Wednesday, June 15, 2016

ސުވަރުގެ އަށް އެދުންވެރިވުން


  ސުވަރުގެ އަށް އެދުންވެރިވުން
} ސުބްޙާނަހު ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. "އަދި އީމާން ވެ 

ޞާލިޙް އަމަލު ކުރިމީހުންނައްޓަކައި ، ހަމަކަށަވަރުން ސުވަރުގެ ތަކެއް ހުރިކަމުގެ އުފާވެރި 

ޚަބަރުކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ. އެސުވަރުގެ ތަކުގެ ދަށުން ފެންކޯރުތަށް 

ހިނގަހިނގާހުރެތެވެ. އެސުވަރުގެތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް 

އެއުރެންނަށް ލިބޭ ކޮންމެފަހަރަކު، އެއުރެން ބުނާނެތެވެ. މިއީކުރިންވެސް އަހަރެމެންނަށް 

ލިބުނު މޭވާއެވެ. އެއުރެންނަށް އެފަދަ މޭވާ ދެއްވާހުށީ (ބޭރުފުށުން) އެއްވައްތަރުވާ ހާލުގައެވެ. 

އަދި އެސުވަރުގެ ތަކުގައި އެއުރެންނަށްޓަކައި ތޯހިރުވެގެންވާ އަނބިންތަކެއް ވެއެވެ. އަދި 

އެއުރެން އެސުވަރުގެ ތަކުގައި ތާ އަބަދައް ދެމިތިބޭނެއެވެ." ( ޤުރުއާން 2:25)

 

 

އަދިވެސް ވަޙީ ކުރައްވައެވެ. " ތިޔަބައި މީހުންގެ ވެރިރަސްކަލާންގެ ހަޒްރަތުން ފާފަ 

ފުއްސެވުން ލިބިގަތުމަށާއި ، އުޑުތަކާއި ބިމުގެ ތަނަވަސް ކަން ފަދަ ސުވަރުގެތަކަށް 

ތިޔަބައިމީހުން އަވަސްވެގަންނާށެވެ. އެސުވަރުގެ ތައްޔާރު ކުރައްވާފައި ވަނީ ﷲ އަށާއި 

އެއިލާހުގެ ރަސޫލުންނަށް އީމާންވި މީހުންނަށް ޓަކައެވެ. އެއީ ﷲގެ ފަޟްލު ވަންތަ 

ވެރިކަމެވެ. އެއިލާހު އިރާދަ ކުރައްވާ އަޅަކަށް އެ ފަޟްލު ވަންތަ ކަން ދެއްވައެވެ. އެއީ 

ބޮޑުވެގެންވާ ފަޟްލު ވަންތަ ވެރިކަމުގެ ވެރި އިލާހެވެ. (57:21)

 

ރަސޫލުﷲ ޞައްލައްﷲ ވިދާޅުވެދެއްވާފައިވާ ގޮތުގައި ސުވަރުގޭގައި އެއްމެ ދަށު 

ދަރަޖައިގައިވާ މީހައަށްވެސް މި ދުނިޔޭގެ 10 ގުނައިގެ މިއްވަރެއް ދެވިފައި ވާނެއެވެ. އަދި 

އެމީހަކު އެދޭ ކޮންމެ އެއްޗެކާއި އޭގެ ދިހަގުނަ އޭނާ އަށް ލިބޭއެވެ.

 

ރަސޫލުﷲ ޞައްލައްﷲ ހަދީސް ފުޅު ކުރައްވާފައި ވެއެވެ. " ސުވަރުގޭގެ އެއްމެ 

ފިޔަވަޅެއް ގެ މިންވަރުވެސް ދުނިޔެއާ ދުނިޔޭގައި ވާހާ އެއްޗަކަށްވުރެވެސް ހެޔޮކަން ބޮޑުވެގެން 

ވެއެވެ."

 

އަދިވެސް ހަދީސް ކުރެއްވިއެވެ." އެއްވެސް ލޮލަކަށް ފެނިފައިނުވާ ، އެއްވެސް ކަންފަތަކަށް 

އަޑު އިވިފައިނުވާ އަދި އެއްވެސް މީހެއްގެ ހިތައްވެސް ނާރާފަދަ މަތިވެރި ނިޢްމަތްތަކެއް 

އެސުވަރުގޭގެ އަހުލުވެރިންނަށްޓަކައި އެތަނުގައި ތައްޔާރުކުރެވިފައި ވެއެވެ. "

 

އަދިވެސް އެކަލޭގެފާނު ހަދީސް ފުޅު ކުރައްވާފައި ވެއެވެ. " ދުނިޔެމަތީގައި އެއްމެ ދެރަ 

ނިކަމެތި ދިރިއުޅުން އުޅެފައިވާ މީހާ ސުވަރުގެއަށް ވައްދަވާ ލައްވާގޮތަށް ނެރެލެވޭނެއެވެ. އަދި 

އޭނަޔަށް ނިދާ އިއްވަވާނެއެވެ. އޭ އާދަމްގެ ދަރިޔާއެވެ. ކަލޭ މީގެ ކުރިން ދުވަހަކުވެސް 

އެއްވެސް ދެރަ ނިކަމެތި ކަމަކާ ކުރިމަތި ލިންހެއްޔެވެ.  އޭނާ ޖަވާބު ދޭނެ އެވެ. ' އޭ 

ތިމަން ވެރި އިލާހު! ނޫނެނެކެވެ. އެއްވެސް ދެރެ ނިކަމެތި ކަމަކާ ހިތާމަޔަކާ ތިމަށް 

ކުރިމައްޗެއް ނުލަމެވެ. ' "

 

ސުވަރުގެއަށް ވަދެ ވެއްޖެމީހާ އެތަނުގައި އުޅޭނީ ވަރަށް ވެސް އުފާވެރި ދިރިއުޅުމެކެވެ. 

އެއްވެސް ހިތާމައަކާ ކުރިމައްޗެއް ނުވާނެއެވެ. ބަލިވުމެއް ތަދުވުމެއް އަދި މަރުވުމެއްވެސް 

ނެތެވެ. އެމީހަކު އެތަނުގައި އުޅޭނީ ދާއިމީ ގޮތެއްގައެވެ. 

 

ސުބްޙާނަހު ވަތަޢާލާގެ ވަހީ ބަސްފުޅުގައި ވެއެވެ. އަދި އީމާންވެ ޞޯލިޙް އަމަލުތައް 

ކުޅަމީހުން އެތާންގެ ދަށުން ފެންކޯރުތަށް ހިނގަ ހިނގާ ހުންނަ ސުވަރުގެ ތަކަށް 

ތިމަންރަސްކަލާންގެ އެއުރެން ވައްދަވާ ހުށީމެވެ. އެތާންގައި އެއުރެން އަބަދަށް ދެމިތިބޭ 

ގޮތެއްގައެވެ. އެތާންގައި ތޯހިރު ކުރެވިފައިވާ އަނބިންތަކެއް އެއުރެންނަށް ވެއެވެ. އަދި 

ހިޔާދެނިވި ހިޔަލަކަށް ތިމަން ރަސްކަލާންގެ އެއުރެން ވައްދަވާނަމެވެ "( ޤުރުއާން4:57

No comments:

Post a Comment