ކައިވެނީގެ ފުރަތަމަ ރުކުން : ފިރިމީހާ
ފިރިމީހާގެ ކިބައިގައި ހުރުމަށްކަޑައެޅިފައިވާ ޝަރުޠު ތަކަކީ،
(1) ވަކިމިވެނި މީހަކުކަން ކަނޑައެޅިގެން އެނގުން.
(2) ކއިވެނިވެވޭ އަންހެނާއީ އޭނާއާ ކައިވެނި ޙަލާލުމީހަކުކަން އެނގުން.
(3) ކައިވެނިކުރުމަށް މަޖުބޫރުކުރެވިފައި ނުވުން.
(4) ޙއްޖަށް ނުވަތަ ޢުމްރާއަކަށް އިޙްރާމް ބަނދެގެންހުރި މީހަކު ކަމުގައި ނުވުން.
(5) ފިރިހެނަކު ކަން ޔަޤީންވެ އެނގުން.
ކައިވެނީގެ ދެވަނަރުކުން : އަނބިމީހާ
އަނބިމީހާގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ހުންނަންވާނެއެވެ.
(1) ވަކިމިވެނި އަންހެނަކުކަން ކަޑައެޅިގެން އެނގުން.
(2) ކައިވެނިވެވޭ ފިރިހެނާގެ މައްޗައް.
(3) އަންހެނަކުކަން ޔަޤީންވެ އެނގުން.
(4) އެހެންމީހަކާ އިނދެގެން، ނުވަތަ ޢިއްދާގައި އިން އަންހެނަކު ކަމުގައި ނުވުން
ކައިވެނީގެ ތިންވަނަ ރުކުން : ވަލީވެރިޔާ
އަންހެނެއްގެ ވަލީވެރިޔާ ނުވަތަ ވަލީވެރިންނަކީ، އޭނާއަށް އެހީތެރިވެއަދި އެންމެހައި ގެއްލުމާއި ދެރަކަމަކުން
އެއަންހެނަކު ސަލާމަތްކުރާނެބައެކެވެ.
އަންހެނުންގެ މއަޗަށް އަމުރުވެރި އަދި އެބަިމީހުންގެ ކަންތައްތައްބަލަހައްޓައި އެހީތެރިވާނެ ބައެއްގެ ގޮތުގައި
އެބައިމީހުންގެ ގާތްތިމާގެފިރިހެނުންކުރެ ޢައްޔަންވެވިފައިވާ ޙާއްޞަ ބައަކަށް އަންހެނުންގެވަލީވެރިންނޭ ކިޔެއެވެ.
އެއްވެސް ޙާލެއްގައި ވަލީއާ ނުލައި ކައިވެނިޞައްޙައެއް ނުވާނެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ
ހަދީޘްއެއްގެމާނައިގައި ވެއެވެ. "ވަލީއާ ނުލައި ކައިވެނި ޞައްޙައެއް ނުވާނެއެވެ."
ވަލީވެރިޔާގެ ކިބާގައި ހުރުން ޝަރުޠުވާ ކަންތައްތައް:
(1) އިސްލާމަކު ކަމުގައިވުން
(2) ބާލިޣު ވުން
(3) ބުއްދި ސަލާމަތުންހުރުން
(4) މިނިވަނަކު ކަމުގައިވުން
(5) ފިރިހެނަކުކަމުގައި ވުން
(6) ޢަދަލުވެރިއަކު ކަމުގައިވުން
(7) މުސްކުޅިވެ ނުވަތަ ބައްޔެއްގެ ސަބަބުން ވިއަސް ލޯބޯ ކޮށިވެފައި ނުވުން
(8) މޮޔަޔަކު ކަމުގައިވެ، އޭނާގެކިބައިން ވަލީކެނޑިފައިވާ މީހަކުކަމުގައި ނުވުން. (މިފަދަ ސަބަބެއް
ގާތްކަންބޮޑު ވަލީވެރިއަކަށް ކުރިމަތިވެއްޖެނަމަ، ވަލީދިނުމުގެ ޙައްޤު އެއަށްވުރެ ދުރުމީހެއްގެ މައްޗަށް
ބަދަލުވާނެއެވެ.)
