ޚިލާފަތުގެ މައްސަލަ
މަދީނާގެ މުނާފިޤުން ތިބީ އިސްލާމީ ދައުލަތް
ވިއްސިވިހާލި ކޮށްލުމަށްޓަކައި އިތުރު ސާހިބާގެ ހިޔާވަހިކަމުން އިސްލާމީ އުންމަތް
މަޙްރޫމްވާނެ ދުވަހަކަށް ބަލަބަލައެވެ. އެހެންކަމުން އިތުރު ސާހިބާ ސުވަރުގެ
ވަޑައިގަތުމާއެކު މުނާފިޤުން ޚިލާފަތުގެ މައްސަލަ ފިތުނައަކަށް ހަދައިލިއެވެ.
ޚިލާފަތުގެ މައްސަލައިގައި ބަޙްޘު
ކުރެއްވުމަށްޓަކައި އަންޞާރިއްޔަ ބޭކަލުން ޘަޤީފާ ބަނީސާޢިދާއަށް އެއްވެވަޑައި
ގެންނެވިއެވެ. ޘަޤީފާއަކީ ޚަޒުރަޖުވަންހައިގެ ރައީސް ސަޢުދު ބުނު ޢިބާދަތު ރަޟިޔަﷲ
ޢަންހުގެ ގެކޮޅުގެ ގޯތިތެރޭގައި މީހުން އެއްވެ ވާހަކަ ދައްކައި ހަދަން . ތިބޭން
ތައްޔާރު ކޮށްފައިވާ ތަނެކެވެ. އަންޞާރިއްޔަ ބޭކަލުން ދެކެވަޑައިގެންނެވި ގޮތުގައި
އިސްލާމީ ދައުލަތް އުފެދިފައިވަނީ އެބޭކަލުންގެ ރަށުގައެވެ. ޢަރަބިކަރައިގައި
އިސްލާމްދީނަށް ނަޞްރު ލިބުނީ އަބޭކަލުންގެ އެހީތެރި ކަމާއި އެބޭކަލުންގެ
މަސައްކަތް ޕުޅުންނެވެ. އެހެންކަމުން ޚަލީފާކަމަށް އެންމެ ޙައްޤުކަންބޮޑީ
އެބޭކަލުންނެވެ. އަންޞާރިއްޔަ ބޭކަލުންގެ ތެރޭގައިވެސް ދެވަންހައެއް އޮތެވެ.
އައުސުވަންހައާއި ޚަޒުރަޖުވަންހައެވެ. އެހެންކަމުން ދެވަންހައިގެ ބޭކަލުންގެ
ޚިޔާލުފުޅު މުޅީން އެއްގޮތެއް ނޫނެވެ. ނަމަވެސް އަންޞާރުންގެ ގިނަ ބޭކަލުން
ޚިޔާލުފުޅު މުޅީން އެއްގޮތެއް ނޫނެވެ. ނަމަވެސް އަންޞާރުންގެ ގިނަ ބޭކަލުންގެ
ޚިޔާލުފުޅު ހުރީ ސަޢުދު ބުނު ޢިބާދާ ރަޟިޔަﷲ ޢަންހު ޚަލީފާއަކަށް ހޮވުމުގެ
މައްޗަށެވެ.
ވަކިގޮތަކަށް އެއްބަސްވެވަޑައި ނުގެންނެވި ބަޙްޘް
ހިނގަމުން ދަނިކޮށް މުހާޖިރިއްޔަ ބޭކަލުންނަށް އެޚަބަރު ލިބިވަޑައި ގެންފިއެވެ.
އެހެންކަމުން أبوبكرގެފާނާއި ޢުމަރުގެފާނާއި އަބޫޢަބީދާގެފާނާ
ތިންބޭކަލުން ސަޤީފާއަށް ވަޑައިގެން ބަޙްޘްގައި ބައިވެރިވެ ވަޑައި ގެންނެވިއެވެ.
އެތިންބޭކަލުންނާއި އަންޞާރިއްޔަ ބޭކަލުންނާ ދެމެދު ދެކެވުނު ވާހަކަފުޅަށްފަހު
އަންޞާރިއްޔަ ބޭކަލުން އެންމެ ފަހުގެ ހުށަހެޅުއްވުމަކަށް ހުށަހެޅުއްވީ
މުހާޖިރިއްޔަ ބޭކަލުންގެ ތެރެއިން އަމީރަކާއި އަންޞާރިއްޔަ ބޭކަލުން ކުރެ އަމީރަކު
ތިއްބެވުމަށެވެ.
