5- އާޚިރަތް ދުވަހަށް
އީމާންވުން:
އާޚިރަތް
ދުވަހަށް އީމާންވާންޖެހެއެވެ. އެއީ ޤިޔާމަތް ދުވަހެވެ. އެއީ އެދުވަހަށް ފަހުގައި
އިތުރު އެހެން ދުވަހެއްނުވާ ދުވަހެވެ. މީސްތަކުން ދެވަނަ ފަހަރަށް ދިރި
ދެމިތިބުމުގެ ޢާލަމަށް ފޮނުއްވޭ ދުވަހެވެ. މީސްތަކުން އެދުވަހުގައި ވާހުށީ
ނިޢުމަތުގެ ގޮވަތީގައެވެ. ނުވަތަ ވޭން ދެނިވި ޢަޛާބުގެ ގޮވަތީގައެވެ.
އަލުންދިރުއްވާނެކަން
ޤަބޫލުކުރުމަކީވެސް އާޚިރަތަށް އީމާންވުމުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި އެއީ އިސްރާފީލްގެފާނު ދެވަނަފަހަރަށް ތާޅަފިލި
ފުންމަވާލައްވާ ހިނދު اللهސުބުޙާނަހޫވަތަޢާލާ މަރުވެފައިވާ މީހުން އަލުން
ދިރުއްވުމެވެ.
ޒުމަރު
ސޫރަތުގެ 68ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاء اللَّهُ ثُمَّ نُفِخَ فِيهِ أُخْرَى فَإِذَا هُم قِيَامٌ يَنظُرُونَ
މާނައީ: "އަދި ތާޅަފިލި
ފުންމަވައި ލެވޭނެއެވެ. އެހިނދު ﷲ އިރާދަކުރެއްވި ބަޔަކު ފިޔަވައި އުޑުތަކުގަޔާއި
ބިމުގައި ވާހާ ބަޔަކު ހޭނެތިގެން ވެއްޓިދާނެއެވެ. ދެން ދެވަނަ ފަހަރަށް ތާޅަފިލި
ފުންމަވައިލެވޭނެއެވެ. ދެން ހަމަ އެހިނދު މީސްތަކުން ތެދުވެ ބަލަބަލައި
ތިބޭނެތެވެ." (އިލްމުވެރިން ވިދާޅުވާގޮތުގައި ފުރަތަމަ ތާޅަފިއްޔަށް ހޭނުނެތޭބަޔަކީ
ބައެއް މަލާއިކަތުންނެވެ. އެކަމަކު ފަހުން އެބޭކަލުންވެސް އަވަހާރަވާނެއެވެ.)
ފަހެ، މީސްތަކުން ކައްވަޅުތަކުން ތެދުވެ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް
ޖަމާވާނެއެވެ. ފައިވާނަށް ނާރައި ހުސްފަޔާއެވެ. ހެދުންނުލައި އޮރިޔާން ހާލުގައެވެ.
ޚިތާނަކާއި ނުލައި ގުނަވަން ފުރިހަމަވެގެންވާ ހާލުގައެވެ.
އަންބިޔާ
ސޫރަތުގެ 104ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ وَعْدًا عَلَيْنَا إِنَّا كُنَّا فَاعِلِينَ
މާނައީ "އެންމެ ފުރަތަމަ
ތިމަން ﷲ އިންސާނާ ހައްދަވައި މަންމަގެ ބަނޑުން ނެރުއްވި ގޮތަށް (ޤިޔާމަތް
ދުވަހުގައި) އޭނާ އަނބުރައި ގެންނަވާނަމެވެ.
އެއީ ތިމަން ﷲގެ ޒިންމާގައިވާ ވަޢުދުފުޅެކެވެ. ހަމަކަށަވަރުން ތިމަން ﷲ އެކަން
ކުރައްވާނަމެވެ."
އަދި
އަހުރެމެން ޢަމަލުތަކުގެ ފަތްތަކެއް ވާކަމަށް ޤަބޫލުކުރަންޖެހެއެވެ. އެފަތްތައް ކަނާތަށް ނުވަތަ
ފުރަގަހުން ވާތަށް ދެވޭނެއެވެ. އިންޝިޤާޤް ސޫރަތުގެ 7،8،9،10،11 އަދި 12 ވަނަ އާޔަތުގައި
މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ- فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا - وَيَنقَلِبُ إِلَى أَهْلِهِ مَسْرُورًا - وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاء ظَهْرِهِ -فَسَوْفَ يَدْعُو ثُبُورًا - وَيَصْلَى سَعِيرًا
މާނައީ: "ފަހެ އެމީހެއްގެ
ޢަމަލުތަކުގެ ފަތް އެމީހެއްގެ ކަނާތަށް ދެވިއްޖެ މީހާ ދަންނައެވެ. ފަހެ، ވަރަށް ފަސޭހަ
ލުއިލުއި ގޮތެއްގައި އޭނާގެ ހިސާބު ބެއްލެވޭނެއެވެ. އަދި އޭނާގެ އަހުލުވެރިންގެ
ގާތަށް އެނބުރި އޭނާ ދާނީ އުފާވެގެންވާ ހާލުގައެވެ. އަދި އެމީހެއްގެ ޢަމަލުތަކުގެ
ފަތް އެމީހެއްގެ ފުރަގަހުން ދެވިއްޖެމީހާ ދަންނައެވެ. ފަހެ، އޭނާ ހަލާކަށް
ގޮވާނެއެވެ. އަދި ކެކި އުތުރި އަރައަރާ ހުރި ނަރަކައަށް އޭނާ ވަންނާނެއެވެ.