(9) ޙައްޖަށް ނުވަތަ ޢުމްރާއަކަށް އިޙްރާމް ބަނދެގެން ހުރި މީހަކުކަމުގައި ނުވުން.
ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ހަދީޘްއެއްގެ މާނާއިގައި ވެއެވެ. "އިޙްރާމް ބަނދެގެންހުރި މީހާ
ކައިވެނިކޮށްގެން ނުވާނެއެވެ. އަދިމީހެއގެ ކައިވެނިކޮށްދީގެންވެސް ނުވާނެއެވެ."
ވަލީވެރިން
އަންހެންކުއްޖަކު މީހަކާ ދެވުމަށް (ކައިވެނިކޮށްދިނުމަށް) އެންމެޙއްޤުކަން ބޮޑު ވަލީވެރިއަކީ އެކުއްޖެއްގެ
ބައްޕައެވެ. އެޙައްޤުލިބިފައިވާމީހުން ތަރުތީބުން ތިރީގައި ބަޔާން ވެފައި މިވަނީއެވެ.
(1) ބައްޕަ
(2) ބައްޕަފަރާތުގެކާފަ (ބައްޕަގެ ބައްޕަ)
(3) ބައްޕަފަރާތުގެ މުނިކާފަ (މިގޮތުން ދުރުކާފައަކަށްވެރެ ގާތްކާފަފައެއް އިސްކުރެވެއެވެ. އެބަހީ
މުނިކާފައަށްވުރެ ކާފަ އިސްވުން)
(4) އެއްބަނޑު އެއްބަފާ އަޙް
(5) އެއްބަފާ އަޙް
(6) އެއްބަނޑު އެއްބަފާ އަޙުގެ ފިރިހެންދަރި
(7) އެއްބަފާ އަޙުގެ ފިރިހެން ދަރި
(8) ބައްޕައާ އެއްބަނޑު އެއްބަފާ ބޮޑުބޭބެ
(9) ބައްޕައާ އެއްބަފާ ބޮޑުބޭބެ
(10) ބައްޕައާ އެއްބަނޑު އެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރި
(11) ބައްޕައާ އެއްބަފާ ބޮޑުބޭބެގެ ފިރިހެން ދަރި މިއެވެ.
ނަސަބުގެ ގޮތުން މިބަޔާން ކުރެވުނު ތަރުތީބުން ވަލީވެރިއަކު ނެތިއްޖެނަމެ،އެފަދަ އަންހެނެއްގެ ވަލީވެރިއަކު
ނެތިއްޖެނަމަ، އެފަދަ އަންހެނެއްގެވަނީވެރިއަކީ ޙާކިމެވެ. އަންހެނެއްގެ އެންމެއިސް ވަލީވެރިޔާގެޙާޞިރުގައިވެސް،
އެކަމަށް އެކަށީގެންވާފަދަ މީހަކާ ވަލީދިނުންޙަވާލުކޮށްފިނަމަ، އެމީހެއްގެ ވަލީ ކަމުދާނެއެވެ. އެއީ މިޒަމާނުގެ
ޝަރުޢީކޯޓުތަކުގައި ކަންހިނގަމުން މިދާ އުޞޫލުގެ މަތީންނެވެ. ބައްޕަ ނުވަތައެހެންވެސް ވަލީދޭމީހަކު
އަމިއްލައްށް ކައިވެނި ކޮށް ދިނުމުގެ ބަދަލުގައިއޭނާގެ ވަކީލެއްކަމުގައި ޝަރުޢީ މައުޛޫނާ ވަލީ ޙަވާލު ކުރުމަކީ
މީގެމިސާލެކެވެ.
