Wednesday, June 15, 2016

ޙައްޤް މަގު އިޚްތިޔާރުކުރުން


ޙައްޤް މަގު އިޚްތިޔާރުކުރުން 

އޭ މުސްލިމް އަޚުންނާއި އުޚުތުންނޭވެ. ތިޔަބައިމީހުން ނެތުމުގެ ތެރެއިން ވުޖޫދައްގެންނަވައި 

އެންމެހައި ރިޒްޤްތައް ތަނަވަސް ކޮށްދެވި ގަދަކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް 

ބިރުވެތިވާށެވެ.އަދި އެންމެހައި އަޅުކަމެއް އެފަރާތަށް ޚާލިސްކުރާށެވެ. ޝައްކެއްވެސް ނެއްގޮތުގައި 

އެއީ ތިޔަބައި މީހުންނާއި، ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތައްވެސް ހެއްދެވި އިލާހެވެ. 

އެއިލާހުގެ ވަހީ ބަސްފުޅުގައިވެއެވެ." يَاأَيُّهَاالنَّاسُاعْبُدُوارَبَّكُمُالَّذِيخَلَقَكُمْ

وَالَّذِينَمِنقَبْلِكُمْلَعَلَّكُمْتَتَّقُونَ "(2:21) މާނަ:" އޭ އެންމެހައި މީސްތަކުންނޭވެ! 

ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރީގެ މީސްތަކުންވެސް ނެތުމުގެތެރެއިން ވުޖޫދަށްގެންނެވި 

ރައްބު،ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ތިޔަބައިމީހުން ފުރިހަމަގޮތުގައި އަޅުވެތިވެ 

ކިޔަމަންތެރިކަން އަދާކުރާށެވެ. އެއީ ތިޔަބައިމީހުން އެއިލާހަށް ބިރުވެތިވުމަށްޓަކައެވެ." 

އެހެންކަމުން ފުރިހަމަ ގޮތުގައި އެއިލާހަށް އަޅުވެތި ކަން އަދާކުރުމަށްޓަކައި އެފަރާތް ދެނެގަނެ 

އެއީ ކިހާ މަތިވެރި މާތް ފަރާތެއްކަން ހިތުގައި ބިންވަޅުނެގިފައި ވާން ޖެހެއެެވެ. އެހެންނޫނީ 

ސާބިތު ނުވެވޭނެކަން ކަށަވަރެވެ.

 

އެހެންކަމުން އިސްލާމްދީނުގެ ބިންގާކަމުގައިވާ ތައުޙީދުގެ ކަލިމަ لَاإِلَـٰهَإِلَّااللَّهُ އަށް 

ރައްކާތެރިވާންޖެހިފައިވެއެވެ. އެކަލިމައިގެ މަތީގައި ޢަމަލުގެ ކިއްލާބިނާކުރުމުގެ ކުރީގައި އެއީ ކިހާ 

ވަރެއްގެ ކަލިމައެއްކަން ދެނެގަންނަން ޖެހިފައި ވެއެވެ. އަދި އެކަލިމައިގެ މާނަ އެނގެންޖެހެއެވެ. 

އެ ކަލިމަ ކިޔުމަށްފަހު ތިމާއަށް މި އިޤްރާރު ވެވުނީ ކިހާ މަތިވެރި ކަލަކުގެ ހަޞްރަތުގައިކަން 

ތިމާއަށް އެނގެންޖެހެއެވެ. އެހެންނޫނީ މިކަލިމަ ކިޔުމުގައި އިޚްލާސްތެރި އެއްނުވެވޭނެއެވެ. އަދި 

ޢާފިލުކަންމަތީހުރެ އެ ކަލިމަ ކިޔާފި މީހާއަށް އެއަކުން އެއްވެސް މަންފާ އެއްނުވެއެވެ. 

އެހެންކަމުން ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ވަޙިބަސްފުޅުގައި ވެއެވެ."فَاعْلَمْأَنَّهُلَاإِلَـٰهَ

إِلَّااللَّهُ ... "(47:19) މާނަ: " ފަހެ ﷲ މެނުވީ އިލާހަކުނުވާކަން ކަލޭގެފާނު ދެނެ 

ވަޑައި ގަންނަވާށެވެ."

