ދުޢާގެ މުހިއްމުކަން
އިންސާނުންނަށް މިދުނިޔޭގައި ލިބޭ ކޮންމެ
އުފަލަކާއި އަރާމަކީ މާތްﷲގެ ޙަޟްރަތުން ލިބޭ ކަންތައްތަކެކެވެ. އިންސާނުން
އަބަދުވެސް އެކަލާނގެއަށް މުހުތާދުވެ، ބޭނުންތެރިވެއެވެ. ދުނިޔޭގައި ދިމާވާ ދަތިތަކާއި މުޞީބާތްތަކުން ސަލާމަތްކޮށްދެއްވުށާއި،
ކުށްފާފަތަކުން މިންޖުކޮށްދެއްވުން އެދި ދުޢާ ދަންނަވާ ވާގިއަށް އެދެންޖެހެއެވެ.
މާތްﷲ ހަނދުމަކޮށް އެކަލާނގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަކީ މަތިވެރި
އަޅުކަމެކެވެ. އިންސާނާ ޣާފިލުކަމުން ދުރުކޮށް ޙާލިޤުވަންތަ ﷲ ސުބުޙާނަހޫ
ވަތަޢާލާއާ ގުޅުވައިދޭ އެންމެ މުހިއްމު އެއްވަޞީލަތަކީ ދުޢާކޮށް، އެކަލާނގެމަތީން
ހަނދުމަކުރުމެވެ. އެއީ އަޅާއާ އޭނާގެ ވެރިރަސްކަލާނގެއާއި ދެމެދު ގުޅުން ދަމަހައްޓައި ދޭ
ވާފަށެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُدَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْيَرْشُدُونَ " (سورة البقرة: 186)
މާނައީ: " ތިމަންރަސްކަލާނގެ އަޅުން
ތިމަންރަސްކަލާނގެއާއި ދެމެދު ކަލޭގެފާނަށް ސުވާލު ދަންނަވައިފިނަމަ،
ތިމަންރަސްކަލާނގެއަށް ދަންނަވާ ދުޢާއަށް ތިމަންރަސްކަލާނގެ އިޖާބަދެއްވަމުއެވެ.
ވީމާ، އެބައިމީހުން ތިމަންރަސްކަލާނގެ އަމުރުފުޅުތަކަށް އިޖާބަދޭހުށިކަމެވެ. އަދި
ތިމަންރަސްކަލާނގެއަށް އީމާންވާހުށިކަމެވެ. އެބައިމީހުންނަށް ހެޔޮމަގެއް
ފެނޭތޯއެވެ."
ދުޢާ ކުރުމުގެ މުހިއްމުކަން ބަޔާން ކުރައްވާ
އަދި ވެސް މާތްﷲ ވަޙީކުރައްވާފައިވެއެވެ. " وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَيَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ " (سورةالغافر: 60)
މާނައީ: "އަދި ތިޔަބައިމީހުންގެ
ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް
ދުޢާކުރާށެވެ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވާހުށީމެވެ.
ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ދުޢާކުރުމުން ބޮޑާވެގަންނަ މީހާ ނިކަމެތި
ޙާލުގައި ނަރަކައަށް ވަންނަ ހުއްޓެވެ."
އެހެންކަމުން މާތްﷲއަށް ދުޢާ ދެންނެވުމާއި
އެކި ކަންކަމާ ބެހޭ ގޮތުން ވާރިދު ވެފައިވާ ދުޢާތައް ކިޔުމަކީ ޚާލިޤުވަންތަ ﷲއާ
ދެމެދު ގައި އޮންނަށް ޖެހޭ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމެކެވެ. އަދި
މާތްﷲގެ ރުއްސެވުމާއި މަޣުފިރަތުގެ އިތުރުން، ކަންކަމުގައި ބަރަކާތް
ލައްވާނެކަމެވެ. ދުވާލުގެ މަސައްކަތަށް ފަހު ނިދަން އޮށޯންނަށް
ހިނދު، އޭނާގެ ހުރިހާ ކަމެއް ހަވާލު ކުރެވެނީ މާތްﷲއާ އެވެ. އެހެންކަމުން އަރާމު
ނިއްޖެ ލިބުމަށާއި ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތް ވުމަށްޓަކައި ދުޢާތައް
ކިޔުމަކީ ވަރަށް މުހިއްމު ކަމެކެވެ.