އިސްރާ
ސޫރަތުގެ 13 އަދި 14ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَكُلَّ إِنسَانٍ أَلْزَمْنَاهُ طَآئِرَهُ فِي عُنُقِهِ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا - اقْرَأْ كَتَابَكَ كَفَى بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا
މާނައީ: "އަދި ކޮންމެ
އިންސާނެއްގެ ކަރުގައި އޭނާގެ ހެޔޮ ނުބައި ޢަމަލުތައް ތިމަން ﷲ އެޅުއްވީމެވެ. އަދި
ޤިޔާމަތް ދުވަހުގައި އޭނާއަށް ފަތެއް ތިމަން ﷲ ނެރުއްވާނަމެވެ. އެފަތް
ހުޅުވައިލެވިފައިވަނިކޮށް އޭނާއަށް ފެންނާނެއެވެ. އަދި އޭނާއަށް ބުނެވޭނެއެވެ.
ތިބާގެ ފަތް ތިބާ ކިޔާށެވެ. މިއަދު ތިބާގެ މައްޗަކަށް ހިސާބުކުރުމަށް ތިބާގެ
ނަފްސު ފުދެއެވެ."
އަދި
އަހުރެމެން، ޢަމަލުތައް ކިރުމަށްޓަކައި ތިލަފަތްތެކެއް ވާކަމަށް
ޤަބޫލުކުރަންޖެހެއެވެ. އެއީ ޤިޔާމަތް ދުވަހުގައި
ބެހެއްޓޭ ތިލަފަތް ތަކެކެވެ. ފަހެ އެއްވެސް ނަފްސަކާ ދޭތެރޭ ބޭއިންސާފުވެރި
ނުވެވޭނެއެވެ.
ޒަލްޒަލާ
ސޫރަތުގެ 7 އަދި 8ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ -وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ
މާނައީ: "ފަހެ ޒައްރެއްގެ
މިންވަރު ހެޔޮކަމެއް ކޮށްފި މީހާވެސް އެކަން ދެކޭނެއެވެ. އަދި ޒައްރެއްގެ މިންވަރު
ނުބައިކަމެއް ކޮށްފި މީހާވެސް އެކަން ދެކޭނެތެވެ."
މުއުމިނޫން
ސޫރަތުގެ 102،103 އަދި 104 ވަނަ
އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَمَن ثَقُلَتْ مَوَازِينُهُ فَأُوْلَئِكَ هُمُ الْمُفْلِحُونَ - وَمَنْ خَفَّتْ مَوَازِينُهُ فَأُوْلَئِكَ الَّذِينَ خَسِرُوا أَنفُسَهُمْ فِي جَهَنَّمَ خَالِدُونَ - تَلْفَحُ وُجُوهَهُمُ النَّارُ وَهُمْ فِيهَا كَالِحُونَ
މާނައީ: "އެބައެއްގެ
ތިލަފަތްތައް ބުރަވި މީހުން ދަންނައެވެ. ފަހެ އެބައިމީހުންނަކީ އެއީ ކާމިޔާބުވީ
މީހުންނެވެ. އަދި އެބައިމީހުންގެ ތިލަފަތްތައް ލުއިވީ މީހުން ދަންނައެވެ. ފަހެ
އެބައިމީހުންނަކީ އެބައިމީހުންގެ އަމިއްލަނަފްސުތައް ގެއްލުވައިލި މީހުންނެވެ.
ނަރަކައިގައި އެބައިމީހުން ދެމިތިބޭނެތެވެ. އަލިފާން އެބައިމީހުންގެ މޫނުތައް
އަންދާނެތެވެ. އަދި އެނަރަކާގައި އެބައި މީހުން ތިބޭނީ ތުންފަތް ކުރުޖެހި ދަތްތައް
ކަޝްފުވެފައިވާ ބަދު ސޫރަވެރި ބައެއްގެ ގޮތުގައެވެ."
އަދި
އެންމެ ބޮޑު ޝަފާޢަތް ވާކަން ޤަބޫލުކުރަންޖެހެއެވެ. އެއީ رسول الله صَلَّاللهُ عَلَيْهِ وَسَلَّم އަށް ޚާއްޞަވެގެންވާ
ޝަފާޢަތެކެވެ. الله ސުބުޙާނަހޫވަތަޢާލާ ގެ
ޙަޟްރަތުގައި އެކލާނގެ އިޒުނަފުޅާއިއެކު އެކަލޭގެފާނު ޝަފާޢަތްތެރިވެ
ވަޑައިގަންނަވާނެއެވެ. އެއީ އެކަލާނގެ އަޅުތަކުންގެ މެދުގައި
ފައިސަލާކުރެއްވުމަށެވެ. މަޙުޝަރުގެ މައިދާނުގައި އަޅުތަކުންނަށް
ކުޅަދާނަވެގެންނުވާ ވަރުގެ ހިތާމަޔާއި މުސީބާތްތައް ޖެހޭ ވަގުތުގައެވެ. ފަހެ، މީސްތަކުން
އެންމެ ފުރަތަމަ ދާނީ އާދަމްގެފާނުގެ އަރިހަށެވެ. ދެން ނޫޙުގެފާނުގެ އަރިހަށެވެ.
ދެން އިބްރާހީމްގެފާނުގެ އަރިހަށެވެ. ދެން މޫސާގެފާނުގެ އަރިހަށެވެ. ދެން
ޢީސާގެފާނުގެ އަރިހަށެވެ. އެންމެ ފަހުން އެކަން ނިމޭނީ رسول الله صَلَّ اللهُ عَلَيْهِ وَسَلَّم ގެ އަރިހަށެވެ.
