Wednesday, June 15, 2016

ނިޢުމަތްތަކުގެ ގެތެރެއިން ޒުވާން އުމުރު


ނިޢުމަތްތަކުގެ ގެތެރެއިން ޒުވާން އުމުރު

الحمدللهربالعالمين. والصلاةوالسلامعلىأشرف

الأنبياءوالمرسلين. نبيناوحبيبناوقدوتنامحمد  وعلىآله 

وأصحابه ومنتبعهمبإحسانإلىيومالدين. أمابعد

އާދެ! އިންސާނާ ޚަލްޤު ކުރެއްވެވުމަށްފަހު ﷲ ތަޢާލާވަނީ އަދަދުނުކުރެވޭހާ 

ގިނަގުނަ ނިޢުމަތްތަކެއް އޭނާއަށް ދެއްވަވާފައެވެ. އެ ނިޢުމަތްތަކާމެދު ވިސްނައި،

އޭގެ އަގުވަޒަންކޮށް، އޭގެ ބޭނުން ﷲ އެންގެވި ގޮތަށް ހިފައި، އެ ނިޢުމަތް 

ދެއްވިކަމަށްޓަކާ އެއިލާހަށް ޝުކުރު އަދާކުރަނީ ކޮންބައެއްތޯބެއްލެވުމަށްޓަކައެވެ. 

އެހެންވީމާ ނިޢުމަތްތަކާއިމެދު ވިސްނައި އެއަށް ޝުކުރު އަދާކުރާ 

އަޅުންތަކެއްކަމުގައިވެވޭތޯ ގަދައަޅާ މަސައްކަތްކުރަމާތޯއެވެ!

 

އާދެ! ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވެވި ނިޢުމަތްތަކުގެ ތެރެއިން 

ޒުވާންކަމުގެ ނިޢުމަތަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް އިސްލާމްދީނުގައި 

ދެވިފައިވާ ނިޢުމަތެކެވެ. މިކަން އަޅުގަނޑުމެންނަށް ރަސޫލުﷲ ޞައްލަﷲ 

ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. 

އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި އައިސްފައި ވެއެވެ. عنمعاذبنجبل

قال : قالرسولاللهصلىاللهعليهوسلم : لا

تزولقدماعبديومالقيامةحتىيسألعنأربعخصال

عنعمرهفيماأفناهوعنشبابهفيماأبلاهوعنمالهمن

أيناكتسبهوفيماأنفقهوعنعلمهماذاعملفيه. " 

މުޢާޒް ބިން ޖަބަލް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ 

ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވިއެވެ. ހަތަރު ކަމަކާ 

ބެހޭގޮތުން ސުވާލު ކުރެވުމަށްފަހު މެނުވީ، ޤިޔާމަތްދުވަހު އަޅާގެފައި 

ހަރަކާތްނުކުރެވޭ ހުއްޓެވެ. އޭނާގެ ޢުމުރު ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި 

އޭނާގެ ޒުވާންދުވަސްވަރު ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާ މުދާ ހޯދި 

ގޮތާއި، ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާ ޢިލްމަށް ޢަމަލުކުރި ގޮތާ 

ބެހޭގޮތުންނެވެ." މި ޙަދީޘްފުޅުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި 

ވަސައްލަމަބަޔާންކޮށްދެއްވަވާފައިވަނީ ޤިޔާމަތް ދުވަހު އަޅާއާއި ކުރެވޭނޭ 

ސުވާލުތަކުގެ ތެރެއިން ބައެއް ސުވާލުތަކެވެ. ފުރަތަމަ އޭނާގެ ޢުމުރު ހޭދަކުރި 

ގޮތާއި ބެހޭ ގޮތުންނެވެ. ﷲ ތަޢާލާ ރުހި ވޮޑިގަންނަވާ ގޮތުގައިތޯއެވެ. 

ނުވަތަ ޝައިޠާނާ ރުހޭ ގޮތަށްތޯއެވެ. އެއަށްފަހު އޭނާގެ ޒުވާންދުވަސްވަރު 

އޭނާ ހޭދަކުރި ގޮތާއި ބެހޭ ގޮތުންނެވެ. 

 

އާދެ! ޒުވާންދުވަސްވަރަކީ ޢުމުރުގެ ބައެކެވެ. އެހެންކަމުން ޢުމުރާއި ބެހޭގޮތުން 

ސުވާލު ކުރެވުނީމަ، އޭގެތެރޭގައި ޒުވާންދުވަސްވަރުވެސް ހިމެނޭނެއެވެ. 