 

 ސުބްޙާނަޙޫ ވަތަޢާލާގެ އެއްކައުވަންތަކަމަށް އެއިލާހުވަނީ ހެކިވެވޮޑިގެންފައެވެ. އެއީ 

އެއްކައުވަންތަ އިލާހެވެ. އެއިލާހުގެ ޒާތުފުޅަށް އަތްބަކުނުވެއެވެ. އަދި ދަރިކަލަކު އެއިލާހަށް 

ނިސްބަތް ވެގެން ނުވެއެވެ. " وَأَنَّهُتَعَالَىٰجَدُّرَبِّنَامَااتَّخَذَصَاحِبَةًوَلَاوَلَدًا" 

(72:3)މާނަ:" އަދި އަޅަމެންގެ ވެރި ރަސްކަލާންގެ ޢަޟުމަތްތެރިކަން މަތިވެރި ވެގެންވެއެވެ. 

އަދި އެކަލާންގެ އަނބިކަނބަލަކުވެސް އަދި އަދި ދަރިކަލަކުވެސް ނުހިއްޕަވައެވެ." އަދވެސް 

ވަޙީ ކުރައްވައެވެ." قُلْهُوَاللَّهُأَحَدٌ (1)اللَّهُالصَّمَدُ (2)لَمْيَلِدْوَلَمْيُولَدْ (3)وَلَمْ

يَكُنلَّهُكُفُوًاأَحَدٌ(4) " (سورةالإخلاص) މާނަ:" ކަލޭގެފާނުވިދާޅުވާށެވެ. އެއީ 

އެއްކައުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އެއީ އެންމެހައި ކަމަކުން ފުދިވޮޑިގެންވާ އަދި 

އެހެން ފަރާތްތައް އެއިލާހުގެ އެހީއަށް ބޭނުން ވެގެންވާ އިލާހެވެ. އެކަލާންގެ އެއްވެސް 

ފަރާތަކަށް އުފަންވެ ވޮޑިގެން ނުވެއެވެ. އަދި އެއްވެސް ފަރާތެއް އެކަލާންގެ އަށް އުފަންވެގެން 

ނުވެ އެވެ. އަދި އެކަލާންގެ އާ އެއްފަދަ ވެގެންވާ ހަމަ އެއްވެސް އެއްޗެއްނުވެ އެވެ."  

 

ހިތާމަޔަކީ މިއަދު މުސްލިމުންގެ ނަމުގައި ތިބިނަމަވެސް ގިނަބަޔަކު ވަނީ ﷲ ސުބްހާނަހު 

ވަތަޢާލާ އަށް އުރެދިގެންފައެވެ. އެއިލާހުގެ މަތިވެރިކަމާ ބޮޑުކަން ހަނދާން ނެތިފައެވެ. އެއިލާހު 

ވަޙިކުރެއްވިއެވެ. "اللَّهُالَّذِيخَلَقَسَبْعَسَمَاوَاتٍوَمِنَالْأَرْضِمِثْلَهُنَّيَتَنَزَّلُ

الْأَمْرُبَيْنَهُنَّلِتَعْلَمُواأَنَّاللَّهَعَلَىٰكُلِّشَيْءٍقَدِيرٌوَأَنَّاللَّهَقَدْأَحَاطَبِكُلِّ

شَيْءٍعِلْمًا " މާނަ: " ﷲ އީ ހަތް އުޑު އުފެއްދެވި ރަސްކަލާންގެ އެވެ. އަދި ހަތް 

ބިންވެސް މެއެވެ. އެތަންތާންގައި އެކަލާންގެ އަމްރުފުޅު ހިނގަހިނގާހުރެއެވެ. ހަމަކަށަވަރުން ،އެއީ 

އެކަލާންއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހުކަމާއި، އެކަލާންގެ ޢިލްމުފުޅު ހުރިހާއެއްޗެއްގެ 

ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެގުމަށްޓަކައެވެ." އަދިވެސް ވަޙީކުރައްވައެވެ. " هُوَ