އަދި
މުއުމިނުންގެ ތެރެއިން ނަރަކައަށް ވަންނަމީހުންނާއި މެދު އެބައިމީހުން ނަރަކައިން
ނެރުމަށް ކުރެވޭ ޝަފާއަތެއް ވާކަމަށްވެސް އަހުރެމެން އީމާންވާންޖެހެއެވެ. އެ ޝަފާޢަތް، رسول الله صَلَّ اللهُ عَلَيْهِ وَسَلَّم އަށާއި، އެހެނިހެން
ނަބިއްޔުންނަށާއި އަދި މުއުމިންނަށާއި މަލާއިކަތުންނަށް ލިބިގެންވެއެވެ.
އަދި
އަހުރެމެން އީމާންވަމުއެވެ. ހަމަކަށަވަރު الله ސުބުޙާނަހޫވަތަޢާލާ މުއުމިނުންގެ ތެރެއިން
ބަޔަކު އެއްވެސް ޝަފާޢަތަކާއި ނުލައި ހަމައެކަނި އެކަލާނގެ ރަޙްމަތާއި
ދަރުމަވަންތަކަމުން ނަރަކައިން ނެރުއްވާނެއެވެ.
އަދި رسول الله صَلَّ اللهُ عَلَيْهِ وَسَلَّم ގެ حوض كوثر ވާކަމަށް އަހުރެމެން
އީމާންވާންޖެހެއެވެ. އެ حوضގެ ފެން ކިރަށް ވުރެ
ހުދުވާނެއެވެ. އަދި މާމުޔަށް ވުރެ ފޮނިވާނެއެވެ. އަދި ގޮމަކަސްތޫރިއަށް ވުރެ
މީރުވަސްދުވާނެއެވެ. އަދި އެ حوض ގެ ދިގުމިނުގައި
އެއްމަސްދުވަހުގެ މަސާފަތުވާނެއެވެ. އަދި ފުޅާމިހުގައި އެއްމަސް ދުވަހުގެ
މަސާފަތުވާނެއެވެ. އަދި އެحوض ގެ ކަންވާރުތައް ރިވެތިކަމާއި، ގިނަކަމުގެ
ގޮތުން އުޑުގެ ތަރިތައް ފަދައިން ވާނެއެވެ. އެކަލޭގެފާނުގެ އުއްމަތުގެ މުއުމިނުން
އެ حوض އަށް ވާރިދުވާނެއެވެ. އެ حوض ފެންބޮއިފިމީހާ އެއަށްފަހު
ދެން ފެނެއް ނުބޮވާނެއެވެ.
އަދި
ޞިރާޠުމަގު ވާކަމަށް އަހުރެމެން އީމާންވާންޖެހެއެވެ. އެމަގު ލެވިފައިވާނީ
ނަރަކައިގެ މަތިންނެވެ. މީސްތަކުން އެބައިމީހުންގެ ޢަމަލުތަކުގެ މިންވަރުން އެމަގު
ކަޑައްތުކުރާނެއެވެ. ފަހެ، މީސްތަކުން ކުރެ އެންމެ ފުރަތަމަ ޖަމާޢަތުގެ މީހުން
ވިދައިލާ ވިދުވަރެއް ފަދައިން އެމަގު ކަޑައްތު ކޮށްލާނެއެވެ. ދެވަނަ ޖަމާޢަތުގެ
މީހުން ޖެހިލާ ވައިރޯޅިއެއް ފަދައިން އެމަގު ކަޑައްތު ކުރާނެއެވެ. އަދި ތިންވަނަ
ޖަމާއަތުގެ މީހުން އުދުހޭ ދޫނިތަކެއް ފަދައިންނާއި، ބާރުބާރަށް ހިގުމުގެ
ހަލުއިމިނުގައި އެމަގު ކަޑައްތުކުރާނެއެވެ. އަދި رسول الله صَلَّ اللهُعَلَيْهِ وَسَلَّم އެމަގުގެ މެދުގައި
ހުންނަވާގެން ދުޢާ ކުރައްވާނެއެވެ. އޭހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ!
ސަލާމަތްކަން ދެއްވާނދޭވެ! ސަލާމަތްކަން ދެއްވާނދޭވެ. އެއީ އަޅުންތަކުންގެ
ޢަމަލުތައް ނުކުޅެދިއްޖެއުމަށް ދާންދެނެވެ. ދެން ފިރުކޭ މީހުން އަންނާނެއެވެ. އަދި
އެމަގުގެ ދެފަރާތުގައި އެލުވިފައި ވަކިތަކެއްވާނެއެވެ. އެވަކި ތަކަކީ ﷲ ގެ
ޙަޟްރަތުން އަމުރުކުރެވިގެންވާ ވަކިތަކެކެވެ. އަދި ހިފުމަށް އަމުރުކުރެވުނު ކޮންމެ
މީހެއްގެ ގައިގައި އެވަކިތައް ހިފާނެއެވެ. ފަހެ، ބައެއް މީހުން ޒަޚަމްވެގެންވާ
ޙާލު ސަލާމަތްވާނެއެވެ. އަދި ބައެއް މީހުން ނަރަކައިގެ ތެރެއަށް ވެއްޓިގެން
ހިނގައިދާނެއެވެ.