ކައިވެނީގެ ހަތަރުވަނަ ރުކުން : ދެހެކީން
ކައިވެނީގެ މައްޗަށް ޢަދުލުވެރި ދެހެކީން ހެކިވުމާނުލައި ކައިވެނިޞައްޙައެއް ނުވާނެއެވެ. ކީރިތި ރަސޫލާ
ހަދީޘްކުރައްވާފައިވާ ހަދީޘްއެއްގެމާނައިގައި ވެއެވެ. "ވަލީދިނުމާއި، އަދި ޢަދުލުވެރި ދެފިރިހެނުންގެ ހެކިވުމާނުލައި
ކައިވަނި ޞައްޙައެއް ނުވާނެއެވެ."
ހެކީންގެ ކިބައިގައި ހުރުން ޝަރުޠުވާކަންތައްތައް.
(1) އިސްލާމުން ކަމުގައިވެން.
(2) ބާލިޣުވުން.
(3) ބުއްދިހުރުން.
(4) މިނިވަނުން ކަމުގައިވުން.
(5) ފިރިހެނުން ކަމުގައިވުން.
(6) ޢަދުލުވެރީން ކަމުގައިވުން.
(7) އިވުމާއި ފެނުމުގެ ޙިއްސު ސަލާމަތުން ހުރުން.
(8) ކައިރި މާޞީއެއްގެ ކަންތައްތައް އެކަނިވިޔަސް ހަނދާންހުރުން.
(9) ކައިވެނިކޮށްދޭ މީހާއާއި ޤަބޫލުކުރާމީހާ ވާހަކަ ދައްކާއުޅެ ބަސްދަތުން
(10) ވަލީވެރިއަކު ކަމުގައިވުން ޢައްޔަންވެގެން ނުވުން، މިއެވެ.
ކައިވެނީގެ ފަސްވަނަރުކުން : ޞީޣާ
ކައިވެނީގެ ޞީޣާއޭ ބުނެވެނީ އީޖާބާއި ޤަބޫލު ނުވަތަ، އަނބި ޤަބޫލު ކުރުމަށެވެ.
ކައިވެނީގެ ޞީޣާގެ ޝަރުތު ތަކަކީ:
(1) ކައިވެނި ޢަޤުދު ކުރާ ދެމީހުންނާއި (ވަލީދޭމީހާއާއި ފިރިމީހާ) ދެހެކީންނަށް ވިސްނޭ ފަދަ ގޮތެއްގައި
ކައިވެނިކޮށްދިންކަމާއި، ކައިވެނިޤަބޫލުކުރިކަން ދޭހަވާ ބަހަކުން އޮތުން.
(2) تعلېقއެއްނެތުން: މީގެ މާނައަކީ، އީޖާބާއި ޤަބޫލު އެއްވެސްކަމަކާއި މަތިކޮށް ޝަރުޠު ކޮށްފައި
ނުވުމެވެ. މިސާލަކަށް "ކަލޭގެއަންހެންދަރިފުޅު ކަސްޓަމށް ވަދެއްޖެނަމަ، އަހަރެން އޭނާއާއިނަންނާނަމެވެ."
ކައިވެނިއެދޭމީހާ މިހެން ބުނެ މީގެ ޖަވާބުގައި ކުއްޖާގެވަލީވެރިޔާ "އަހަރެން ޤަބޫލު ކޮށްފީމޭ" މިހެން
ބުނުމަކުން ކައިވެނިވީކަމަކަށް ނުބެލެވޭނެއެވެ. ސަބަބަކީ، އެކުރި ޝަރުޠަކީ ފުރިހަމަވާނެކަމެއކަން ނުވަތަ
ނޫންކަން ނޭނގޭކަމެވެ. ވުމާއެކު އެފަދަ ޝަރުޠެއްކުރުންކަމަކު ނުދާނެއެވެ.
(3) تأھېتއެއް ނެތުން. މީގެ މާނައަކީ އީޖާބާއި ޤަބޫލު ވަކި ވަގުތަކާ ހަމަޔަށް ކަނޑައަޅާފައިނުވުމެވެ.