" بِاسْمِكَ رَبِّـي وَضَعْـتُ جَنْـبي، وَبِكَ أَرْفَعُـه،فَإِن أَمْسَـكْتَ نَفْسـي فارْحَـمْها، وَإِنْ أَرْسَلْتَـها فاحْفَظْـهابِمـا تَحْفَـظُ بِه عِبـادَكَ الصّـالِحِـيْنَ " މާނައީ: " އިބަރަސްކަލާނގެ އިސްމުފުޅުން
ފަށަމެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނކޮ! މިއަޅާގެ ނަފުސް މިއަޅާ
ބާއްވަމެވެ. އަދި އިބަރަސްކަލާނގެ އިސްފުޅުން މިއަޅާ ތެދުވަމެވެ. އިބަރަސްކަލާނގެ
މިއަޅާގެ ފުރާނަ ހިއްޕަވާނަމަ، އެއަށް އޯގާތެރިވެވޮޑިގެންފާނދޭވެ! އަދި އެފުރާނަ
ހަށިގަނޑަށް ރައްދު ކުރައްވައިފި ނަމަ، އިބަރަސްކަލާނގެ ޞާލިޙު އަޅުން ރައްކާތެރި
ކުރައްވާފަދައިން މިއަޅާ ވެސް ރައްކާތެރި ކުރައްވާނދޭވެ!"
" اَللَّهُـمَّ إِنَّـكَ خَلَـقْتَ نَفْسـي وَأَنْـتَ تَوَفَّـاهَـا لَكَممََـاتُـهَا وَمَحْـيَاهَا، إِنْ أَحْيَيْـتَهَا فاحْفَظْـهَا، وَإِنْ أَمَتَّـهَافَاغْفِـرْ لَـهَا. اَللّهُـمَّ إِنَّـي أَسْـأَلُـكَ الْعَـافِـيَةَ " މާނައީ: " ހައްދަވާ ބޮޑުކުރެއްވި
ރަސްކަލާކޮ! މިއަޅާގެ ނަފުސް ހެއްދެވި އިބަރަސްކަލާނގެއެވެ. އެނަފުސް
އިބަރަސްކަލާނގެ ހިއްޕަވާ ހުއްޓެވެ. އޭގެ މަރާއި އޭގެ ދިރުން ވަނީ އިބަރަސްކަލާނގެ
ޙަޟްރަތަށެވެ. އެނަފުސް އަލުން ދިރުއްވައިފިނަމަ، އެނަފުސް ރައްކާތެރި
ކުރައްވާނދޭވެ! އެނަފުސް ހިއްޕަވައިފި ނަމަ އެއަށް ޢަފޫ ކުރައްވާނދޭވެ! ހައްދަވާ
ބޮޑު ކުރެއްވި ރަސްކަލާނކޮ! މިއަޅާއަށް ޢާފިޔަތާއި ދުޅަހެޔޮކަން ދެއްވާނދޭވެ!
"
" بِِاسْمِكَ اللَّهُـمَّ أَمُـوْتُ وَأَحْـيَا " މާނައީ: "
ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ އިސްމުފުޅުން ފަށަމެވެ.
މިއަޅާ މަރުވެއެވެ. އަދި މިއަޅާ ދިރިހުރެއެވެ."
" اَللَّهُـمَّ أَسْـلَمْتُ نَفْـسي إِلَـيْكَ، وَفَوَّضْـتُأَمْـرِي إِلَـيْكَ، وَوَجَّـهْتُ وَجْـهِيْ إِلَـيْكَ، وَأَلْـجَـاْتُ ظَهْـرِيإِلَـيْكَ، رَغْبَـةً وَرَهْـبَةً إِلَـيْكَ، لا مَلْجَـأَ وَلا مَنْـجَـا مِنْـكَ إِلاّإِلَـيْكَ، آمَنْـتُ بِكِتَـابِكَ الَّـذِي أَنْزَلْـتَ وَبِنَبِـيِّـكَ الّـذي أَرْسَلْـتَ "
މާނައީ: " ހައްދަވައި ބޮޑުކުރެއްވި
ރަސްކަލާކޮ! މިއަޅާގެ ނަފްސު އިބަރަސްކަލާނގެއަށް ހުށަހަޅައި، މިއަޅާގެ
ކަންތައްތައް އިބަރަސްކަލާނގެއާ މަތިކޮށް، މިއަޅާގެ މޫނު އިބަރަސްކަލާނގެއާ
ކުރިމަތި ކޮށްފީމެވެ. އަދި އިބަރަސްކަލާނގެއާ ވަކީލުކޮށް މިއަޅާގެ ނަފްސު
ބާއްވައިފީމެވެ. އިބަރަސްކަލާނގެ ރަސްކަންފުޅާމެދު އުންމީދުކުރުމާއި، ބިރުވެތިވާ
ޙާލަތުގައެވެ. އިބަރަސްކަލާނގެ ޙަޟްރަތުން މެނުވީ ރައްކާތެރިކަމާއި،
ސަލާމަތްވުމެއް ނުވެއެވެ. އިބަރަސްކަލާނގެ ބާއްވައި ލެއްވި ފޮތް (ކީރިތި ޤުރްއާން)
އަށާއި، އިބަރަސްކަލާނގެ ފޮނުއްވި ރަސޫލާ (މުޙައްމަދުން ޞައްލަﷲ ޢަލައިހި
ވަސައްލަމަ)އަށް މިއަޅާ އީމާން ވަމެވެ."