ސުވަރުގޭގެ
އަހުލުވެރިންނަށްޓަކައި އެބައިމީހުން ސުވަރުގެއަށް ވަނުމަށް رسول اللهصَلَّ اللهُ عَلَيْهِ وَسَلَّم ކުރައްވާ ޝަފާޢަތަށް
އަހުރެމެން އީމާންވާންޖެހެއެވެ. އެއީ އެކަލޭގެފާނަށް
ޚާއްޞަވެގެންވާ ޝަފާޢަތެކެވެ.
އަދި
ސުވަރުގެއާއި ނަރަކަވާކަމަށް އަހުރެމެން އީމާންވާންޖެހެއެވެ. ފަހެ، ސުވަރުގެއަކީ اللهސުބުޙާނަހޫވަތަޢާލާ ތަޤުވާވެރި މުއުމިނުންނަށް
ތައްޔާރުކޮށްދެއްވާފައިވާ ނިޢުމަތުގެ ގޮވައްޗެވެ. އެތާނގައިވާ ނިޢުމަތްތަކަކީ
އެއްވެސް ލޮލެއް ދެކިފައިނުވާ އަދި އެއްވެސް ކަންފަތެއް އަޑުއަހާފައިނުވާ އަދި
އެއްވެސް އިންސާނެއްގެ ހިތަށް ތަޞައްވަރު ކުރެވިފައިނުވާ ނިޢުމަތްތަކެކެވެ.
ސަޖިދަ
ސޫރަތުގެ 17ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاء بِمَا كَانُوا يَعْمَلُونَ
މާނައީ "ފަހެ އެއްވެސް
ނަފްސަކަށް އެބައިމީހުންނަށް (ސުވަރުގޭގެ އަހުލުވެރިންނަށް) ޓަކައި ފޮރުވިފައިވާ
ލޯތަކަށް ފިނިކަންދޭ ނިޢުމަތްތަކެއް ނޭގޭނެއެވެ. އެއީ އެބައިމީހުން ކުރި ހެޔޮ
ޢަމަލުތަކުގެ ޖަޒާއެވެ."
އަދި
ނަރަކައަކީ الله ސުބުޙާނަހޫވަތަޢާލާ
އަނިޔާވެރި ކާފިރުންނަށް ތައްޔާރު ކުރައްވާފައިވާ ޢަޛާބުގެ ގޮވައްޗެވެ. އެތާނގެ ޢަޛާބާއި ސަޒާއަކީ
ހިތަށް ތަޞައްވަރު ނުކުރެވޭ ފަދަ ޢަޛާބާއި ސަޒާއެވެ.
ކަހުފުސޫރަތުގެ
29 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا وَإِن يَسْتَغِيثُوا يُغَاثُوا بِمَاء كَالْمُهْلِ يَشْوِي الْوُجُوهَ بِئْسَ الشَّرَابُ وَسَاءتْ مُرْتَفَقًا
މާނައީ: "ހަމަކަށަވަރުން
ތިމަން ﷲ އަނިޔާވެރިންނަށް އަލިފާން (ނަރަކަ) ތައްޔާރުކުރެއްވީމެވެ. އެއަލިފާނުގެ
ޓެންޓުތައް އެބައިމީހުން ވަށައިލައެވެ. އަދި އެބައިމީހުން ފެނަށް ފަރިޔާދު
ކޮށްފިނަމަ ވިރިފައިވާ ހޫނު މަޢުދަން ފަދަ ފެން އެބައިމީހުންނަށް ދެވޭނެއެވެ.
އެފެން (ބުއިމަށްޓަކައި އެބައިމީހުން އަނގަތަކާއި ކައިރިކޮށްލާ ހިނދު) މޫނުތައް
ފިއްސައިލާނެއެވެ. ކިހާނުބައި ބުއިމެއް ހެއްޔެވެ! އަދި އަރާމު ކުރުމުގެ ގޮތުން
ކިހާނުބައި ތަނެއްހެއްޔެވެ!"
އަދި
އެ ދެތަން (ސުވަރުގެރާއި ނަރަކަ) މިހާރުވެސް ވުޖޫދުގައި އެބަހުއްޓެވެ.ދުވަހަކުވެސް އެދެތަން
ފަނާއެއް ނުވާނެއެވެ.
ޠަލާޤު
ސޫރަތުގެ 11 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَمَن يُؤْمِن بِاللَّهِ وَيَعْمَلْ صَالِحًا يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا قَدْ أَحْسَنَ اللَّهُ لَهُ رِزْقًا
މާނައީ: "އަދި ﷲ އަށް އީމާންވެ،
ހެޔޮ ޢަމަލު ކުޅަމީހާ ދަންނައެވެ. الله ސުބުޙާނަހޫވަތަޢާލާ އޭނާ،
އެތަނެއްގެ ދަށުން އާރުތައް ދެމިގެންވާ ސުވަރުގެތަކަށް ވައްދަވާނެއެވެ. އެތާނގައި
އޭނާ އަބަދުގެ އަބަދަށް ދެމިހުންނާނެއެވެ. ހަމަކަށަވަރުން الله ސުބުޙާނަހޫވަތަޢާލާ
އޭނާއަށް ރިޒުޤު ހެޔޮކޮށްދެއްވައިފިއެވެ.