އެއްއުންމަތެއްގެ މައްޗަށް އެއްފަހަރާ
ދެވެރިޔަކު ތިއްބެވުމަކީ އޭގެ ނަތީޖާ އެކަކަށްވެސް ވަންހަނާވާނެ ކަމެއް ނޫނެވެ.
އަނެއްކޮޅުން އެދުވަސްވަރުގެ ޢަރަބީން ތިބީ ޤުރައިޝުން ފިޔަވައި އެހެން ބައެއްގެ
ކުރިމަތީގައި ބޯލަނބަން ތައްޔާރަކަށެއް ނޫނެވެ. އިސްވެ ދެންނެވި ފަދައިން
އަންޞާރުންގެ މެދުގައިވެސް ޚިލާފުތަކެއް ހުއްޓެވެ.
މިހުރިހާ ކަމަކާމެދު ވިސްނައިވަޑައިގެން أبوبكر الصّدّيق رضى الله عنه ނުހަނު މަޑުމައިތިރި ކަމާއި
ޙިކްމަތްތެރިކަމާއެކު އަންޞާރިއްޔަ ބޭކަލުންނަށް ވިސްނައިދެއްވަން ވާހަކަ
ދެއްކެވިއެވެ. އިންޞާރުންގެ މާތްކަމާއި އިސްލާމްދީނަށް އެބޭކަލުންގެ ފަރާތްޕުޅުން
ލިބިފައިވާ އަގުވަޒަން ނުކުރެވޭފަދަ އެހީފުޅުތަކުގެ މައްޗަށް އަލިއަޅުއްވައި
ލެއްވުމަށްފަހު ވިދާޅުވިއެވެ.
ޤުރައިޝުން ފިޔަވައި އެހެން ބައެއްގެ
ކުރިމަތީގައި ޢަރަބީން ބޮލެއް ނުލަނބާނެކަން ތިޔަބޭކަލުންނަށް ރަނގަޅަށް
އެނގިވަޑައި ގަންނަވާނެއެވެ. މުހާޖިރުންނަށް ވަނީ އިސްލާމްދީނަށްޓަކައި
އިސްވެގަތުމުގެ ޝަރަފު ލިބިފައެވެ. ނަސަބުގެ ގޮތުން ބަލާއިރުވެސް، އިތުރު ސާހިބާ صلّى الله عليه وسلّمއާ އެންމެ ގާތްކަން ބޮޑީ މުހާޖިރުންނެވެ.
އެހެން ކަމުން މިތިއްބެވި ޢުމަރު ބުނު ޚައްޠާބާއި އަބޫ ޢަބީދާ ބުނު އަލްޖައްރާޙް
ދެބޭކަލުންކުރެ ތިޔަބޭކަލުން ރުހިވަޑައި ގަންނަވާ ބޭކަލެއްގެ އަތްޕުޅު މައްޗަށް
ބައިޢަތު ހިއްޕަވާނެއެވެ.
އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ވާހަކަފުޅު
ނިންމެވުމާއެކު ޢުމަރު ރަޟިޔަﷲ ޢަންހު ކުރިއަށް ނިކުރެވަޑައިގެން أبوبكرގެފާނުގެ އަތްޕުޅުމަތީގައި އަތްޕުޅު
ބާއްވަވާފައި ވިދާޅުވިއެވެ. އަޅުގަނޑު ކަލޭގެފާނުގެ އަތްޕުޅުމައްޗަށް ޚަލީފާކަމުގެ
ބައިޢަތު ހިފަމެވެ. އަޅުގަނޑުމެންގެ ތެރެއިން އެންމެ މާތް ބޭކަލަކީ ކަލޭގެފާނެވެ. رسول الله صلّى الله عليه وسلّمގެ އަރިހުގައި އެންމެ ލޮބުވެތި ބޭކަލަކީވެސް
ކަލޭގެފާނެވެ. ޞަޙާބީންގެ ތެރޭގައި ހުންނެވި އެންމެ ޤަދަރުހުރި މާތް ބޭކަލަކީ أبوبكرގެފާނެވެ. އެހެން ކަމުން ޘަޤީފާގައި ތިއްބެވި
ޞަޙާބީން أبوبكر رضى الله عنهގެ އަތްޕުޅުމައްޗަށް ޚަލީފާކަމުގެ ބައިޢަތު
ހިއްޕެވިއެވެ.
