Wednesday, June 15, 2016

ކައިވެނި ކުރުން – އިސްލާމް ދީނުގައި


ކައިވެނި ކުރުން – އިސްލާމް ދީނުގައި

  މާތްﷲ ގެ ޚަލްޤު ތަކުން އުފެއްދުމުގައި، އެތަކެތީގެ ނޫޢު (ވައްތަރު) ދެމެހެއްޓުމަށްޓަކައި، ދެޖންސުގެ ގުޅުމަކީ 

ވަރަށް މުހިއްމު ކަމެއްކަމުގައި ލައްވާފައި ވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގަމާނައިގައި 

ވެއެވެ. "ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ. (އެއީ) ތިޔަބައިމީހުން 

ހަނދުމަކުރުމަށްޓަކައެވެ."މިޒަމާނުގެ ސައެންސުގެ ހޯދުންތައް އެއްބަސްވާގޮތުގައި އެންހެންފިރިހެންކަމުގެ ޖިންސް ކަނޑައެޅިގެން އެނގޭ 

އިންސާނުންނާއި ޙައިވާނުންފަދަމަޚްލޫޤުންގެ އިތުރަށް ގަސްގަހާގެއްސާއި އެނޫންވެސް ތަފާތު މަޚްލޫޤުން

އުފައްދާފައިވަނީ އެތަކެތީގެ "ދެޖިންސު" އެކުލެވޭ ގޮތެއްގެ މަތިންނެވެ. އިލެކްޓްރިކް ކަރަންޓާއި، އެޓަމްފަދަ 

ކުޑަކުޑަ ޒައްރެއްގެ މައްޗަށްބަލައިލިނަމަވެސް މިވަރުގަދަ ޙަޤީޤަތް ހާމަވެއެވެ.

ތަކެތި އުފެދުމާއި އިތުރުވެމުގައި ދެޖިންސުގެ ގުޅުމަކީ ކޮންމެހެންބޭނުންކަމެއްކަމުގައިވީނަމަވެސް، 

ޖިންސީބޭނުންތައް ފުރިހަމަކުރުމުގައި އެއްވެސްއުޞޫލެއް ހަމައެއްނެތި، ގެރިބަކަރިފަދަ ޖަނަވާރުފަދައިން މުގުޅުން

ބެހެއްޓުމަކީ، އިންސާނުންފަދަ މާތް، އަދި ކަރާމާތްތެރި މަޤާމެއް ދެއްވާމަޚުލޫޤަކަށް އެކަށީގެންވާ ކަމެއނޫނެވެ. 

ވެމާއެކު، ލަގަން ނެއްޓިފައިވާއަހެއްފަދައިން، ތިމާގެ ހިތަށްއެރިހައިގޮތަށް ދެޖިންސުގެ ގުޅުން

ހުއްދަކުރައްވާފައިވަނީ ވަރަށް މާތް ހަރުދަނާ އުޞޫލެއްގެ މަތީންނެވެ. އެއީޝަރީޢަތް ހުދަކުރާފަދަ ކައިވެންޔަކުން 

ނގުޅިގެންނެވެ. އަދިކައިވެނިވެގެންނޫން ގޮތްގޮތުގައި ދެޖިންސުގެ ގުޅުން ހިންގުމަކީ އިސްލާމީޝަރީޢަތުގައި 

ނުހަނު ބޮޑަށް ޙަރާމް ކުރައްވައި، އެފަދަ ބައެއްގެ މައްޗަށް ގެ ކޯފާލައްވާނެކަން އަންގަވާފައިވާ ކަމެކެވެ.

ނޯޓު: ﷲ ގެ މަޚުލޫޤުންނަށް ބަލާއިރު ކޮންމެ އެއޗެއްމެ ހައްދަވާފައިވަނީތަފާތު ދެވައްތަރުންނެވެ. އަންހެން، 

ފިރިހެން، ހުތް ފޮނި، ފިނި ހޫނު،ރޭގަނޑާއި ދުވާލު، އިރާއި ހަނދު، ހެވާއި ނުބައި، ރީތި ހުތުރު، އުޑާއިބިން، 

އަދިވެސް މިފަދަ ތަފާތު ގޮތްގޮތުގެ މަތީންނެވެ.