އަޙްޒާބް
ސޫރަތުގެ 64،65 އަދި 66 ވަނަ އާޔަތުގައި
މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِنَّ اللَّهَ لَعَنَ الْكَافِرِينَ وَأَعَدَّ لَهُمْ سَعِيرًا - خَالِدِينَ فِيهَا أَبَدًا لَّا يَجِدُونَ وَلِيًّا وَلَا نَصِيرًا - يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا
މާނައީ: "ހަމަކަށަވަރުން
ކާފިރުންނަށް ﷲ ލަޢުނަތްލެއްވިއެވެ. އަދި ކެކި އަރައަރާހުރި އަލިފާން
އެބައިމީހުންނަށް ތައްޔާރުކުރެއްވިއެވެ. އެއަލިފާނުގައި އެބައިމީހުން އަބަދުގެ
އަބަދަށް ދެމިތިބޭނެތެވެ. (އެބައިމީހުން އެޢަޛާބުން ސަލާމަތްކުރާނެ) އެއްވެސް
ރަޙުމަތްތެރިއަކު އަދި (އެކަމުން ސަލާމަތްވުމުގައި އެބައިމީޙުންނާއި އެހީވާނެ)
އެއްވެސް މަދަދުވެރިޔަކުވެސް އެބައި މީހުންނަކަށް ނުފެންނާނެއެވެ. އެބައިމީހުންގެ
މޫނުތައް ނަރަކައިގައި އެފުށް މިފުށަށް ފުރޮޅޭ ދުވަހު އެބައިމީހުން ބުނާނެތެވެ.
އަޅެ ﷲ އަށާއި ރަސޫލާއަށް ކިޔަމަންތެރި ވެވުނު ނަމައެވެ."
ސުވަރުގެ
ވަންނާނެކަމަށް ޤުރްއާނާއި ސުންނަތް އެމީހެއްގެ ނަމުން ނުވަތަ ސިފައިން ހެކި ދިން
ކޮންމެ މީހަކަށް، އޭނާ ސުވަރުގެ ވަންނާނެކަމަށް އަހުރެމެންވެސް ހެކިދޭންޖެހެއެވެ. އެގޮތުން ހެކިދެވިގެންވާ
ބޭކަލުންގެ ތެރޭގައި أبوبكر ގެފާނަށާއި، عمر ގެ ފާނަށާއި عثمان ގެފާނަށާއި، علي ގެފާނަށާއި އަދިވެސް رسول الله صَلَّ اللهُ عَلَيْهِوَسَلَّم ޢައްޔަން ކުރެއްވި އެފަދަ
ބައެއް ބޭބޭކަލުންހިމެނެއެވެ. ނަރަކަޔަށް ވަންނާނެކަމަށް ޤުރްއާނާއި ސުންނަތް
އެމީހެއްގެ ނަމުން ނުވަތަ ސިފައިން ހެކި ދިން ކޮންމެ މީހަކަށް އޭނާ ނަރަކައަށް
ވަންނާނެކަމަށް އަހުރެމެންވެސް ހެކިދެމުއެވެ.
އެގޮތުން
ހެކިދެވިގެންވާ މީހުންގެ ތެރޭގައި أبولهب އަށާއި، عمرو بن لحي الخزاعي އާއި އަދިވެސް އެފަދަ
ބައެއް މީހުންހިމެނެއެވެ.
އަދި
ކަށްވަޅުގެ އިމްތިޙާނުވާކަމަށް އަހުރެމެން އީމާންވާންޖެހެއެވެ. އެއީ ކަށްވަޅުގައި
މައްޔިތާއާއި ސުވާލުކުރެވުމެވެ. އޭނާގެ ރައްބާއި، އޭނާގެދީނާއި، އޭނާގެ
ނަބިއްޔާއާއި ބެހޭގޮތުންނެވެ.
އިބްރާހީމް
ސޫރަތުގެ 15ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. يُثَبِّتُ اللّهُ الَّذِينَ آمَنُواْ بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الآخِرَةِ وَيُضِلُّ اللّهُ الظَّالِمِينَ وَيَفْعَلُ اللّهُ مَا يَشَاء
މާނައީ: "الله تعالى، އީމާންވީ މީސްތަކުން
ސާބިތުވެގެންވާ ބަސްފުޅުން (ތައުޙިދުގެ ބަސްފުޅުން) ދުނިޔޭގެ ޙަޔާތުގައްޔާއި
އާޚިރަތުގައި (އެބަހީ ކަށްވަޅުގައި) ސާބިތުކޮށްދެއްވާނެއެވެ." ފަހެ،
މުއުމިނުއަޅާ ބުނާނެއެވެ. އަހުރެންގެ ރައްބަކީ ﷲ އެވެ. އަދި އަހުރެންގެ ދީނަކީ
އިސްލާމްދީނެވެ. އަދި އެއުރެންގެ ނަބިއްޔާއަކީ މުޙައްމަދުގެފާނެވެ. ދެން
ކާފިރުމީހާ އާއި މުނާފިޤު ކަލޭގެ ދަންނައެވެ. އެދެމީހުންކުރެ ކޮންމެ މީހަކުވެސް
ބުނާނެއެވެ. އަހަރެންނަކަށް ނޭނގެއެވެ. މީސްތަކުން ބުނާތީ އަހަރެންނަށް އިވުނު
އެއްޗެއް އަހަރެންވެސް ބުނީއެވެ.
ދަށުން މުޅި ކާއިނާތައް
ކުރައްވާފައިވާ ނިޔާއެވެ. މިންވަރުފުޅަށް ހަތަރު މަޤާމެއްވެއެވެ.
