ކައްވަޅުގެ ޙަޔާތް
ހަ ބިލިއަނަށް ވުރެ ގިނަ މީހުން އުޅެމުންދާ މިދުނިޔޭގެ ޙަޔާތް އެކަނިވެރިއޭ ބުނެ
ދަޢުވާކުރަމުން ޙަޔާތުގެ ބައިވެރިއެއް ހޯދުމަށް ރެއާއި ދުވާލު އެއްބަޔަކު
މަސައްކަތްކުރަނީއެވެ. ނޫނީ ލޯބިވެރީން ހޯދަނީއެވެ. މިކަމުގައި މިބައިމީހުން ކެއުމެއް
ބުއިމެއް ނިދުމެއް އަރާމެއް ނެތި ވަޤުތުތައް ހޭދަކުރަނީއެވެ. ފޯނުކުރަނީއެވެ.
ޗެޓްކުރަނީއެވެ. ނުވިތާކަށް ކޮންމެ ދުވަހަކު އެ ކުއްޖާ ލިބޭތޯ، އެކުއްޖާގެ މޫނު ފެނޭތޯ،
އެ ގެ ވަށައިގެން ދިހަ ބާރަ ފަހަރު [ޠަވާފް] ވެސް ކުރަނީއެވެ.
އަނެއް ބަޔަކު އެ ފަދަ ބުރަ މަސައްކަތުން، އެ ފަދަ އަގުހުރި ވަޤުތުތައް ނަގާލައިގެން
ހޯދި އެކުވެރިޔާ ގެއްލުމުން ރޮއެ ހިތާމަކުރަނީއެވެ. ކަރުނަ އަޅާ ގިސްލަނީއެވެ.
ހިތާމަވެރި ލަވަތައް އަޑު އަހައި އިތުރު ހިތާމަތަކަށްވެސް ހުށަހެޅިގަންނަނީއެވެ.
އެންމެފަހުން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ބައިވެރިޔާގެ ހަނދާނުގައި ބިނާތަކާއި
ތާޖްމަހަލްތައްވެސް އަޅަނީއެވެ. މިވަރުން ނުފުދިގެން ބައިވެރިޔާއަށް ޓަކައި، ތިމާގެ
ހަށިގަނޑާއި ޖިސްމުވެސް ނަގާލައި އަމިއްލަ މަރުވުމުގެ ފިނޑި ޖަރީމާވެސް ހިންގަނީއެވެ.
މީހުން ތޮއްޖެހި ނޭވާ ނުލެވިފައިވާ މި ދުނިޔޭގައި ތިބާއަށް ބައިވެރިޔަކާއި ނުލައި ނޫޅެވޭ
އިރު، ތިބާ ދެން ދާން އޮތް ގޮވަތީގެ އެކަނިވެރިކަން ހަނދުމަ ނުވަނީ ހެއްޔެވެ؟
އެތަނުގެ އަނދިރިކަން ނުވިސްނެނީ ހެއްޔެވެ؟ އެ ތަނުގެ ނާމާންކަމާއި ބިރުވެރިކަން
ތަޞައްވަރު ނުކުރެވެނީ ހެއްޔެވެ؟ އެއީ ގަދަ ފަދަ މަލާއިކަތުންގެ ހަރުކަށި
ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެ ތަނެވެ. އެއީ ނުބައި ޢަމަލު ގިނަވުމުގެ ސަބަބުން
އަރިކަށި ފުނޑުވޭ ވަރަށް ދަތި ކޮށްލެވޭނެ ޖަގަހައެވެ. އަދިވެސް ތިބާގެ ވަގުތުތަކާއި
ނަފްސާއި ޖިސްމު ބޭނުންކޮށް އަވަދި ކޮށްލަންވީ ހަމަ އެކަނި މި ދުނިޔެއަށްޓަކައި
ހެއްޔެވެ؟
ކަށްވަޅުގައި ތިބާގެ އެކުވެރިއަކަށް ގެންދާނީ ކާކު ހެއްޔެވެ؟ ތިބާ ކިތަންމެ
ބޭނުންވިޔަސް ތިބާ އާ އެކު ގެންދެވޭނެ އިތުރު ބައެއް ނެތެވެ. ތިބާއާއި އެކު
ގެންދެވޭނީ ތިބާ ކުރާ ޢަމަލެއް އެކަންޏެވެ. ހެޔޮ ޢަމަލު ކޮށްފިނަމަ އެ ދުވަހުން ތިބާ
އާއި ބައްދަލު ކުރާނީ ނުހަނު ރީތި، މީރުވަސް ދުވާ ހިތަށް ފިނިކަން ގެނެސްދޭނެ
އެކުވެރިއެކެވެ. ނުބައި ޢަމަލު ކޮށްފިނަމަ ހިތާމައިގެ ކޮޅެއް ނެތެވެ. އެ އެކަނިވެރި
ދުނިޔޭގައި ތިބާއަށް ލިބޭނީ ކުނި، ނުބައިވަސް ދުވާ ނުބައި އެކުވެރިއެކެވެ.
ހަމަކަށަވަރުން ތިބާއަށްޓަކައި އޭނާ ވެގެން ދާނީ އިތުރު ވޭނަކަށެވެ. އިތުރު
ޢަޒާބަކަށެވެ. އިތުރު މޮޅިވެރިކަމަކަށެވެ.
ވީމާ ވިސްނާށެވެ. ތައުބާވާށެވެ. ވަޤުތެއް ނެތެވެ. ތިބާގެ ކަށްވަޅަށް ޒިޔާރަތް ކުރަން
ޖެހެނީ އަދު ކަމެއް މާދަމާ ކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟

No comments:
Post a Comment