الْأَوَّلُوَالْآخِرُوَالظَّاهِرُوَالْبَاطِنُ ۖوَهُوَبِكُلِّشَيْءٍعَلِيمٌ " (57:3)މާނަ" 

" އެކަލާންގެއީ ފެށުމެއްނެތި އިސްވެވޮޑިގެންވާ އަދި ނިމުމެއނެތި ދެމިވޮޑިގެންވާ އިލާހެވެ. އަދި 

ހެކިތަކުން ފާޅުވެވޮޑިގެންވާ އަދި ޙިއްސުތަކަށް ވަންހަނާވެ ވޮޑިގެންވާ އިލާހެވެ. އަދި އެއީ 

ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. " "سَبَّحَلِلَّهِمَافِيالسَّمَاوَاتِ

وَالْأَرْضِ ۖوَهُوَالْعَزِيزُالْحَكِيمُ  " (57:1 ) މާނަ: އުޑުތަކާއި ބިމުގައިވާހާ 

ތަކެތި ﷲ އަށް ތަސްބީޙަ ދަންނަވައެވެ. އެއިލާހުއީ ޢިއްޒަތް ލިބިވޮޑިގެންވާ ޙިކްމަތްތެރި 

އިލާހެވެ." " لَهُمُلْكُالسَّمَاوَاتِوَالْأَرْضِ ۖيُحْيِيوَيُمِيتُ ۖوَهُوَعَلَىٰكُلِّ

شَيْءٍقَدِي "(57:2) މާނަ:"އުޑުތަކާއި ބިމުގައި ވާހާތަކެތި އެއިލާހަށް މިލްކުވެގެންވެއެވެ. 

އެއީ ދިރުއްވާ މަރުގަންނަވާ އިލާހެވެ. އަދި އެއިލާހުއީ ކޮންމެކަމަކަށް ކުޅަދުންވެވޮޑިގެންވާ 

އިލާހެވެ." 

 

އިންސާނާ އަށް ބިންމަތީގައި ދެއްވިފައިވާ ކުޑަކުޑަ އިޚްތިޔާރެއްގެ ސަބަބުން އޭނާވަނީ 

ބިންމަތީގައި ބޮޑާވެ އޭނާގެ އުފެއްދެވުން ހަނދާންނައްތާލާފައެވެ.  " 1هَلْأَتَىٰعَلَى

الْإِنسَانِحِينٌمِّنَالدَّهْرِلَمْيَكُنشَيْئًامَّذْكُورًا 2إِنَّاخَلَقْنَاالْإِنسَانَمِن

نُّطْفَةٍأَمْشَاجٍنَّبْتَلِيهِفَجَعَلْنَاهُسَمِيعًابَصِيرًا 3إِنَّاهَدَيْنَاهُالسَّبِيلَإِمَّاشَاكِرًا

وَإِمَّاكَفُورًا " މާނަ: " ނަންގަނެވިގެން ވީ އެއްޗެއްކަމުގައި ނުވާދުވަސްވަރެއް 

ޒަމާނުގެތެރެއިން އެއިންސާނާގެ މައްޗައްއައިސްފައި ވާކަން ކަށަވަރެވެ. ހަމަކަށަވަރުން 

އެއްކުރައްވާފައިވާ މަނި ތިއްކަކުން ތިމަން އިލާހު އެއިންސާނާ އުފެއްދެވީމެވެ. އޭނާ އިމްތިޙާނު 

ކުރެއްވުމަށްޓަކައެވެ. އަދި ކަންފަތަށް އިވޭ ލޮލަށްފެންނަ މީހެއްކަމުގައި ތިމަން އިލާހު 

އެއިންސާނާ ލެއްވީމެވެ. އަދި އޭނާ އަށް ދެމަގެއް ދެއްކެވީމެވެ. ބޭނުން މީހަކު ޝުކުރުވެރި ވެ 

ބޭނުންމީހަކު ކާފަރުވާނީ އެވެ." އިންސާނާ އަށް ވަނީ ބޭނުން މަގެއް އިޚްތިޔާރު ކުރުމުގެ 