1- العلم ދެނެވޮޑިގެންވުން. ހަމަކަށަވަރުން الله ސުބުޙާނަހޫވަތަޢާލާ އީ
ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ފެށުމެއްނުވާ އަބަދީ
ޢިލްމުފުޅުންވީ ހުރިހާކަމަކާއި، ވާނޭ ހުރިހާ ކަމަކާއި ވާނީ ކިހިނެއްކަން އެކަލާނގެ
ދެނެވޮޑިގެންވެއެވެ. ފަހެ، އެކަލާނގެއަށް ކަމެއް އެނގިވޮޑިނުގެން އަލަށް އެކަމެއް
އެނގިވޮޑި ނުގަންނަވައެވެ. އަދި އެކަލާނގެ ދެނެވޮޑިގަތުމަށްފަހުގައި
ހަނދާންނެތުމެއް އެކަލާނގެއަށް ނިސްބަތްވެގެންނުވެއެވެ.
2- الكتابة ލިޔުއްވުން. ހަމަކަށަވަރުން الله ސުބުޙާނަހޫވަތަޢާލާ ، اللوحالمحفوظ ގައި ޤިޔާމަތް ދުވަހާއި
ހަމައަށް ވާނޭ ހުރިހާ ކަމެއް ލިޔުއްވިއެވެ.
ޙައްޖު ސޫރަތުގެ 70 ވަނަ އާޔަތުގައި މާތްﷲ
ވަޙީކުރައްވާފައިވެއެވެ. أَلَمْ تَعْلَمْ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاء وَالْأَرْضِ إِنَّ ذَلِكَ فِي كِتَابٍ إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ
މާނައީ: "ހަމަކަށަވަރުން
އުޑާއި ބިމުގައި ވާހައި އެއްޗެއް الله ދެނެވޮޑިގެންވާކަން ކަލޭގެފާނަށް
އެނގިވަޑައިނުގަންނަވާ ހެއްޔެވެ؟ ހަމަކަށަވަރުން އެހުރިހާ އެއްޗެއްވަނީ ފޮތެއްގައި
(اللوح المحفوظ ގައި) ލިޔެވިފައެވެ.
ހަމަކަށަވަރުން އެއީ الله އަށް ފަސޭހަ
ކަމެކެވެ."
3- المشيئة އިރާދަކުރެއްވުން. ހަމަކަށަވަރުން الله ސުބުޙާނަހޫވަތަޢާލާ
އުޑުތަކާއި ބިމުގައިވާހާ އެއްޗެއްގެ އިރާދަކުރެއްވިއެވެ. އެކަލާނގެ
އިރާދަފުޅާއިއެކު މެނުވީ އެއްވެސް ކަމެއްނުވާނެއެވެ. އެކަލާނގެ އިރާދަކުރައްވާ
ކޮންމެ ކަމެއްވާނެއެވެ. އަދި އިރާދަ ނުކުރައްވާ އެއްވެސް ކަމެއް ނުވާނެއެވެ.
4- الخلق ހެއްދެވުން. ހަމަކަށަވަރުން الله ސުބުޙާނަހޫވަތަޢާލާ އީ، (ޒުމަރު ސޫރަތުގެ 62
އަދި 63 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.) اللَّهُ خَالِقُ كُلِّ شَيْءٍ وَهُوَ عَلَى كُلِّ شَيْءٍ وَكِيلٌ - لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ وَالَّذِينَ كَفَرُوا بِآيَاتِ اللَّهِ أُوْلَئِكَ هُمُ الْخَاسِرُونَ
މާނައީ: " ހުރިހާ އެއްޗެއް ހެއްދެވި
ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ ހުރިހާ އެއްޗެއްގެ މައްޗަށް ރައްކައުތެރިވެ
ވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކާއި ބިމުގެ ތަޅުދަނޑިތައް މިލްކުވެގެންވަނީ
އެކަލާނގެއަށެވެ."
ހަމަކަށަވަރުން الله ސުބުޙާނަހޫވަތަޢާލާ އަޅާއަށް
އިޚްތިޔާރާއި، ކުޅަދާނަކަން ދެއްވިއެވެ. ޢަމަލު ވުޖޫދަށް އަންނަނީ އެދެކަންތަކުގެ
ޒަރީޢާއިންނެވެ. އަޅާ ހުރިހާ ކަމެއް ކުރަމުން ގެންދަނީ އޭނާގެ އިޚްތިޔާރާއި
ކުޅަދާނަކަމުންނެވެ. އަންނަނިވި ދަލީލުތަކުން އެކަން ރަނގަޅަށް ސާބިތުވެއެވެ.
1-الله ސުބުޙާނަހޫވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
ބަޤަރާ
ސޫރަތުގެ 223 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّى شِئْتُمْ
މާނައީ: "ފަހެ
ތިޔަބައިމީހުންގެ ދަނޑުތަކަށްތިޔަބައިމީހުން އެދޭގޮތަކަށް އަންނާށެވެ."
އަދިވެސް އެކަލާނގެ ވަހީކުރައްވާފައިވެއެވެ."
ތައުބާ
ސޫރަތުގެ 46 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَلَوْ أَرَادُواْ الْخُرُوجَ لأَعَدُّواْ لَهُ عُدَّةً وَلَكِن كَرِهَ اللّهُ انبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ اقْعُدُواْ مَعَ الْقَاعِدِينَ
މާނައީ: "އަދި އެބައިމީހުން
ޖިހާދަށް ނުކުތުމަށް އެދުނުނަމަ އެކަމަށް ރަނގަޅަށް ތައްޔާރުވީހެވެ."ފަހެ އެކަލާނގެ، އަޅާއަށް
ސާބިތުކޮށް އެދެއްވީ އޭނާގެ އެދުމުގެ މަތިން އައުމާއި، އޭނާގެ އެދުމުގެ މަތިން
ތައްޔާރުވުމެވެ.
