ﷲ އިރާދަ ކުރެއްވިއްޔާއޭ ވިދާޅުވެފައިމެނުވީ
ކުރައްވާނަމޭ ވިދާޅުނުވާށެވެ!
ﷲ އިރާދަ ކުރައްވާގޮތްއެއީ އެއްވެސް މީހަކަށް އެގިގެންވާކަމެއް ނޫނެވެ. އެހެންކަމުން ﷲ އިރާދަ ކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީ މިވެނިކަމެއް ކުރައްވާނަމޭ ވިދާޅުނުވުން ހުއްޓެވެ. މިޢަމަލު މިގޮތަށް ބެހެއްޓުމަށް ކީރިތިވަންތަﷲ އަމުރު ކުރައްވާފައިވެއެވެ. އެކަލާނގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "(23) އަދިކަލޭގެފާނު އެއްވެސް ކަމަކާ ދޭތެރޭގައި ހަމަކަށަވަރުން ތިމަން ކަލޭގެފާނު މާދަމާ (މުސްތަޤްބަލުގައި) އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާ ހުށިކަމެވެ! (24) ﷲ އިރާދަ ކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅު ނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރި ރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގު ދައްކަވާނދޭވެ!" (ސޫރަތުލް ކަހުފި). އ
މިއާޔަތްތަކުގައި ކީރިތިވަންތަﷲ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ މުޚާޠަބު ކުރައްވާފައިވާ މުޚާޠަބު ކުރެއްވުމަކީ މުޅި އުއްމަތަށް ޢާއްމުކުރައްވާފައިވާ މުޚާޠަބު ކުރެއްވުމެއްވެސް މެއެވެ. ކީރިތިވަންތަﷲ މިއާޔަތްތައް ބާވައިލެއްވި ސަބަބާމެދު ރިވާވެގެންވެއެވެ. ފަހެ، ކަހުފުބާގައި މީހުންނާމެދު ޔަހޫދީންގެ ބަޔަކު، އިތުރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ސުވާލުކުރިއެވެ. އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. ތިޔަސުވާލުގެ ޖަވާބު މާދަމާ ދެއްވާހުށީމެވެ. މިބަސްފުޅުގެ މާނައަކީ، ކީރިތިވަންތަﷲ ތިމަންކަލޭގެފާނަށް ތިޔަސުވާލުގެ ޖަވާބު އެންގެވީމާ ތިމަންކަލޭގެފާނު ތިޔަބައި މީހުންނަށް މާދަމާ ޖަވާބުދެއްވާ ހުށީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘް ކުރެއްވިއިރު، ﷲ އިރާދަކުރެއްވިއްޔާއޭ ވިދާޅެއްނުވެއެވެ. ދެންވީގޮތަކީ ކީރިތިވަންތަﷲ އިތުރު އެކަލޭގެފާނުގެ މައްޗަށް ވަހީބާވައިލެއްވުން މެދު ކެނޑުނީއެވެ. ސަލާމްލެއްވި ޖިބުރީލުގެފާނު ﷲގެ ޙަޟްރަތުން ވަޙީއާއިގެން ވަޑައިގަތުން މެދުކެނޑުނީއެވެ. ވަޙީ މެދުކެނޑިގެން ދިޔަ ދުވަސްވަރު ވެގެންދިޔައީ މާތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނުހަނު އުނދަގޫ ލިބިވަޑައިގެންނެވި ދުވަސްވަރަކަށެވެ. ޔަހޫދީންނާއި، މުޝްރިކުންގެ އުނދަގޫ އިތުރު އެކަލޭގެފާނަށް އެދުވަސްވަރު ނުހަނުބޮޑަށް ލިބިވަޑައިގަތެވެ. އެބައިމީހުންގެ ފުރައްސާރަ ކުރުމާއި މަލާމާތްކުރުން ނުހަނު ބޮޑުވެގެންދިޔަ ދުވަސްވަރެކެވެ. ކޮންމެއަކަސް ވަޙީބާވައިލެއްވުން މެދުކެނޑިގެން ދިޔުމަށްފަހު، އަލުން ވަޙީބާވައިލައްވަން އެކަލާނގެ ފެއްޓެވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މިލިޔާ އާޔަތުގައި ވާފަދައިން އިރުޝާދު ދެއްވައި އަމުރު ކުރެއްވުމުންނެވެ. މިއަމުރު ފުޅަކީ މުޅިއުއްމަތަށް ޢާއްމު ކުރައްވާފައިވާ އަމުރު ފުޅެކެވެ. "(23) އަދި ކަލޭގެފާނު އެއްވެސް ކަމަކާ ދޭތެރޭގައި ހަމަކަށަވަރުން ތިމަންކަލޭގެފާނު މާދަމާ (މުސްތަޤްބަލުގައި) އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާ ހުށިކަމެވެ. (24) ﷲ އިރާދަ ކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅު ނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެވެރި ރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވާނދޭވެ!" (ސޫރަތުލް ކަހުފި)، ކަންމިހެން ހުރިއިރު، މިވެނިކަމެއް ކުރައްވާނަމޭ ވިދާޅުވާއިރު، ﷲ އިރާދަ ކުރެއްވިއްޔާ މިވެނިކަމެއް ކުރައްވާނަމޭ ވިދާޅުވުން އާދައަކަށް ހެއްދެވުން ހުއްޓެވެ. ކީރިތިވަންތަﷲ، އަޅުގަނޑުމެންކުރާ ހެޔޮޢަމަލުގައި ބަރަކާތްލައްވާށިއެވެ! އާމީން!

No comments:
Post a Comment