّـه عنها
އެގޮތަށް ބާރުއެޅުއްވުމުން
السّيّدة صفيّة رضى اللّـه 
عنــها
ގެ ވަޞިއްޔަތް ފުރިހަމަކުރެވުނެވެ.

ޢިލްމުވެރިކަން
ކައުސާހިބާ
صلّى اللّـه عليه وسلّم
ގެ އެހެނިހެން އަނބިއަނބިކަނބަލުން ފަދައިން
أمّ المؤمنين
 السّيّدة صفيّة رضى اللّـه 
عنــها
އަކީވެސް ނުހަނު ދަރަޖަމަތިވެރި ޢާލިމާއެކެވެ. އެކަމަނާ ކީރިތި ޤުރްއާނުގެ ވަރަށްގިނަ ސޫރަތްތައް ހިތްޕުޅުދަހެވެ. އެކަމަނާ ވަރަށްގިނައިން ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެއެވެ. ޤުރްއާން ކިޔަވައިވިދާޅުވާއިރު ޤުރްއާނުގެ އަސަރު ވަރަށްބޮޑަށް އެކަމަނާގެ ހިތްޕުޅަށް ކުރެއެވެ. ލޯފުޅުން ކަރުނަފޮދު އާދެއެވެ. ޤުރްއާން ކިޔަވާއިރު ޤުރްއާނާމެދު ފިކުރުކުރުމެއްނެތި ހަމައެކަނި ދުލުކުރީން ޤުރްއާން ކިޔަވައިލުމަކީ އެކަމަނާ ވަރަށްބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމެކެވެ. އެގޮތަށް ޤުރްއާން ކިޔަވާ ބަޔަކު ފެނިވަޑައިގެންފިނަމަ އެބަޔަކަށް ނަސޭހަތް ދެއްވައެވެ.
أمّ المؤمنين
 السّيّدة صفيّة رضى اللّـه
 عنــها 
ގެ އަރިހުން ރިވާވެފައިވަނީ ދިހަ ޙަދީޘެވެ. އޭގެތެރެއިން ހަތް ޙަދީޘް ޞަޙީހު ބުޚާރީގައިވެއެވެ. މުސްލިމުގައި ދެ ޙަދީޘުވެއެވެ. އެކަމަނާގެ އަރިހުން ޙަދީޘު ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި 
الإمام زين العابدين
އާއި
إسحاق بن عبد اللّـه بن الحارث
އާއި
مسلم بن صفوان
ފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.
އިތުރު ސާހިބާ
صلّى اللّـه عليه وسلّم
ގެ އެހެނިހެން އަނބިއަނބިކަނބަލުންގެ ގެކޮޅުތައް ފަދައިން އެކަމަނާގެ ގެކޮޅަކީވެސް މުސްލިމުންނަށް ޢިލްމާއި މަޢުރިފާގެ އަލިކަން ވާޞިލުކޮށްދޭ މަދަރުސާއެކެވެ. ވަރަށްގިނަ މީހުން އެކަމަނާގެ އަރިހަށް މައްސަލަތައް އޮޅުންފިލުވަން އާދެއެވެ. ޢިރާޤުގެ މީހުން އެކަމަނާގެ އަރިހުން އެންމެގިނައިން ފަތުވާ ހޯދާކަމުގައިވަނީ ނަބީޒުގެ ޙުކުމާ ބެހޭގޮތުންނެވެ. 

ޚުލުޤުފުޅު
علاّمة ذهبى
އޭނާގެ
سير إعلام النّبلاء
ގައި
أمّ المؤمنين
 السّيّدة صفيّة بنت حُيَيُّ رضى اللّـهعنــها
ސިފަކުރައްވައިފައިވާގޮތުގައި އެކަމަނާއަކީ، މާތް، ބުއްދިވެރި، ނަސަބުން އަރާއިންނެވި، ރީތި، ދީންވެރި، ކެތްތެރި ބޭކަނބަލެކެވެ. ނުހަނު މާތް ވައްތަރުކޮޅުހުންނަ ބޭކަނބަލެކެވެ.
أمير المؤمنين
 عمر بن الخطّاب رضى اللّـه
 عنــه
ގެ ޚަލީފާކަމުގެ ދުވަސްވަރު
أمّ المؤمنين السّيّدة صفيّة رضى اللّـه عنها 
ގެ ޚާދިމާއެއް
عمر
ގެފާނުގެ އަރިހުގައި
أمّ المؤمنين
ގެ ޝަކުވާ ދެންނެވިއެވެ. އޭނާ ދެންނެވިއެވެ.
"أمّ المؤمنين
ގެ ކިބައިގައި މިހާރުވެސް ޔަހޫދިއްޔަތުގެ ކުލަހުރެއެވެ. ހޮނިހިރު ދުވަހަށް ކަމޭހިއްތަވައެވެ. ޔަހޫދީންނާ ގާތްކަން ބާއްވަވައެވެ."