ހ. އިސްލާމްދީނުގައި ކައިވެނިކުރުމަށް ބާރުލައްވާފައިވާ މިންވަރު

އިންސާނީ ދަރިފަސްކޮޅު ގެއްލުމުން ސަލާމަތް ކުރެއްވުމަށް ޓަކައިޝަރީޢަތް ހުއްދަކުރާ އުޞޫލުން 

ކައިވެނިކުރުމަކީ، އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުލައްވާފައިވާ ކަމެކެވެ. ބައެއްފަހަރަށް ކައިވެނިކުރުމަކީ

ނަބީބޭކަލުންގެ ސުންނަތުގެ ތެރެއިން ހިމެނޭ މުހިއްމު ކަމެއްކަމުގައިއަންގަވައެވެ. އަނެއްބައިފަހަރަށް އިސްލާމީ 

އުޞޫލުން ކައިވެނިކޮށް،އަންހެނަކާއި ފިރިހެނެއްގެ މެދުގައި އުފެދޭ މުޤައްދަސް ގުޅުމުގެ ސަބަބުންދަރީން 

ލިބުމުގެ މިފުރިހަމަ ނިޡާމަކީ މާތްﷲ ދެއވި ވަރަށްބޮޑުނިޢުމަތެއްކަމުގައި ހަނދާން ކޮށް ދެއްވައެވެ.

ށ. ކައިވެނި ކުރުމުގެ ޙުކުމް

އިސްލާމް ދީނުގައި ކައިވެނިކުރުމުގެ ޙުކުމް ހުރީ ދެބަޔަކަށެވެ. އެއީ،

ކައިވެނިކުރުން ވާޖިބުވުން.

ކައިވެނިކުރުން ވާޖިބުވަނީ، ކައިވެނިކުރުމަށް ތިމާގެކިބައިގައިކުޅަދާނަކަން ހުރުމާއެކު، ޒިނޭކުރުންފަދަ ބަދުއަޙްލާޤީ 

ޢަމަލެއްކުރެވިދާނެކަމަށް ބިރުވެތިވާނަމައެވެ. އެފަދަމީހެއްގެ މައްޗަށްކައިވެނިކުރުމަކީ ވޖިބެކެވެ. ސަބަބަކީ، 

ޙަރާމް ކަންތަކުން ތިބާގެ ނަފްސުރައްކާތެރި ކުރުމަކީ ވާޖިބަކަށްވާކަމެވެ.

ކައިވެނިކުރުން މުސްރަޙއްބުވެން.

ތިމާގެކިބައިގައި ކައިވެނިކުރުމުގެ ކުޅަދާނަކަންހުރުމާއި އަބިދަރީންގެޚަރަދުބެލެހެއްޓޭފަދަ ތަނަވަސްކަން 

ހުރުމާއެކުވެސް، ޒިނޭކުރުންފަދަބަދްއަޚްލާޤީ ޢަމަލެއް ކުރެވިދާނެކަމާމެދު ބިރުވެތިނުވާނަމަ އެފަދަޙާލެއްގައި 

ކައިވެނި ކުރުން ވާޖިބެއް ނޫނެވެ. ނަމަވެސް އެފަދަ މީހެއްގެމައްޗަށް ކައިވެނިކުރުމަކީ މުސްތަޙއްބުކަމެކެވެ. 

ވަރަށް ބޮޑަށްއެދެވިގެންވާ ކަމެކެވެ.

ނ. ކައިވެނީގެ ރުކުންތައް

ކައިވެނީގެ ރުކުންތަކަކީ:-
1.
 ފިރިމީހާ. 

2.
 އަނބިމީހާ. 

3.
 ވަލީވެރިޔާ. 

4.
 ދެހެކީން. 

5.
 ޞީޣާ، 

މިފަސްކަންތަކެވެ

No comments:

Post a Comment