އެހެންކަމަށް ވުމާ އެކުވެސް ދެވަނަފަހަރަށް  ޒުވާންދުވަސްވަރާއި ބެހޭގޮތުން 

ސުވާލު ވެވުމުން، އިސްލާމްދީނުގައި ޒުވާންދުވަސްވަރަށް ދެވިފައިވާ 

އަހައްމިއްޔަތުކަން އެނގިގެންދެއެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ 

ޢަލައިހި ވަސައްލަމަ ވަނީ ޒުވާންދުވަސްވަރުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް 

ނަޞޭޙަތް ދެއްވަވާފައެވެ. عنابنعباسرضياللهعنهماقال

: قالرسولاللهصلىاللهعليهوسلملرجلوهو

يعظه : اغتنمخمساقبلخمس : شبابكقبلهرمكو

صحتكقبلسقمكوغناكقبلفقركوفراغكقبل

شغلكوحياتكقبلموتك. " އިބްނު ޢައްބާސް ރަޟިޔައްﷲ 

ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީހަކަށް 

ނަޞޭޙަތް ދެއްވަވަމުން ޙަދީޘްފުޅުކުރެއްވެވިއެވެ. ފަސްކަމެއް ތިބާއާއި 

ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. 

މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ބަލިވުމުގެ 

ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ފަޤީރުވުމުގެ ކުރިން 

މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މަޝްޣޫލުވުމުގެ ކުރިން 

ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން 

ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ."

 

އެހެންވީމާ ޒުވާންދުވަސްވަރުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ! ﷲ އަމުރު 

ކުރެއްވެވި ކަންތައްކުރުމުގައެވެ. އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމުގައެވެ. 

ސަލާމަތް ހިތަކާއިގެން އަންނަ މީހަކަށް ފިޔަވައި، ސަލާމަތްކަމެއްނުވާ ދުވަހު 

ކުރެވޭނޭ ސުވާލުތަކަށް ޖަވާބު ތައްޔާރުކުރުމުގައެވެ. 

 

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސާޅީސް ނުވަތަ ފަންސާސް އަހަރުވީމާ 

އަޅުކަންކުރުމަށް ނުތިއްބަވާށެވެ.އެހެނީ ސާޅީސް ނުވަތަ ފަންސާސް 

އަހަރުވަންދެން ދުނިޔޭގައި ހުންނާނޭ ކަމުގެ ޔަޤީންކަން އޮތީ ފަހެ 

ކާކަށްތޯއެވެ؟ މަރު އައިސް ޖެހުމާއެކު މި ދުނިޔެއަށް އަލްވަދާޢު ކިޔަން 

ޖެހޭނެއެވެ. މި ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ އަޅުގަނޑުމެން މަރާއި 

ގާތް ކުރާ ދުވަހެކެވެ. އެދުވަހަކާއި ބެހޭގޮތުން ސުވާލުވެވޭނޭ ދުވަހެކެވެ. ވަގުތު 

ފާއިތުވުމަށްފަހު ކުރާނޭ އެއްވެސްކަމެއް ނޯންނާނެއެވެ. ޤިޔާމަތްދުވަހު 'ތިމަންނަ 

ވެއްޔަށްވީނަމަ ކިހާ ރަނގަޅުހޭ ' ބުނާ މީހުންގެ ތެރެއިން ނުވުމަށް 

މަސައްކަތްކުރުމުގައި އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީތެރިވަމާ ހިންގަވާށެވެ. 

އަޅުގަނޑުމެންގެ ޒުވާންދުވަސްވަރުއްސުރެ މަރުވަންދެން ﷲ އެންގެވިގޮތަށް 

އުޅުމުގައި ދެމިތިބެން މަސަކަތްކުރަމާ ހިންގަވާށެވެ. އޭރުން ﷲ 

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެގެންދާނީ ކާމިޔާބު ލިބޭމީހުންގެ 

ތެރެއިންނެވެ. އެހެނީ އަބޫހުރައިރާ ރަޟިޔައްﷲ ޢަންހުގެ އަރިހުން ރިވާވެގެން 

އައިސްފައިވާ ޙަދީޘްފުޅެއްގައިވެއެވެ.سَبْعَةٌيُظِلُّهُمْاللَّهُفِيظِلِّهِيَوْمَ

لَاظِلَّإِلَّاظِلُّهُ. " ގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް 

ހިޔާވަހިކަމެއް ނުވާދުވަހު (ޤިޔާމަތްދުވަހު)، ﷲ ތަޢާލާ ހަތް ބަޔަކަށް 

އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވަވައެވެ." އޭގެ ތެރެއިން ދެވަނަ 

މީހަކަށް އައިސްފައި ވަނީ وَشَابٌّنَشَأَفِيعِبَادَةِرَبِّهِ. "  

އަށް އަޅުކަންކުރުންމަތީ ދެމިހުރެ ބޮޑުވެގެން އައި ޒުވާނާއެވެ."

No comments:

Post a Comment