ޙައިޟުވެރިޔާގެ މައްޗަށް ޙަރާމް ކަންތައް
ޙައިޟުގެ ލޭ ފެނުމާއެކު ތިރީގައި ބަޔާންވެގެން އަންނަނިވި ކަންތައްތައް ކުރުން ޙަރާމް ވެގެން ވާނެއެވެ.
ފަހަރެއްގައިވެސް ޙައިޟުގެ ދުވަސްވަރުގައި އެއިން ކަމެއް ކޮށްގެން ނުވާނެއެވެ
1- ނަމާދުކުރުން:( ޙައިޟުގެ ދުވަސް ވަރުގައި ފާއިތުވާ ނަމާދު ޤަޟާ
ކުރާކަށް ނުޖެހޭނެއެވެ.)
2- ރޯދަހިފުން:( ޙައިޟުގެ ދުވަސް ވަރުގައި ފާއިތުވާ ރޯދަ ޤަޟާ
ކުރަން ޖެހޭނެއެވެ.)
3- ޠަވާފުކުރުން:( ޙައްޖުގެ ދުވަސްވަރުގައި ޠަވާފުނޫން އެހެން ހުރިހާ
ޢަމަލެއް ޙައިޟުވެރިޔާއަށް ހުއްދައެވެ.)
4- ޤުރުއާން ކިޔެވުން: (ދޫޙަރަކާތް ކުރުމަކާ ނުލައި ހިތްމައްޗަށް
ގެނެސް ގަތުމާއި މުޞްޙަފަށް ބެލުން
ހުއްދައެވެ.) އަދިހަމަތަސްބީޙައާއި ތަހުލީލުކިޔުމާއި ، އެންމެހާ ޛިކްރެއް
ކުރުންވެސް ހުއްދަ ވާނެއެވެ.
އަދިވެސް ޤުރުއާނުގެ އާޔަތެއް ޛިކްރުގެ ގޮތުން ކިޔަވަން ދިމާވެއްޖެނަމަ
ކިޔުން ހުއްދަވާނެއެވެ.
5- ޤުރްއާން ފޮތުގައި ބީހުން.
6- ޤުރްއާން ފޮތް އުފުލުން.ޤުރުއާނުގެ އާޔަތްތައް ލިޔެފައިވާ ދީނީ
ފޮތްފޮތުގައި ބީހުމާއި އުފުލުން ހުއްދަ
ވާނެއެވެ.
7- މިސްކިތަށް ވަނުން: ( މިސްކިތް ހަޑިވެދާނެ ކަމުގެ ބިރެއް ނުވާނަމަ
މިސްކިތުގެ ތެރެއިން ވަދެގެން ދިޔުން މަކުރޫހަ ކަމާއެކު ހުއްދަ
ވާނެއެވެ. އަދި ޙައިޟުގެ ލޭކެނޑިގެން ހިނައި ގަތުމުގެ ކުރީގައި
މިސްކިތުގައިލަސްވުމަކާ ނުލައި މިސްކިތުގެ ތެރެއިން ވަދެގެން ދިޔުން
ހުއްދަވާނެއެވެ.
8- ވަޠީއަވުން: ( ހަނދާންނެތިގެން ނުވަތަ ނޭނގިގެން
ވަޠީއަވުމަކުންފަރުވާލެއްނެތެވެ.އަދިހަމަ ގަޞްތުގައި ވަޠީއަ ވީނަމަވެސް
ކައްފާރާ ދޭކަށެއްނުޖެހޭނެއެވެ. ޖެހޭނީ ހަމައެކަނީ އަސްތަޣުފާރުކޮށް ތައުބާވާށެވެ. )
9- ފޫޅާ ކަކުލާ ދެމެދުން ޢަރާމެއް ލިބިގަތުން: ( ޙައިޟުގެ ދުވަސްވަރު
ފޫޅާ ކަކުލާ ދެމެދު ނިވައިކޮށްގެންވާ ޙާލުއަނބިމީހާގެ ހަށިގަނޑުން
ޢަރާމު ލިބިގަތުން ފިރިމީހާއަށް ހުއްދަ ވާނެއެވެ.އަދި ބައެއް
ޢިލްމުވެރީން ވިދާޅުވަނީ އަންހެނާގެ ޙައިޟުގެ ދުވަސްވަރުގައި
އެކަނބުލޯގެ ފަރުޖުނޫން ކޮންމެ ތަނަކުން ވެސް ޢަރާމު ލިބިގަތުން
ފިރިމީހާއަށް ހުއްދަ ވާނެކަމުގައެވެ. މީގެ މާނައަކީ މުލާޢަބާ ކުރުމެވެ

No comments:
Post a Comment