ޢާންމު
ބައިޢަތާއި އެންމެ ފުރަތަމަ ތަޤްރީރު
ވިދިގެން އައި ދުވަހު
އަލްމަސްޖިދުއްނަބަވީގައި أبوبكر رضى الله عنهގެ އަތްޕުޅުމައްޗަށް ޚިލާފަތުގެ ޢާންމު
ބައިޢަތު ހިފުން އޮތެވެ. އަމީރުލްމުއުމިނީން أبوبكر رضى الله عنهގެ އަތްޕުޅުމައްޗަށް ޚަލީފާކަމުގެ ޢާންމު
ބައިޢަތު ހިފެވުނީ 13 ރަބީޢުލްއައްވަލް 11ހ. (9 ޖޫން 632މ.) ގައެވެ. ޢާންމު
ބައިޢަތަށްފަހު أبوبكر رضى الله عنهހު އެކަލޭގެފާނުގެ ޚަލީފާކަމުގެ އެންމެ
ފުރަތަމަ ތަޤްރީރު ދެއްވިއެވެ. އެތަޤްރީރުގައި ވިދާޅުވިއެވެ.
" އޭ މީސްތަކުންނޭވެ! މާތް ﷲ ގަންދެމެވެ.
އަހަރެންގެ ހިތުގައި ވެރިކަމުގެ އެއްވެސް އެދުމެއް ނެތެވެ. އަހަރެން ފާޅުގައިވެސް
އަދި އެކަނި ސިއްރުން އިނދެވެސް މާތް ﷲ ގެ ޙަޟުރަތަށް އެކަމަށް އެދި ދުޢާއެއްވެސް
ނުކުރަމެވެ. އަހަރެންގެ ހިތުގައި ވެރިކަމާމެދު ކުޑަވެސް ޝައުޤުވެރިކަމެއް ނެތެވެ.
އެކަމަކު ފަހަރެއްގައި މިކަންތައް ބޮޑުފިތުނައަކަށް ވެދާނެތީ އަހަރެން
ބިރުގަތީއެވެ. އެސަބަބާހުރެ މިބުރަ މަސްޢޫލިއްޔަތު އުފުލާން އަހަރެން
ތައްސާރުވީއެވެ. މިއީ އަހަންނަށް ކުޑަވެސް އުފަލެއް ލިބޭނެ ކަމެއް ނޫނެވެ. އަދި
ކީއްހެއްޔެވެ؟ މިއީ އަހަރެންގެ ކޮނޑުގައި އެޅުނު ނުއުލުލޭފަދަ ބުރައެކެވެ. މާތް ﷲ
ގެ ނަޞްރާއި ހެޔޮ ތައުފީޤާ ނުލައެއް އަހަންނަކަށް މިވާޖިބު އަދައެއް
ނުކުރެވޭނެއެވެ. މިމަސްޢޫލިއްޔަތު އުފުލުމަށް އަހަންނަށްވުރެ ޤާބިލު އެހެން މީހަކާ
މިކަންތައް ޙަވާލުކުރެވުނުނަމަ އަހަރެން މާބޮޑަށް ހިތްހަމަޖެހުނީހެވެ.
އޭ މީސްތަކުންނޭވެ! ތިޔަބައި މީހުންގެ
ވެރިކަން އަހަރެންނާ ޙަވާލުކުރެވިއްޖެއެވެ. އެކަމަކު އަހަރެންނަކީ ތިޔަބައި
މީހުންކުރެ އެންމެ ރަނގަޅު މީހާއެއް ނޫނެވެ. އަހަރެން ރަނގަޅަށް ކަންތައް ކުރާނަމަ
ތިޔަބައިމީހުން އަހަންނާ އެހީތެރިވެ ވާގިވެރިވެދޭށެވެ! އަހަރެން ނުބައިކޮށް
ކަންތައް ކުރާނަމަ އަހަރެން އިޞްލާޙްކޮށް މަގަށް އަޅުވާށެވެ!