އިންސާނާ ބައެއް ފަހަރު ނިދަން އުޅެ
ނުނިދެއެވެ. އަދި އެކަމާ ކަން ބޮޑުވެ ހާސްވެއެވެ. އެފަދަ ވަޤުތުތަކުގައި ވެސް
މާތްﷲ ހަނދުމަކޮށް، ދުޢާ ކުރުމަކީ އަރާމު ނިއްޖަކުން ނިދުމަށް މަގުފަހިވެގެން ދާނެ
ކަމެކެވެ. އެފަދަ ވަޤުތުތަކުގައި މިދުޢާ ކިޔާ ހުއްޓެވެ.
" أَعُوْذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ، وَمِنْ شَرِّعِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِيْنِ وَأَنْ يَحْضُرُوْنِ "
މާނައީ: " ﷲގެ ކޯފާއާއި އެކަލާނގެ
ޢަޒާބާއި، އެކަލާނގެ އަޅުތަކުންގެ ނުބައިކަމުންނާއި ޝައިޠާނުންގެ
އުނދަގޫތަކުންނާއި ނުބައިކަމުން ރައްކާތެރިކޮށް ދެއްވުން އެދި ﷲގެ ފުރިހަމަ
ކަލިމަފުޅުތަކުން ރައްކާތެރިކަމަށް އެދެމެވެ. "
އަދި ނިދީގައި ދަންވަރު ގަޑީގައި ހޭލެވިއްޖެ
ނަމަ ދުޢާ ކުރުމުން ނިދަށް ފަސޭހަ ވެގެން ދާނެއެވެ.
" لاَ إِلَهَ إِلاَّ اللَّهُ الْوَاحِدُ الْقَهَّارُ رَبُّ السَّمَاوَاتِ وَالأَرْضِ وَمَا بَيْنَهُمَا الْعَزِيْزُ الْغَفَّارُ "
މާނައީ: " ﷲ ފިޔަވައި ޙައްޤު ގޮތުގައި
އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ އެއްކައުވަންތަ، ބަލި
ކުރައްވައި، އުޑުތަކާއި ބިމުގެވެރި އަދި އެދެމެދުގައި ވާހާ އެއްޗެއްގެ ވެރި ރަސްކަލާނގެއެވެ.
އަދި އެކަލާނގެއީ ޢިއްޒަތްވަންތަ ޢަފޫ ކުރައްވާ ރަސްކަލާނގެއެވެ."
" اَلحَمْـدُ لِلَّهِ الَّذِي أَحْـيَانَا بَعْـدَ مَا أَمَاتَـنَا وَإِلَيْهِ النُّـشُوْرِ "
މާނައީ: ހުރިހާ ޙަމްދު ޘަނާއެއް ވަނީ މާތްﷲ
އަށެވެ. އެކަލާނގެއީ އަހަރަމެން މަރުއްވުމަށް ފަހު ދިރުއްވާ ރަސްކަލާނގެއެވެ. އަދި
ދެވަނަ ފަހަރަށް އަބުރާ ދިއުން ވެސް ވަނީ އެކަލާނގެ ޙަޟްރަތަށެވެ."