ފުރުސަތު ދެއްވާފައެވެ. އަދި އޭނާ ކާފަރުވެއްޖެ ނަމަ އޭނާއަށް ވޭންދެނިވި ޢަޒާބުހުރިކަމުގެ 

ޚަބަރުވެސް އެއިލާހު ދެއްވާފައި ވެއެވެ. " وَأَنَّالَّذِينَلَايُؤْمِنُونَبِالْآخِرَةِأَعْتَدْنَا

لَهُمْعَذَابًاأَلِيمًا "(17:10) މާނަ: " އަދި އާޚިރަތްދުވަހަށް އީމާންނުވާ މީހާއަށް 

ވޭންދެނިވި ޢަޒާބު ހުރިކަމުގެ ޚަބަރު ތިމަންއިލާހު ދެއްވަމެވެ." 

 

އެހެންކަމުން ކޮންމެމީހަކުވެސް އިޚްތިޔާރުކުރަންޖެހޭނީ ﷲ ސުބްހާނަހު ވަތަޢާލާ ގެ 

ރުހިވޮޑިގަތުން ލިބޭނޭ މަގެވެ. އެއީ ހައްޤު މަގެވެ. ސުވަރުގޭގެ މަގެވެ. މުސްލިމުން ކޮންމެ 

ނަމާދެއްގެ ކޮންމެ ރަކްޢަތަކު ﷲ ގެ ހަޞްރަތުގައި އެދި ދަންނަވާ މަގެވެ. "اهْدِنَا

الصِّرَاطَالْمُسْتَقِيمَ" (1:6) މާނަ: "އަޅަމެންނަށް ސީދާވެގެންވާ ތެދުމަގަށް 

މަގުދައްކަވާފާންދެއެވެ." އެއަށްފަހު އެމަގުގެ ތަފްސީލު ވެސް ދެމުއެވެ. "صِرَاطَالَّذِينَ

أَنْعَمْتَعَلَيْهِمْغَيْرِالْمَغْضُوبِعَلَيْهِمْوَلَاالضَّالِّينَ "(1:7)މާނަ: އިބަ އިލާހު 

އެބައިމީހުންނަށް ނިޢުމަތްދެއްވި މީހުންގެ މަގެވެ. ނަޞާރާއިންނާއި ޔަހޫދީންގެ މަގެއްނޫނެވެ." 

ނަމާދު ކުރާމީހުން ގެ އަދަދު ކިތައްމެމަދު ކަމުގައި ވިޔަސް ،އޭގެ ތެރެއިން ވެސް ގިނަބަޔަކު 

އެބައިމީހުންގެ ދިރިއުޅުމުގެ ކަންތައްތައް، ﷲ ސުބްޙާނަހު ވަތަޢާލާ ގެ ހަޟްރަތުން މި އެދުނު 

ތެދުމަގާ އެއްގޮތަށް ބައްޓަންކުރާތީ އެއް ނުފެނެއެވެ. ނަމަވެސް އެދެންނެވުމުގައި އިޚްލާސްތެރި 

ކަމެއް ނެތުމުގެ ސަބަބުން އެބައިމީހުންނުރުހުންތެރިވާ މަގުކަމުގައި އެ ދަންނަވާ ނަޞާރާއިންނާއި 

ޔަހޫދީންގެ މަގަށް ޢަމަލުތައް ބައްޓަންކުރަމުންދަނީ އެވެ.ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

 

އޭ އީމާންކަމަށް ދަޢުވާކުރަމުންދާ މީސްތަކުންނޭވެ. ތިޔަބައިމީހުން މި ދުނިޔޭގައި ލެއްވިފައިވާ 

މަޤްސަދު އޮޅިފައެއްނުވެއެވެ. ވަރަށް ސާފެވެ.ވަރަށް ޞަރީޙަ އެވެ. ﷲ ސުބްޙާނަހު ވަތަޢާލާ 

ވަނީ ކީރިތި ޤުރުއާނުގައި ހުރިހާއެއްޗެއް އެންމެފުރިހަމައަށް ބަޔާންކޮށްދެއްވާފައެވެ. އެފޮތް އެންމެ 

ސީދާ ވެގެންވާ މަގަށް މަގުދައްކައެވެ." إِنَّهَـٰذَاالْقُرْآنَيَهْدِيلِلَّتِيهِيَأَقْوَمُ

..."(17:9) މާނަ:"ހަމަކަށަވަރުން މި ޤުރުއާން އެންމެ ސީދާވެގެންވާ މަގަށް މަގުދައްކައެވެ." 