أمير المؤمنين
 عمر رضى اللّـه
 عنــه
އެކަން ސާފުކޮށްލެއްވުމަށްޓަކައި
أمّ المؤمنين السّيّدة صفيّة رضى اللّـه عنها 
ގެ އަރިހަށް އަމިއްލަފުޅަށް ވަޑައިގެން އެ ސުވާލު ކުރެއްވިއެވެ. 
 أمّ المؤمنين
ޖަވާބު ދެއްވިއެވެ. "އަރަހުށި މާތް
اللّـه
އަޅުގަނޑަށް ހުކުރުދުވަސް ދެއްވީއްސުރެ އަޅުގަނޑު ހޮނިހިރުދުވަސްދެކެ ލޯބިވުމުގެ ބޭނުމެއްނެތެވެ. ޝައްކެއްނެތެވެ. އަޅުގަނޑު ޔަހޫދީންނާ ގާތްކަން ބާއްވަމެވެ. އެމީހުންގެ ތެރޭގައި އަޅުގަނޑުގެ ތިމާގެމީހުން އެބަތިއްބެވެ. އެމީހުނާ އަޅުގަނޑު ރަޙިމުގެ ގުޅުން ބާއްވަމެވެ."
أمّ المؤمنين
ސާފުބަސްފުޅުން ޞަރީޙުކޮށް ޖަވާބުދެއްވުމުން
 عمر 
ގެފާނު ވަރަށް އުފާކުރެއްވިއެވެ.
أمير المؤمنين
އެނބުރި ވަޑައިގަތުމުން
أمّ المؤمنين
އެކަމަނާގެ ޚާދިމާ ގެންނަވައި ސުވާލު ކުރެއްވިއެވެ. "ކަނބުލޭގެ
أمير المؤمنين
ގެ އަރިހުގައި އަހަރެންގެ ޝަކުވާ ދެންނެވުމުގެ ސަބަބަކަށްވީ ކޮންކަމެއްހެއްޔެވެ؟"
އެކަނބުލޭގެ ޖަވާބުގައި ދެންނެވިއެވެ. "ޝައިޠާނާ އަޅުގަނޑަށް ވަސްވާސްދިނީއެވެ." 
أمّ المؤمنين
އިރުކޮޅަކު ވިސްނާވަޑައިގެންނެވުމަށްފަހު ވިދާޅުވިއެވެ. "ކަނބުލޭގެ މިގެއިން ދާށެވެ. މާތް
اللّـه
ގެ މަގުގައި އަހަރެން ކަނބުލޭގެ މިނިވަންކޮށްފީމެވެ."
أمّ المؤمنين 
السّيّدة صفيّة رضى اللّـه
 عنــها
އަކީ ނުހަނު ހިތްޕުޅު މަޑު ބޭކަނބަލެކެވެ. މީހުނާމެދު ކުލުނު ހުންނަ ބޭކަނބަލެކެވެ. ހިޖުރައިން 35 ވަނަ އަހަރު ބާޣީން 
أمير المؤمنين 
عثمان ذوالنّورين رضى اللّـه 
عنــه
ގެ ގަނޑުވަރު ވަށައިލައި އެކަލޭގެފާނަށް ފެންފޮދާއި ފަރީއްކޮޅު ލިބިވަޑައިގަތުން މަނާކުރުމުން އެކަމަނާ ވަރަށް ދެރަފުޅުވިއެވެ. މުސްކުޅިފުޅު
أمير المؤمنين
ގެ ޙާލުކޮޅާމެދު ހިތްޕުޅުގައި ރަޙުމާއި ހަމްދަރުދީ އުފެދުނެވެ. އެހެންކަމުން އެކަމަނާގެ ބަޣަލަށް ސަވާރުވެވަޑައިގެން އެކަމަނާގެ ޚާދިމު
كنانة
ގޮވައިގެން
أمير المؤمنين
ގެ ގަނޑުވަރަށް ވަޑައިގަންނަވާން މަސައްކަތްކުރެއްވިއެވެ.
أشتر نخعى
އަށް
أمّ المؤمنين 
ގެ ޚާދިމު ފެނިފައި އެއީ ކާކުކަން އެނގިގެންއައިސް ބަޣަލުގެ މޫނުމަތީގައި ތަޅަންފެށުމުން މަސްރަޙު އޮތްގޮތް ވިސްނިވަޑައިގެން ވިދާޅުވިއެވެ. "އަހަރެން އަގުވެއްޓޭކަށް ބޭނުމެއް ނޫނެވެ. އަހަރެން އެނބުރި ގެއަށްދިޔަދޭށެވެ. އަހަރެންގެ ބަޣަލް ދޫކޮށްލާށެވެ." އެހެންވިދާޅުވެފައި ގެއަށް ވަޑައިގެން
أمير المؤمنين
އަށް ފަރީއްކޮޅު ތައްޔާރުކުރައްވައި 
الإمام حسن بن على رضى اللّـه عنه
ގެ ޙަވާލުގައި ފަރީއްކޮޅު ފޮނުއްވަމުން ގެންދެވިއެވެ.