ޝައްކެތްނެތެވެ! މުސްލިމުންނަށް އެމީހުންގެ ދީނީ އަދި ދުނިޔަވީ
ހުރިހާކަމެއްގައި ރެއާއި ދުވާލު މިފަދަ ދުޢާތަކަށް ބޭނުންވެއެވެ. އަދި ޚާއްޞަކޮށް
މިފަދަ މާއްދިއްޔަތުގެ ތެރެއަށް ގެއްލިފައިވާ ޒަމާނެއްގައި ދުޢާގެ
ބޭނުންތެރިކަންވަނީ އިތުރުވެފައެވެ. މިއަދު މީސްތަކުން އެމީހުންގެ ހުރިހާ
ވަގުތުތަކެއް ހޭދަކުރަމުންދަނީ ދުނިޔަވީ ޙަޔާތުގެ ކަންތައްތަކުގައެވެ. އަދި
މީހާއަށް ތިޔާގިކަމާއި ތަނަވަސްކަން ލިބިފައިވާ ދުވަސްތަކުގައި ދުޢާކުރުން
ގިނަކުރުމަށް އަންގަވާފައިވެއެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރައްވާފައިވެއެވެ. " مَنْ سَرَّهُ أَنْ يَسْتَجِيْبَ اللَّهُ تَعَالَى لَهُ عِنْدَ الشَّدَائِدِ وَالْكَرْبِ فَلْيُكْثِرْ الدُّعَاءَ فِيْ الرَّخَاءِ "
މާނައީ: " މުޞީބާތާއި ދަތި އުދަނގޫތައް މެދުވެރިވާ ހިނދު
ﷲ ސުބުޙާނަހޫ ވަތަޢާލާ ތިމާގެ ދެންނެވުން އިޖާބަކުރެއްވުމަށް އެދޭ މީހާ، ފަހެ
އޭނާގެ ތަނަވަސްކަމުގެ ދުވަސްތަކުގައި ދުޢާކުރުން ގިނަކުރާށެވެ."
ކޮންމެ އިންސާނަކީވެސް ތިމާއަށް ކަމެއް
ދިމާވާއިރު އެކަމަކަށް އެހީވާނެފަރާތެއް ބޭނުންވާ މީހެކެވެ. މިގޮތުން މުއުމިނުން
ކަމެއް ދިމާވާއިރު އެހީއަށް އެދި ގޮވަނީ ﷲއަށެވެ. އެފާރާތް ފިޔަވައި އެހީވާނެ
އެއްވެސް ފަރާތެއްނެތްކަމަށް މުއުމިނުން ޤަބޫލުކުރެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَيَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ " (سورةالغافر: 60)
މާނައީ: އަދި ތިޔަބައިމީހުންގެ ވެރި
ރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް
ދުޢާކުރާށެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަ ކުރައްވާ ހުށީމެވެ.
ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ދުޢާކޮށް އަޅުކަންކުރުމަށް ކިބުރުވެރި
ގަންނަމީހުން ދަންނާށެވެ! ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު އެއުރެން ނަރަކައަށް
ވަންނާނެތެވެ.
މިއާޔަތުގައި މިވަނީ ﷲއަށް ދުޢާކުރުމަށް އަމުރުކުރައްވާފައެވެ.
އަދި ދުޢާނުކުރާ މީހުން ނަރަކައަށް ވަންނަ މީހުނާއިއެކު ނަރަކައަށް
ވައްދަވާނެވާހަކަ އައިސްފައެވެ. ވީއިރު އިންސާނާއަށް ކަމެއް ދިމާވާއިރު ﷲއަށް
ދެންނެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިމުހިއްމުކަން ހާމަވެގެންދާ ނުކުތާތަކެއް
ގުރްއާނާއި ސުންނަތުގެ އަލީގައި ބަޔާންކޮށްލަމެވެ.
1- ދުޢާކުރެއްވުމުގެ ސަބަބުން ﷲ ނަބީބޭކަލުންނަށް
ޘަނާބަޔާންކުރައްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވަނީ: فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَى وَأَصْلَحْنَا لَهُ زَوْجَهُإِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًاوَكَانُوا لَنَا خَاشِعِينَ (الأنبياء/90)
މާނައީ: ހަމަކަށަވަރުން އެބޭކަލުން
ހެޔޮކަންތަކަށް އަވަސްވެ އަދި ތިމަންރަސްކަލާނގެއަށް އެދުމާއި ބިރުވެތިކަމާއި އެކު
ދުޢާކުރައްވާކަމުގައި ވިއެވެ. އަދި ތިމަން ރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ.
އާދޭ މިއާޔަތުގައި މިވާ ތިންސިފަ
އެބޭކަލުންނަށް ލިބިގެންވުން ވެގެންދިޔައީ ﷲ އެބޭކަލުންގެ ތައުރީފް ކުރެއްވި
ކަމެއްކަމުގައެވެ. މިސިފަތަކުގެތެރޭގައި ދުޢާކުރުން ހިމެނެއެވެ.