ތެދުވެރިކަމަކީ އަމާނާތެކެވެ. ދޮގުހެދުމަކީ
ޚިޔާނާތެކެވެ. މާތް ﷲ ގެ ވާގިފުޅާއެކު އަހަރެން އެމީހެއްގެ ޙައްޤު އެމީހަކަށް
ލިބިދީފުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން އެންމެ ނިކަމެތި މީހާއަކީ
އަހަރެންގެ ގާތުގައި އެންމެ ގަދަފަދަ މީހާއެވެ. ތިޔަބައިމީހުންކުރެ އެންމެ
ގަދަފަދަ މީހާގެ އަތުން އޭނާ އެހެން މީހުންނަށް ދޭންޖެހޭ ޙައްޤު އަތުލައިދީފުމަށް
ދާންދެން އެމީހާއަކީ އަހަރެންގެ ގާތުގައި އެންމެ ބަލިކަށި ނިކަމެތި މީހާއެވެ.
މާތް ﷲ ގެ މަގުގައި ޖިހާދު ކުރުން
ހުއްޓައިލައިފި ޤައުމެއް އެކަލާނގެ ދެރަ ނިކަމެތި ބައެއްކަމުގައި ލައްވާނެއެވެ.
އެބައެއްގެ ތެރޭގައި ޒިނޭކުރުން ޢާންމުވެއްޖެ ބައެއްގެ ތެރޭގައި މާތް ﷲ
ބަލިމަޑުކަން ޢާންމު ކުރައްވާނެއެވެ.
އަހަރެން މާތް ﷲ އާއި އެކަލާންގެ ރަސޫލާއަށް
ކިޔަމަންވާހައި ހިނދަކު ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންވާށެވެ. އަހަރެން
މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެނަމަ، އަހަރެންނަށް ކިޔަމަންވުމެއް
ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ."
އުސާމާގެ
ލަޝްކަރު ފުރުވައިލެއްވުން
ކުރީންވެސް ބަޔާންކުރެވުނު ފަދައިން
އުސާލާއަކީ ޒައިދު ބުނު ޙާރިޘާ ރަޟިޔަﷲ ޢަންހުގެ ދަރިކަލެކެވެ. ޒައިދުގެފާނަކީ رسول الله صلّى الله عليه وسلّم މިނިވަންކުރެއްވި އަޅެކެވެ. އޭރު އުސާމާގެ
ޢުމުރުފުޅަކީ އެންމެ ސަތާރައަހަރެވެ. އެހެން ކަމުން އަންޞާރިއްޔަ ބޭކަލުން ޢުމަރު
ރަޟިޔަﷲ ޢަންހު މެދުވެރި ކުރައްވައި އަމީރުލްމުއުމިނީންގެ އަރިހުގައި
ދެންނެވިއެވެ.
ކަލޭފެފާނު ކޮންމެހެން ރޫމީންނާ ހަނގުރާމައަށް
މިލަޝްކަރު ފޮނުއްވާނަމަ ލަޝްކަރުގެ އަމީރަކަށް ކޮންމެވެސް މާތް ނަސްލެއްގެ
ޢުމުރުފުޅުން ދުވަސްވީ ބޭކަލަކު ހަމަޖައްސަވާށެވެ.
