|
6- ހެޔޮކަމުގައި އެއްވަރު
ދެމީހުން:
رَسُولُ اللَّهِ صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.
مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ
أَجْرِ فَاعِلِهِ (رواه مسلم)
ހެޔޮކަމަކަށް
މަގުދައްކައިފި މީހާއަށް، އެހެއުކަން ކުރާމީހާއާ އެއްފަދައިން ޘަވާބު ލިބޭނެތެވެ.
7- އިސްލާމީ ރިވެތި އަދަބު:
رَسُولُ اللَّهِ صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.
مِنْ حُسْنِ إِسْلاَمِ الْمَرْءِ
تَرْكُهُ مَا لاَ يَعْنِيهِ (رواه الترمذي)
މީހާގެ
އިސްލާމީ އަދަބުގެ ތެރެއިން ހިމެނޭ އެއްކަމަކީ، ތިމާއާ ނުބެހޭ ކަންތައްތަކާ
ދުރުހެލިވެ ހުރުމެވެ.
8- ރަނގަޅު ގޮތުގައި ދޫ ބޭނުން
ކުރާށެވެ:
رَسُولُ اللَّهِ صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.
مَنْ كَانَ يُؤْمِنُ بِاللَّهِ
وَالْيَوْمِ اْلآخِرِ فَلْيَقُلْ خَيْرًا أَوْ لِيَسْكُتْ(رواه الشافعى وأحمد)
ﷲއަށާއި،
އާޚިރަތްދުވަހަކަށް އީމާންވާމީހާ، ހެޔޮބަސް ބުނާހުށިކަމެވެ. ނޫންނަމަ ހަނު
ހުންނަހުށިކަމެވެ.
9- ފުރިހަމަ މުސްލިމަކަށްނުވޭ:
رَسُولُ اللَّهِ صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.
مَنْ غَشَّنَا فَلَيْسَ مِنَّا (رواه أحمد ومسلم)
އަހަރެމެން
މުސްލިމުންނަށް މަކަރު ހަދައިފި މީހާއީ އަހަރެމެންގެ ތެރޭންވާ މީހެއްނޫނެވެ.
10- ބޮޑު ފާފައެއް:
رَسُولُ اللَّهِ صَلَّى اللَّـهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.
الْعَهْدُ الَّذِي بَيْنَنَا
وَبَيْنَهُمْ الصَّلاَةُ ، فَمَنْ تَرَكَهَا فَقَدْ كَفَرَ(رواه أحمد والترمذى والنسائى)
ކާފިރުންނާ
އަހަރެމެން މުސްލިމުންނާ ދެމެދު ތަފާތުކޮށްދޭން އޮންނަ ހުރަހަކީ، ނަމާދެވެ.
ދަންނާށެވެ! ނަމާދު އަޅައިފިމީހާއީ ކުފުރުގެ ޢަމަލެއް ކޮށްފި މީހެކެވެ.
No comments:
Post a Comment