2- އަޅާއަށް އަމުރާއި، ނަހީގެ
ޙުކުމް ދެއްވުން (އެބަހީ: އަޅާއަށް ކަމެއް ކުރުމަށް އަމުރު
ކުރެއްވުމާއި، ކަމެއް ކުރުމުން މަނާކުރުން) އަދި އޭނާއަށް އިޚުތިޔާރަކާއި
ކުޅަދާނަކަމެއް ނުވާނަމަ އެކަން ކަމަށް އޭނާއަށް ޙުކުމް ދެއްވުން ވާނީ އޭނާއަށް
ކުޅަދާނަ ނުވާވަރު ކަމެއްގެ ތަކުލީފު އޭނާއަށް ޖެއްސެވުމަކަށެވެ. އަދި އެއީ الله ސުބުޙާނަހޫވަތަޢާލާ ގެ
ޙުކުމަތްފުޅާއި ރަޙުމަތްފުޅާއި އަދި އެކަލާނގެ ތެދުވެރި ޚަބަރުފުޅު އިންކާރު
ކުރާކަމެވެ.
ބަޤަރާ
ސޫރަތުގެ 286ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. لاَ يُكَلِّفُ اللّهُ نَفْسًا إِلاَّ وُسْعَهَا
މާނައީ: " الله تعالى އެއްވެސް ނަފްސަކަށް އެނަފްސަކަށް
ކުޅަދާނަވެގެންވާވަރުގެ ކަމެއް މެނުވީ ނުޖައްސަވައެވެ."
3-ހެޔޮ
ކަންތައްތައް ކުރާ މީހާއަށް އޭނާކުރި ހެޔޮ ކަންތައްތަކުގެ މައްޗަށް
ތަޢުރީފު ކުރެއްވުމާއި، ނުބައި ކަންތައްތައް ކުރާ މީހާއަށް އޭނާ އެކުރި
ނުބައިކަމުގެ މައްޗަށް ޢައިބު ކިޔުއްވުމާއި އަދި އެދެމީހުންކުރެ ކޮންމެ
މީހަކަށް އެމީހަކަށް ޙައްޤުވެގެންވާ ޖަޒާއަކުން ޖަޒާދެއްވުން.
4- ހަމަކަށަވަރުން الله ސުބުޙާނަހޫވަތަޢާލާ ރަސޫލުން ފޮނުއްވިއެވެ.
ނިސާ
ސޫރަތުގެ 165ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. رُّسُلاً مُّبَشِّرِينَ وَمُنذِرِينَ لِئَلاَّ يَكُونَ لِلنَّاسِ عَلَى اللّهِ حُجَّةٌ بَعْدَ الرُّسُلِ وَكَانَ اللّهُ عَزِيزًا حَكِيمًا
މާނައީ: "އެއީ އެބޭކަލުން
(މީސްތަކުންނަށް ސުވަރުގޭގެ) އުފާވެރިކަމުގެ ޚަބަރު ދެއްވުމަށާއި (މީސްތަކުންނަށް
ނަރަކައިން) އިންޒާރު ދެއްވުމަށެވެ. އެއީ އެރަސޫލުންނަށް ފަހުގައި މީސްތަކުންނަށް
ﷲގެ މައްޗަށް އެއްވެސް ޙުއްޖަތެއް ނުވުމަށެވެ." އަދި އަޅާގެ އިރާދަޔާއި
އޭނާގެ އިޚްތިޔާރުން ޢަމަލު ނުވާނަމަ ރަސޫލުން ފޮނުއްވުމަކުން އޭނާގެ ޙުއްޖަތެއް
ބާޠިލެއް ނުވީހެވެ.
5- ހަމަކަށަވަރުން ކޮންމެ
މީހަކުވެސް އޭނާ ކަމެއް ކުރާއިރު އެކަމެއް އޭނާއަށް ކުރެވޭކަން އިޙުސާސް ކުރެއެވެ. ނުވަތަ ކަމެއް ކުރުން
ދޫކޮށްލާއިރު އެކަން ދޫކޮށްލެވޭކަންވެސް އިޙުސާސްކުރެވެއެވެ. އެއީ
މަޖުބޫރުވުމެއްގެ އެއްވެސް އިޙުސާސެއް ކުރުމަކާއި ނުލައެވެ. ފަހެ އޭނާ ތެދުވުމާއި،
އިށީނުމާއި، ވަނުމާއި، ނިކުތުމާއި، ދަތުރުކުރުމާއި މުޤީމެއްގެ ގޮތުގައި ހުރުމާއި
މިހުރިހާ ކަމަކީ ހަމައެކަނި އޭނާގެ އިރާދާއިން ވާކަންތައްތެކެވެ. އަދި ކިއެއްތަ!
އޭނާގެ އިޚްތިޔާރުން އޭނާކަމެއް ކުރުމާއި، މަޖުބޫރުކުރާ މީހަކު އޭނާއަށް
މަޖުބޫރުކޮށްގެން އެކަން ކުރުމާއި ދެމެދު އޭނާ ފާޅުވެގެންވާ ފަރަޤަކުން
ފަރަޤުކުރެއެވެ. ހަމައެފަދައިން ޝަރުޢުވެސް އެދެމެދު ޙުކުމީ ފަރަޤަކުން
ފަރަޤުކުރެއެވެ.الله ސުބުޙާނަހޫވަތަޢާލާ ގެ
ޙައްޤުތަކާއި ގުޅުންހުރި އެއްވެސް ކަމެއްގައި މީހަކު މަޖުބޫރުވެގެން ނުބައިކަމެއް
ކޮށްފިނަމަ އެކަމަކުން އޭނާއަށް ސަޒާއެއް ނުލިބޭނެއެވެ.