أمّ المؤمنين
 السّيّدة صفيّة رضى اللّـه
 عنــها
އަކީ ވަރަށް ދީލަތިފުޅު ބޭކަނބަލެކެވެ. ޔަހޫދީ ރައީސެއްގެ ދަރިކަނބަލެއްގެ ޙައިޘިއްޔަތުން އެކަމަނާ ދުނިޔެއަށް ވަޑައިގަތީ "ރަންސަމުސަލެއް އަނގަފުޅަށް ލައްވައިގެން" ނެވެ. އެކަމަނާ ދުނިޔެއަށް ލޯފުޅު ހުޅުއްވައިލެއްވީއްސުރެ ދެކެވަޑައިގަތީ ސުމާރެއްނެތްފަދަ މުއްސަނދިފުޅުކަމެވެ. ނަމަވެސް އެކަމަނާއަކީ މުދަލަށް ލޯބިކުރެއްވި ބޭކަނބަލެއް ނޫނެވެ. އަރަހުށި މާތް 
اللّـه
އެކަމަނާގެ މިޒާޖުފުޅުގައި ލައްވައިފައިވަނީ ހިސާބެއްނެތްހައި ދީލަތިފުޅުކަމެވެ. އެކަމަނާ ޚައިބަރުން ވަޑައިގަންނަވަމުން ގެންނެވި ގަހަނާކޮޅުތައް އެކިބޭކަނބަލުންނަށް ހަދިޔާކުރެއްވި ވާހަކަ ވަނީ އިސްވެގޮސްފައެވެ.

އަޅުވެރިކަމާއި ތަޤްވާވެރިކަން
أمّ المؤمنين
 السّيّدة صفيّة رضى اللّـه
 عنــها
އަކީ އަޅުކަމާއި ތަޤްވާވެރިކަމުގެގޮތުންވެސް ރީތި ނަން ލިބިވަޑައިގެން އިންނެވި ބޭކަނބަލެކެވެ.
علاّمة إبن كثير رحمه اللّـه
އެކަމަނާއާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ.
"ޝައްކެއްނެތެވެ. އެކަމަނާއަކީ ތަޤްވާވެރި، ގިނަގިނައިން އަޅުކަންކުރާ، ޒާހިދު، ހެޔޮލަފާ، ދީލަތި އަންހެނުންގެ ތެރެއިންވެސް އެފަދަ އަންހެނުންގެ ޒަޢީމާއެކެވެ."
علاّمة زرقانى رحمه اللّـه
ލިޔުއްވައިފައިވެއެވެ.
"އެކަމަނާއަކީ ބުއްދިވެރި އަންހެނުންކުރެވެސް ބުއްދިވެރިކަމުގައި އަރައި އިންނެވި ބޭކަނބަލެކެވެ."
އަރަހުށި މާތް
اللّـه
ގެ ރުހިވޮޑިގަތުން ހޯއްދެވުމަށްޓަކައި އެކަމަނާ ކޮންމެ އަޅުކަމެއްވެސް އެއަޅުކަމެއްގެ ވަގުތުގެ ކުރީކޮޅުގައި އަދާކުރައްވައެވެ. ދުވާލު ރޯދަހިއްޕެވުމާއި، ރޭގަނޑު ރޭއަޅުކަމުގައި މަޝްޣޫލުވެވަޑައިގެން އިންނެވުމަކީ އެކަމަނާ ވަރަށްބޮޑަށް ލޯބިކުރެއްވި ދެކަންތަކެވެ. ޝައްކެއްނެތްގޮތުގައި ހައްތާވެސް މިއީ ކައުސާހިބާ 
صلّى اللّـه عليه وسلّم
ގެ ޞުޙުބަތުގެ ނަތީޖާއެވެ.

ޢުމުރުފުޅުގެ މަރްޙަލާތައް
1- ކައުސާހިބާ
صلّى اللّـه عليه
 وسلّم
އެކަމަނާއާ ކާވެނިބައްލަވައިގެންނެވީ، ހިޖްރައިން ހަތްވަނަ އަހަރުއެވެ.
2- ކައުސާހިބާ
صلّى اللّـه عليه
 وسلّم
އާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ، ސަތާރަ އަހަރުފުޅެވެ.
3- އެކަމަނާއާ ކާވެނިބެއްލެވިއިރު، ކައުސާހިބާ
صلّى اللّـه عليه
 وسلّم
ގެ ޢުމުރުފުޅަކީ، ފަންސާސްނުވަ އަހަރުފުޅެވެ.
4- އުސާހިބާ
صلّى اللّـه عليه 
وسلّم
ގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ ގާތްގަނޑަކަށް ތިންއަހަރާއި ނުވަވަރަކަށް މަސްދުވަހުއެވެ.