2- ދުޢާކުރުމަކީ ރަސޫލުބޭކަލުންނާއި، ނަބީބޭކަލުންގެ ސުންނަތެކެވެ. އަދި ވަލީވެރިންނާއި ސާލިހުންގެ
ޢަމަލެއްވެސްމެއެވެ. އަދި މުއުމިނުންނާއި މުތަވާޟިޢުންގެ ވަޒީފާއެއްވެސްމެއެވެ.
މާތްﷲ
ވަޙީކުރައްވާފައިވެއެވެ. أُولَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُالْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ إِنَّعَذَابَ رَبِّكَ كَانَ مَحْذُورًا (الإسراء/57)
މާނައީ: "
އިލާހުންކަމށް އެއުރެން ގޮވައި އުޅޭ ފަރާތްތަކަށް އެފަރާތްތަކުގެ ވެރިރަސްކަލާނގެ
ޙަޟްރަތަށް ކުއްތަންވުމުގެ މަގު އެދެތެވެ. އެއުރެންކުރެ އެންމެ މާތްކަން ބޮޑީ
ކާކުތޯ ބަލައި އެކަމަށް އެދެތެވެ. އަދި އެކަލާނގެ ރަޙްމަތަށް އެދެތެވެ. އަދި
އެކަލާނގެ އަޒާބަށް ބިރުވެތިވޭމެއެވެ.
3- ދުޢާކުރުމަކީ އެންމެ މާތް އަޅުކަންވެސްމެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " وَقَالَرَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْعِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ " (سورة الغافر: 60)
މާނައީ: "
އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް
ދުޢާކުރާށެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.
ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ދުޢާކޮށް އަޅުކަންކުރުމަށް
ކިބުރުވެރިވެގަންނަ މީހުން ދަންނާށެވެ.! ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު
އެއުރެން ނަރަކައަށް ވަންނާނެތެވެ.
މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރައްވާފައިވެއެވެ. وعن النعمانبن بشير قال: قال النبى صلى الله عليه وسلم : (الدعاءهو العبادة), ثم قرأ : ( وقال ربكم ادعونى أستجب لكم...) – اخرجه أحمد (4/267), والترمذى (2969 وقال الترمذى : "حسن صحيح " , وصححه ابن حبان (890) والحاكم (1/490, 491) , ووافقه الذهبى , وهو فى صحيح الجامع (3407).
النعمان بن بشير ގެ ކިބައިން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރެއްވިއެވެ. ދުޢާއަކީ އަޅުކަމެވެ. ދެން އެކަލޭގެފާނު މިއާޔަތް
ކިޔަވާވިދާޅުވިއެވެ. " وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَعَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ " (سورة الغافر: 60)
މިޙަދީޘްގެ މާނާގައި އަލްޚައްޠާބީ
ވިދާޅުވަނީ: ޢިބާދަތުގެ ބޮޑުބައެއް ބިނާވެގެންވަނީ އަޅުކަމުގެ މައްޗަށެވެ. އަދި އެންމެ
މާތް އަޅުކަމަކީ ދުޢާއެވެ.
ދުޢާއަކީ ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތި
ޢަމަލެކެވެ. عن أبى هريرة رضىالله عنه قال : قال رسول الله صلى الله عليه وسلم : (ليس شيئ أكرم على الله عزوجل من الدعاء) – اخرجهأحمد (2/362), والترمذى (3370 ) وابن حبان (3829) وقالالترمذى : "حسن غريب " , وصححه ابن حبان (870)والحاكم (1/490) , ووافقه الذهبى , وحسنه الألبانى فىصحيح الأدب (549).
އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ.
ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ދުޢާއަށްވުރެ ވަކީން
ލޮބުވެތި ޢަމަލެއް ﷲ ގެ ޙަޟްރަތުގައިނުވެއެވެ.
الشوكانى ވިދާޅުވަނީ ދުޢާ ލޮބުވެތި ޢަމަލަކަށްވީ އޭގައި ﷲ ގެ މަތިވެރިކަން ހާމަވެ. ދުޢާކުރާ
މީހާގެ ނިކަމެތިކަން ހާމަވާތީއެވެ. (تحفة الذاكرين (ص 30)
4- ﷲ ސުބުޙާނަހޫ ވަތަޢާލާ ދުޢާކުރުމަށް އަމުރުކުރައްވައި އަންގަވާފައިވެއެވެ. މާތްﷲ ވަޙީކުރައްވަނީ: " وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَيَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ " (سورةالغافر: 60)
މާނައީ:
"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް
ދުޢާކުރާށެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.