އެވާހަކަ އިވިވަޑައިގަތުމުން أمير المؤمنين أبوبكر رضيى الله عنهއިންތިހާ ދަރަޖައަށް ކޯފާ އިސްވިއެވެ. أبوبكرގެފާނު ވިދާޅުވިއެވެ. އަހަރެމެންގެ ލޮބުވެތި
ސާހިބާ އިސްކުރައްވާފައިވާ ވެރިޔަކު މަޤާމުން ދުރުކުރުމަކީ އަހަންނަށް ކުރެވޭނެ
ކަމެއްނޫނެވެ. ތިޔަބައި މީހުންގެ މެޅުގައި ޖާހިލިއްޔަތުގެ ބޮޑާކަން އަދިވެސް
ނުފިލައި ހުރީ ހެއްޔެވެ؟
އަމީރުލްމުއުމިނީން އެޖަވާބު ދެއްވުމަށްފަހު
އުސާމާގެ ލަޝްކަރު ފުރުއްވައި ލެއްވުމަށްޓަކައި އަމިއްލަފުޅަށް
ވަޑައިގެންނެވިއެވެ. އަމީރުލްމުއުމިނީން ވަޑައިގެންނެވިއިރު އިސްލާމްދީނަށް އިސްވެ
ވަޑައިގެންނެވި ބޭކަލުންކުރެ ޢަބްދުރަޙްމާން ބުނު ޢައުފު ރަޟިޔަﷲ ޢަންހު ވެސް
އެކަލޭގެފާނުގެ އަރިހުގައި ގެންދެވިއެވެ. އުސާމާ ރަޟިޔަﷲ ޢަންހު އަސްމައްޗަށް
ސަވާރުވެ ވަޑައިގަތުމުން ޢަބްދުއްރަޙްމާނު ބުނު ޢައުފުގެ އަތްޕުޅަށް އުސާމާގެ
އަސްކޮޅުގެ ލަގަން ދެއްވައިގެން أمير المؤمنين ، އުސާމާގެ އަސްކޮޅާ އެއްވަރަށް ފައިމަގުގައި
ވަޑައިގެންނެވިއެވެ.
އުސާމާ ވިދާޅުވިއެވެ. އަމީރުލްމުއުމިނީން
އަސްކޮޅަށް ސަވާރުވެ ވަޑައިގެންނަވާށެވެ. ނުވަތަ އަޅުގަނޑަށްވެސް އަހުން ފޭބުމުގެ
ހުއްދަ ދެއްވާށެވެ. އަމީރުލްމުއުމިނީން ވިދާޅުވިއެވެ. އަހަރެން އަހަކަށް ސަވާރެއް
ނުވާނަމެވެ. ކަލޭގެފާނު ފައިބައިވަޑައި ގަތަކަވެސް ނުދޭނަމެވެ.
އޭރު ޢުމަރު ބުނުލްޚައްޠާބު ރަޟިޔަﷲ
ޢަންހުއަކީ އުސާމާގެ ލަޝްކަރުގެ ސިފައިންގެ މީހެއްގެ ގޮތުގައި ރަޖިސްޓްރީ
ކުރެވިފައި ހުންނެވި ބޭކަލެކެވެ. އަމީރުލްމުއުމިނީންއަށް އެހީތެރިވެވަޑައި
ގަތުމަށްޓަކައި އެނުރައްކައުތެރި ދަނޑިވަޅުގައި ޢުމަރުގެފާނު މަދީނާގައި
ހުންނެވުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެހެންކަމުން أمير المؤمنين ، އުސާމާގެ އަރިހުގައި ވިދާޅުވިއެވެ.
" ކަލޭގެފާނަށް ފެނިވަޑައިގަންނަވާނަމަ
އަޅުގަނޑަށް އެހީތެރިވެ ދެއްވުމަށްޓަކައި ޢުމަރުގެފާނު އަޅުގަނޑުގެ ގާތުގައި
ބަހައްޓަވާށެވެ. "
އުސާމާ، އަމީރުލްމުއުމިނީންގެ
އެދިވަޑައިގަތުން ޤަބޫލުކުރައްވައި ޢުމަރުގެފާނު މަދީނާގައި ބެހެއްޓެވިއެވެ.
މިއީވެސް أمير المؤمنين أبوبكر رضيى الله عنه އުންމަތަށް ދެއްވި ޖުމްހޫރިއްޔަތުގެ
ފިލާވަޅެކެވެ.
أبوبكر رضى الله عنه ލަޝްކަރާ ވަކިވެވަޑައި ގަތުމުގެ ވަގުތު
އައުމުން ވިދާޅުވިއެވެ.
" އޭ މީސްތަކުންނޭވެ! އިހަށް
މަޑުކޮށްލާށެވެ! އަހަރެން މިދޭ ނަސޭހަތުގެ އަޑުއަހާށެވެ! އަދި މިނަސޭހަތް ހަނދާން
ބަހައްޓާށެވެ! ޚިޔާނާތްތެރިކަމުން އެއްކިބާވާށެވެ. ޣަނީމާ މުދާ ނުފޮރުވާށެވެ.