މާތްﷲ އަށް އީމާންވުން
الحمد لله والصلاة والسلامعلى رسول الله . أما بعد:
ހަމަކަށަވަރުން علمالعقيدة އަކީ އެންމެ ޝަރަފުވެރި
ޢިލްމެވެ. އަދި ޢިލްމުތަކުގެ ތެރެއިން އެންމެ ޤަދަރު އުފުލިގެންވާ ޢިލްމެވެ. އަދި
އެންމެހާ ޢިލްމުތަކުގެ ތެރެއިން އެންމެ މުހިންމު ޢިލްމެވެ.
އަދި
މިޢިލްމުގައި ހިމެނިފައިވާ ބާބުތަކުގެ ތެރެއިންވެސް އެންމެ ޝަރަފުވެރި އެންމެ
މަތިވެރި އަދި އެންމެ މުހިންމު ބާބަކީ اللهسبحانه وتعالى އަށް އީމާންވުމުގެ
ވާހަކަތައް އެކުލެވިގެންވާ ބާބެވެ.
އެހެނީ الله سبحانه وتعالى އަށް އީމާންވުމަކީ
އުޞޫލުތަކުގެ އަޞްލެވެ. އަދި އެއީ އީމާންކަމުގެ ހަ ރުކުނުގެ ތެރެއިން އެންމެ
ފުރަތަމަ ރުކުނެވެ. اللهسبحانه وتعالى ވަޙީކުރައްވާފައިވެއެވެ. لَّيْسَ الْبِرَّ أَن تُوَلُّواْ وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَكِنَّ الْبِرَّ مَنْ آمَنَ بِاللّهِ وَالْيَوْمِ الآخِرِ وَالْمَلآئِكَةِ وَالْكِتَابِ وَالنَّبِيِّينَ ( البقرة177)
މާނައީ: " ހެޔޮކަމަކީ (ހަމައެކަނި)
އިރުމަތި ފަރާތަށް ނުވަތަ ހުޅަނގު ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި
ކުރުމެއް ނޫނެވެ. އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއީ، الله سبحانهوتعالى އަށާއި އާޚިރަތް ދުވަހަށާއި
މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާވި މީހާއެވެ."
އަދި
އީމާންކަމަކީ ކޮބައިތޯ جبريل عليه سلام ސުވާލު ކުރެއްވުމުން މާތް
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " الإِيمْاَنُ أَنْ تُؤْمِنُباِللهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسِلِهِ وَالْيَوْمِ الْآخِرِ وَتُؤْمِنُباِلْقَدْرِ خَيْرِهِ وَشَرِّهِ " "އެއީ الله سبحانه وتعالى އަށް އީމާންވުމާއި،
އެކަލާނގެ މަލާއިކަތުންނަށް އީމާންވުމާއި އެކަލާނގެ ބާވައިލެއްވެވި ފޮތްތަކަށް
އީމާންވުމާއި، އެކަލާނގެ ފޮނުއްވެވި ރަސޫލުންނަށް އީމާންވުމާއި، އާޚިރަތްދުވަހަށް
އީމާންވުމާއި، ހެޔޮ މިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ."
الله سبحانه وتعالى އަށް އީމާންވުމަކީ ހުރިހާ
ކާމިޔާބީއެއްގެ އަޞްލު އަސާސެވެ. އެހެނީ ފޮތްތައް ބާވައިލެއްވި، ރަސޫލުން
ފޮނުއްވުނީ އެކަމަށްޓަކައެވެ. އެބޭކަލުން ފޮނުއްވުނީ الله سبحانه وتعالى އަށް އީމާންވެ އެއީމާންކަން
ނަފްސުތަކުގައި ހަރުލެއްވުމުގެ ވަޒީފާއާއިގެންނެވެ.
މިލިޔުމުގައި
އަލިއަޅުވާލައިފައިވާނީ الله سبحانه وتعالى އަށް އީމާންވުމުގައި
އެކުލެވޭ ބައެއް މުހިންމު ކަންތައްތަކުގެ މައްޗަށެވެ. އޭތެރެއިން الله سبحانهوتعالى އަށް އިމާންވުމުގެ މާނައާއި، އެކަމުގައި އެކުލެވޭ
ބައިތަކާއި، އެއްކައުވަންތަކަމުގެ މައްޗަށް ހުރި ދަލީލުތަކާއި، އެކަލާނގެ އަށް
އީމާންވުމުގެ ފައިދާތަކެވެ. ޙަޤީޤަތުގައި ޝިރުކުގެ ބައިތަކާއި،الله سبحانه وتعالى އަށް އިމާންވުމުގެ އިދިކޮޅު
ސިފަތަކާއި، ތައުޙީދު ނަފީކުރާ ކަންތައްތައް ވެސް ގުޅިފައިވަނީ މި މައުޟޫޢު
އާއެވެ. ނަމަވެސް ވަގުތުގެ ދަތިކަމުން އެވާހަކަތަކުގެ ތަފްޞީލަށް ދިޔުމަށް
މިދަނޑިވަޅުގައި ޢުޛުރުވެރިވަމެވެ.
No comments:
Post a Comment