(4) އީޖާބާއި ޤަބޫލު އެއްގޮތްވުން. މީގެމާނައަކީ، މާޞީގެ މާނަދޭހަވާފަދަ ގޮތެއްގައި އީޖާބާއި ޤަބޫލެ އޮތުމެވެ.
މިސާލަކަށް "އަހަރެންގެމިވެނި އަންހެންދަރިފުޅު ކަލެއާ ކައިވެނިކޮށްދީފީމެވެ." ވަލީވެރިއާ މިހެންބުނުމުން
"އަހަރެން ޤބޫލު ކޮށްފީމޭ" ފިރިމީހާ ބުނުމެވެ. އީޖާބާއި ޤަބޫލުމާޞީގެ މާނަދޭހަވާފަދަ ގޮތެއްގައި އޮތުމުގެ
ބޭނުމަކީ، ދެފަރާތުގެ ރުހުމާއިޤަބޫލުކުރުން ކަޑައެޅިގެން ހާމަވުމެވެ.
ރ. ކައިވެނީގެ ރަން.
ކައިވެނީގެ ރަނަކީ، ކައިވެނީގެ ސަބަބުން ފިރިހެންމީހާ އަންހެންމީހާއަށްދިނުމަށް ވާޖިބުވާ މުދަލެކެވެ. ކީރިތި
ޤުރުއާނުގައި މިކަމާ މެދު އަމުރުކުރައްވާފައި ވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވައި ބަސްފުޅެއްގެމާނައިގައި
ވެއެވެ. "އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުން ރުހުމުން ދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ!"ކައިވެނީގެ ރަނުގެ ގިނަ މަދު މިނުގައި ވަކި ޙައްދެއްކަނޑައެޅިފައެއްނުވެއެވެ. ނަމަވެސް އެދެވިގެންވަނީ މާބޮޑު
ރަނެއްނުކިއުމެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭގޮތުގައި އަގެއްހުރިކޮންމެ އެއްޗެއް ކައިވެނީގެ
ރަނަކަށް ފެދޭނެއެވެ. މުސްތަޙައްބު ވެގެންވަނީކަިއވެނީގެ ޢަޤުދުގެ ތެރޭގައި ރަނުގެ ޢަދަދު ކަނޑައެޅިފައި
އޮތުމެވެ. ނަމަވެސް ޢަޤުދުގެ ތެރޭގައި ރަން ނުކިއަސް ކައިވެނި ޞައްހަވާނެއެވެ.
ރަންކިއުމެއްނެތި ކައިވެންޏެއް ކޮށްފިނަމަ އަންނަނިވި ކަންތައްތަކުގެތެރެއިން ކަމެއް ޙާޞިލްވުމުން ކައިވެނީގެ
ރަންދިނުން ވާޖިބުވާނެއެވެ. އެއީ:
(1) ފިރިމީހާ އަމިއްލައަށް ރަނެއް ކަނޑައަޅައި އަނބިމީހާ އެރަނާ ޤަބޫލުވުން.
(2) ޤާޞީ ރަނެއް ކަނޑައެޅުން.
(3) އަނބިމީހާ ގާތުގައި ރޭކުރުން.
ފަހުން މިބުނެވުނު ދެގޮތުގައިވެސް ދިނުން ވާޖިބުވާނީ އެފަދަ އަންހެނެއްގެރަނެވެ. އެފަދަ ރަނެއް ކަނޑައަޅާނީ
އޭނާގެ އުޙުތުންނާއި ބޮޑުދައިތައިންފަދަ މީހުން ރަންކިޔާ އުޅޭ މިންވަރު ބަލައިގެންނެވެ.