ބޭވަފާތެރިވުމުން ދުރުހެލިވާށެވެ. މީހުންގެ ނޭފަތާއި ކަންފަތާ އަދި އެނޫންވެސް
ގުނަވަންތައް ނުކަނޑާށެވެ. އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީން ޤަތުލު
ނުކުރާށެވެ. ކަދުރު ރުކާއި އަދި އެނޫންވެސް މޭވާއަޅާ ގަސްގަހާގެހި ނުކަނޑާށެވެ.
ކެއުމުގެ ބޭނުމުގައި މެނުވީ ޖަނަވާރެއް ކަތިނުލާށެވެ. ތިޔަބައިމީހުންނާ އެކި
ވައްތަރު ވައްތަރުގެ މީހުންނާ ބައްދަލުވާނެއެވެ. އޭގެ ތެރެއިން ޚާނުގާހުތަކުގައި
ދުނިޔެ އަޅައިފައި އަޅުކަމުގައި މަޝްޣޫލުވެ ތިބޭ މީހުން އެބައިމީހުންގެ ޙާލުގެ
މަގަށް ދޫކޮށްލާށެވެ. އެކިއެކި ކަންވާރުގައި ތިޔަބައިމީހުންގެ ގާތަށް ކާބޯތަކެތި
ގެންނަ މީހުންނާވެސް ދިމާވާނެއެވެ. ތިޔަބައިމީހުން އެތަކެތި ކާނަމަ
ބިސްމިﷲހިއްރަޙްމާނިއްރަޙީމް މިހެން ކިޔާފައި ކާށެވެ. އެބައެއްގެ ބޮލުގައި
ޝައިޠާނާ ހާލިހަދައިފައިވާ މީހުންނާވެސް ދިމާވާނެއެވެ. ތިޔަބައިމީހުންގެ
ކަނޑިތަކުން އެބޯތައް ކަނޑާށެވެ. ދެން މާތް ﷲ ގެ ބަރަކާތާއެކު ދަތުރު ފަށާށެވެ.
މާތް ﷲ ދުޝްމިނުންގެ ލޮންސިތަކުންނާއި ތާޢޫނުން (ޕްލޭގު) ތިޔަބައިމީހުން
ރައްކައުތެރި ކުރައްވާށިއެވެ. "
އުސާމާގެ ލަޝްކަރު މަދީނާއިން ފުރީ 1
ރަބީޢުލްއާޚިރު 11 ހ. ގައެވެ. އެލަޝްކަރު ޝާމްކަރައިގެ ސަރަޙައްދަށްގޮސް މުއުތާގެ
ޝަހީދުންގެ ބަދަލުހިފުމަށްފަހު ނަޞްރާއި ކާމިޔާބީ ހޯދައިގެން ސާޅީސްދުވަހުގެ
ތެރޭގައި އެނބުރި މަދީނާއަށް އަތުވެއްޖެއެވެ. އަމީރުލްމުއުމިނީން أبوبكر رضى الله عنهމަދީނާގެ ރަށްބޭރަށް ނުކުމެވަޑައިގެން
އެލަޝްކަރާ އިސްތިޤްބާލު ކުރެއްވިއެވެ.
އުސާމާގެ ލަޝްކަރު އެވަގުތު ފުރުއްވައި
ލެއްވިކަމީ أبوبكر رضى الله عنه އެޅުއްވި ވަރަށް ބުއްދިވެރި ފިޔަވަޅުފުޅެކެވެ.
ޝާމްކަރައިގައި އެލަޝްކަރު ހޯދި ކާމިޔާބީގެ އިތުރަށް އެކަމުގެ ސަބަބުނކް
ޢަދުއްވުން ވަރަށްބޮޑަށް މުސްލިމުން ދެކެ ބިރުގަތެވެ. މުސްލިމުންގެ އަތުގައި
ވަރަށް ވަރުގަދަ އަސްކަރީ ބާރެއް އޮވެގެން މެނުވީ އެފަދަ ވަގުތެއްގައި ރޫމީންނާ
ދެކޮޅަށް ހަނގުރާމަވެރި ލަޝްކަރެއް ނުފޮނުވޭނެ ކަމުގައި އެބައިމީހުން
ޔަޤީންކުރިއެވެ..
No comments:
Post a Comment