Wednesday, June 15, 2016

ﷲ ސުބްޙާނަހު ވަތަޢާލާއަށް ހައްޤް ގޮތުގައި ވަކީލު ކުރުން

 -



ޙާތިމުލްއަޞައްމު ވިދާޅުވިއެވެ. އަހަރެންނަށްޓަކައި މާތްރަސްކަލާނގެ 

ކަނޑައަޅުއްވާފައިވާ ރިޒްޤު އެހެން މީހަކަށް ނުކެވޭނެކަން ދަންނަމުއެވެ. 

އެހެންވެ އަހަރެންގެ ހިތަށް ހަމަޖެހުން ލިބިފައި ވެއެވެ.

 

އަދި އަހަރެން ކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ނުކުރާނޭކަން 

އެނގޭތީވެ އަހަރެން ވަނީ އެ މަސައްކަތްތަކައިގެން މަޝްޣޫލުވެގެންނެވެ.

 

އަދި މަރު އަންނާނީ ކުއްލިއަކަށްކަން އެނގޭތީ އެ މަރާއި މެދު ތައްޔާރުވުމަށް 

އަވަސްވެގެންވަމެވެ.

 

އަހަރެން ކޮންމެ ތަނެއްގައި ވީ ނަމަވެސް މާތްރަސްކަލާނގެ 

ދެކެދެނެވޮޑީގެންވާތީ އަހަރެން އެކަލާނގެއަށް ލަދުވެތިވެގެންވަމެވެ.



ނިމުނީ



No comments:

Post a Comment