5- ﷲ ސުބުޙާނަހޫ ވަތަޢާލާ ދުޢާކުރާ މީހުންނާއެކު އުޅުއްވުމަށް
އަމުރުކުރައްވާފައިވެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِوَالْعَشِيِّ يُرِيدُونَ وَجْهَهُ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَالْحَيَاةِ الدُّنْيَا وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُوَكَانَ أَمْرُهُ فُرُطًا (الكهف/28)
މާނައީ: "
އަދި އެއުރެންގެ ވެރިރަސްކަލާނގެ ވަޖުހުފުޅު އެދިގެން އެކަލާނގެއަށް ހެނދުނާއި
ހަވީރު ދުޢާކޮށް އަޅުކަންކޮށް އުޅޭ މީހުންނާއެކު ކަލޭގެފާނުގެ ނަފްސު
ހިފަހައްޓަވައި ކެތްކުރައްވާށެވެ. އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން
އެދިވަޑައިގެން ކަލޭގެފާނު ލޯފުޅު އެއުރެން ފިޔަވައި ފަހަނައަޅައި ދިޔަ
ނުދެއްވާށެވެ. އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން އެމީހެއްގެ ހިތް
ޣާފިލުކުރައްވައި އަދި އެމީހެއްގެ އަމިއްލަ އެދުމަށް ތަބާވެ، އަދި އެމީހެއްގެ
ކަންތައް ނުބައިކަމުގައި ހައްދުފަހަނަ އަޅާފައިވާ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ.
6- ﷲ އަށް ދުޢާކޮށް އުޅޭމީހުން ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެ
އަރިހުން ދުރު ނުކުރެއްވުމަށްވެސް ﷲ އަންގަވާފައިވެއެވެ. وَلاَ تَطْرُدِ الَّذِينَ يَدْعُونَ رَبَّهُمبِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ مَا عَلَيْكَ مِنْ حِسَابِهِم مِّنشَيْءٍ وَمَا مِنْ حِسَابِكَ عَلَيْهِم مِّن شَيْءٍ فَتَطْرُدَهُمْفَتَكُونَ مِنَ الظَّالِمِينَ (الأنعام/52)
މާނައީ" :
އަދި އެއުރެން ކަލާނގެ ވަޖުހުފުޅު އެދިގެން ހެނދުނާއި ހަވީރު އެއުރެންގެ
ވެރިރަސްކަލާނގެއަށް ދުޢާކޮށް އުޅޭ މީހުން ކަލޭގެފާނު ދުރުކޮށްނުލާށެވެ.
7- ﷲ އަށް ދުޢާކުރާ މީހުންނާއި އެކަލާނގެ ކުއްތަންވެގެންވާކަން އަންގަވާ
ވަޙީކުރައްވަނީ "وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَادَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْ يَرْشُدُونَ "(سورة البقرة: 186)
މާނައީ:
"އަދި ތިމަންރަސްކަލާނގެއާއި މެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާއި
ސުވާލުކޮށްފިނަމަ ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ، ހަމަކަށަވަރުން
ތިމަންރަސްކަލާނގެއީ އެއުރެންނާއި ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ
ޙަޟްރަތަށް ދުޢާކޮށްފިނަމަ ދުޢާކުރި މީހެއްގެ ދުޢާ ތިމަންރަސްކަލާނގެ
އިޖާބަކުރައްވަމުއެވެ. ފަހެ، އެއުރެން ތިމަންރަސްކަލާނގެއަށް އީމާންވާހުށިކަމެވެ.
އެއީ އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.
8- ދުޢާކުރުމަކީ ﷲ ގެ ކޯފާއިން ސަލާމަތްވެވޭކަމެކެވެ. وَمَا كَانَ اللّهُ لِيُعَذِّبَهُمْوَأَنتَ فِيهِمْ وَمَا كَانَ اللّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ (الأنفال/33)
މާނައީ: " އަދި އެއުރެން
އިސްތިޣުފާރުކޮށް ތިއްބައި ﷲ އެއުރެންނަށް ޢަޒާބެއް ނުދެއްވާނެތެވެ.
އިސްވެދިޔަ ކަންތައްތަކުން ދޭހަވަނީ ދުޢާކުރުމަކީ
އިންސާނާގެ ޙަޔާތުގައި ވަރަށް މުހިއްމުކަމެއްކަމެވެ.
No comments:
Post a Comment