ނަމަވެސް އަހަރެމެން މިވަނީ އެފޮތާއި އެފޮތް ބާވާލެއްވި ފަރާތުގެ މަތިވެރިކަމާމެދު ޢާފިލުވެފައެވެ. 

އެފޮތުގެ މަތިވެރިކަން ބަޔާން ކޮށްދެއްވާ ﷲ ސުބްހާނަހު ވަތަޢާލާ ވަހީ ކުރައްވަނީ "لَوْ

أَنزَلْنَاهَـٰذَاالْقُرْآنَعَلَىٰجَبَلٍلَّرَأَيْتَهُخَاشِعًامُّتَصَدِّعًامِّنْخَشْيَةِاللَّهِ ۚ

وَتِلْكَالْأَمْثَالُنَضْرِبُهَالِلنَّاسِلَعَلَّهُمْيَتَفَكَّرُونَ "(59:21)މާނަ:"ތިމަން އިލާހު 

ފަރުބަދަ އެއްގެ މައްޗަށް މިޤުރުއާން ބާވާލެއްވިނަމަ، ހަމަ ކަށަވަރުން އެފަރުބަދަ އެއް ﷲ 

އަށް ބިރުވެތި ވުމުގެ ސަބަބުން، ކުނޑި ކުނޑި ވެގެން ތިރިވާތީ ތިބާ އަށް ފެނުނީހެވެ. އަދި 

އެމިސާލުތައް މީސްތަކުންނަށް ތިމަން އިލާހު ޖައްސަވަނީ އެބައިމީހުން ފިކުރުކުރުމަށްޓަކައެވެ." 

ނަމަވެސް ގިނަބަޔަކުވަނީ އެމަޤްޞަދު ހަނދާން ނެތިފައެވެ. ލަޢްނަތް ލެއްވި ޝައިތޯނާ ވަނީ 

އެބައިމީހުން މަގު ފުރައްދާފައެވެ. ދުނިޔޭގެ ދިރިއުޅުން ޒީނަތް ތެރި ކޮށްދީފައެވެ. ﷲ 

ސުބްޙާނަހު ވަތަޢާލާ ވަޙީ ކުރެއްވިއެވެ."وَمَاخَلَقْتُالْجِنَّوَالْإِنسَإِلَّا

لِيَعْبُدُونِ 57مَاأُرِيدُمِنْهُممِّنرِّزْقٍوَمَاأُرِيدُأَنيُطْعِمُونِ 58إِنَّاللَّهَهُوَ

الرَّزَّاقُذُوالْقُوَّةِالْمَتِينُ " (سورةالذاريات)މާނަ:" ތިމަން ރަސްކަލާންގެ އަށް 

އަޅުކަންކުރުމަށްމެނުވީ ތިމަންރަސްކަލާންގެ ޖިންނާއި އިންސީ ނުހައްދަވަމެވެ. އެއުރެންގެ 

ކިބަޔަކުން ތިމަންރަސްކަލާންގެ ރިޒްޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް 

އެދިވޮޑިއެއް ނުގަންނަވަމެވެ. ހަމަކަށަވަރުން ﷲ އީ ރިޒްޤް ދެއްވާ ބާރުވެރިވަންތަ ގަދަފަދަ 

އިލާހެވެ." 

 

 

އަދި އިންސާނާ ވަނީ އޭނާގެ އުފެދުންވެސް ހަނދާން ނައްތާލާފައެވެ. ދުނިޔޭގެ ދިރިއުޅުން 

އިސްކޮށްފައެވެ. ނުވަތަ ޝައިތޯނާ ވަނީ އެބައިމީހުންގެ ޢަމަލުތަކުގެ ސަބަބުން އެބައިމީހުންގެ 

މައްޗައް ވެރިވެ ގެންފައެވެ. 

No comments:

Post a Comment