ކައިވެނީގެ ރަނެއް ކަނޑައެޅުމުގެ ކުރީގައި ދެމަފިރިން ކުރެ މީހަކުމަރުވެއްޖެ ނަމަ، އެފަދަ އަންހެނެއްގެ ރަން
ދޭންވާނެއެވެ. އަނބިމީހާއާއެކު ރޭކުރުމުގެ ކުރީގައި ވަރިކޮށްފިނަމަ ރަނުގެ 2/1 ކެނޑޭނެއެވެ
މަޙްރަމުން
މަޙްރަމުންނޭ ބުނެވެނީ، މުސްލިމް އަންހެނުންކުރެ ތިމާ ކައިވަނިކުރުންޙަރާމް އަންހެނުންނަށެވެ. މަޙްރަމުން
ބެހިގެންވަނީ ދެބަޔަކަށެވެ. އެއީދާއިމީގޮތުން ކައިވެނި ޙަރާމް އަންހެނުންނާއި، ވަގުތީ ގޮތުން ކައިވެނިޙަރާމް
އަންހެނުންނެވެ. މީގެ ތެރެއިން ދާއިމީގޮތުގައި ކައިވެނި ޙަރާމްއަންހެނުން ތިން ބަޔަކަށް ބެހެއެވެ. ތިރީގައި
މިވާ ތާވަލުގައި މިބައިތައްއެވަނީއެވެ.
މިބައިތަކުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.
ހ. ދާއިމީގޮތުން ކައިވެނި ޙަރާމް އަންހެނުން.
ނަސަބުގެ ގޮތުން ކައިވެނި ހަރާމްވާ އަންހެނުން
ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގަތުގައި ނަސަބުގެ ގޮތުން ކައިވެނި ޙަރާމް އަންހެނުންނީ:
(1) މަންމަ (މަންމައާއި ބައްޕަ ފަރާތު މާމައިންނާއި މުނިމާމައިން ކިތަންމެމައްޗަށް ދިޔަކަމުގައި ވިޔަސް
ބެލެވޭނީ މަންމައިން ކަމުގައެވެ.)
(2) އަންހެންދަރި (ތިމާއަށް ކާފަ، މުނިކާފަ ކިޔާ އަންހެންކުދީންކިތަންމެ ދަށަށް ދިޔަނަމަވެސް އަންހެން
ދަރީންގެ ތެރޭގައި ހިމެނޭނެއެވެ.)
(3) އުޙްތުން (ތިމާއާ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު އަންހެން ކުދިން)
(4) ބައްޕަ ފަރާތު ބޮޑުދައިތައިން
(5) މަންމަ ފަރާތު ބޮޑުދައިތައިން (ބައްޕަ ނުވަތަ މަންމަ އާ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ
އެއްބަނޑު އަންހެނުން ކިތަންމެ މައްޗަށްދިޔަ ނަމަވެސް ބޮޑުދައިތައިން ކަމުގައި ބެލެވޭނެ އެވެ.)
(6) އަޙްގެ އަންހެން ދަރީން (އަޙްގެ އަންހެން ދަރީންގެ އަންހެންދަރީންނާއި އަޙްގެ ފިރިހެން ދަރީންގެ
އަންހެން ދަރީން ކިތަންމެ ދަށަށްދިޔަނަމެވެސް ބެލެވޭނީ އަޙްގެ އަންހެން ދަރީން ކަމުގައެވެ.)
(7) އުޙްތުގެ އަންހެން ދަރީން (އަޙްތުގެ އަންހެން ދަރީންގެ އަންހެންދަރީންނާއި އުޙްތުގެ ފިރިހެން ދަރީންގެ
އަންހެން ދަރީން ކިތަންމެ ދަށަށްދިޔަނަމެވެސް ބެލެވޭނީ އުޙްތުގެ އަންހެން ދަރީން ކަމުގައެވެ.)
އެއްކިރު ބުއިމުން ކައިވެނި ޙަރާމްވާ އަންހެނުން
ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ގޮތުގައި ނަސަބުގެ ފަރާތުންކައިވެނި ޙަރާމް އެންމެންނާ އެއްކިރު
ބުއިމުގެ ސަބަބުނެވެސް ކައިވެނިޙަރާމްވާނެއެވެ.

No comments:
Post a Comment