ނަރަކައިން ސަލާމަތް ވެގަތުމަށް ވާ މަގެއް
قَالَ عَلِىُ بْنِ أَبِى طَالِبٍ رضى الله عنه : دَخَلْتُ عَلَى النبىِّ صلى الله عليه وسلم أَنَا وَفَاطِمَة رضى الله عنها وَوَجَدْنَاه يبكى بكاءً شَدِيْدًا ، فَقُلْتُ لَهُ : فِداكَ أَبِى وَأُمِّى يَارَسُوْلَ اللهِ ، مَا الذِيْ أَبْكَاكَ ؟ قَالَ : يَا عَلِىُّ لَيْلَةً أُسْرِىَ بِى إلَى السَّمَاءِ رَأَيْتُ نِسَاءً مِنْ أُمَّتِى يُعَذِّبْنَ بِأَنْوَاعِ الْعَذَابِ فَبَكَيْتُ لَمَّا رَأَيْتُ مِنْ شِدَّةِ عَذَابِهِنَّ ، وَرَأِيْتُ امْرَأَةً مُعَلَّقَةً بِشَعْرِهَا يُغْلَى دِمَاغُهَا ، وَرَأِيْتُ امْرَأَةً مُعَلَّقَةً بِلِسَانِهَا وَالْحَمِيْمُ يُصَبُّ فِى حَلْقِهَا ، وَرَأِيْتُ امْرَأَةً قَدُ شَدَّتْ رجْلاَهَا إلَى ثَدْيَيْهَا وَيَدَاهَا إلَى نَاصِيَتِهَا ، وَرَأِيْتُ امْرَأَةً مُعَلَّقَةً بِثَدْيَيْهَا وَرَأِيْتُ امْرَأَةً رَأْسُهَا رَأْسَ خِنْزِيْرٍ وَبَدَنُهَا بَدَنُ حِمَارٍ عَلَيْهِ أَلْفُ لَوْنٍ مِنَ الْعَذَابِ وَرَأِيْتُ امْرَأَةً عَلَى صُوْرَةِالْكَلْبِ وَالنَّارُ تَدْخُلُ منْ فِيْهَا وَتَخْرُجُ مِنْ دُبْرِهَا وَالْمَلئِكَةُ يَضْرِبُوْنَ رَأْسَهَا بِمَقَامِعَ مِنْ نَارٍ ،
فَقَامَتْ فَاطِمَةُ { رضى الله عنها} وَقَالَتْ : حَبِيْبِى وَقُرَّةُ عَيْنِى مَاكَانَ أَعْمَالُ هَؤُلاَءِ حَتَّى وُضِعَ عَلَيْهِنَّ الْعَذَابُ ؟ فَقَالَ صلى الله عليه وسلم يَابُنَيَّةُ أَمَّا الْمُعَلَّقَةُ بِشَعْرِهَا فَإنَّهَا كَانَتْ لاَتُغَطِّى شَعْرَهَا مِنَ الرِّجَالِ ، وَأَمَّا التِى كَانَتْ مُعَلَّقَةً بِلِسَا نِهَا فَإنَّهَا كَانَتْ تُؤْذِى زَوْجَهَا وأمَّا الْمُعَلَّقَةُ بِثَدْيَيْهَا فَإنَّهَا كَانَتْ تُفْسِدُ فِرَاش زَوْجِهَا وَأَمَّا التِى تَشُدُّ رجْلاَهَا إلَى ثَدْيَيْهَا وَيَدَاهَا إلَى نَاصِيَتِهَا وَقَدْ سَلَّطَ عَلَيْهَا الْحَيَّاتِ وَالْعَقَارِبَ فَإنَّهَا كَانَتْ لاَتُنَظَّفُ بَدَنَهَا مِنَ الخِيَانَةِ وَالْحَيْضِ وَتَسْتَهْزِأْ بِا الصَّلاِةِ ، وَأَمَّا التِى رَأْسَهَا رَأْسَ خِنْزِيْرٍ وَبَدَنُهَا بَدَنُ حِمَارٍ فَإِنَّهَا كَانَتْ نَمَّامَة كَذَّابَة . وَأَمَّا التِى عَلَى صُوْرَةِ الْكَلْبِ وَالنَّارُ تَدْخُلُ منْ فِيْهَا وَتَخْرُجُ مِنْ دُبْرِهَا فَإِنَّهَا كَانَتْ مَنَّا نَة حَسَّادَة
މިޙަދީޘުގެ މާނައީ : ﷲ
ރުއްސުން ލެއްވި ޢަލީގެފާނުން ވިދާޅުވިއެވެ. ތިމެން ކަލޭގެފާނާއިފާޠިމަތުގެ ފާނާއި
ދެމަފިރިކަނބަލުން މާތް ނަބިއްޔާގެ އަރިއަހަށް ވަޑައިގަތީމެވެ. އެއިރު
އެކަލޭގެފާނުން އިންނެވީ ވަރަށް ގަދަޔަށް ކީރިތި ކުރައްވާށެވެ. ތިމެންކަލޭގެފާނުންދެންނެވީމެވެ.
ތިމެންކަލޭގެފާނުންގެ މަންމައާއި ބައްޕަ ކަލޭގެފާނަށް
ޓަކައި ފިދާކުރަމެވެ. ކަލޭގެފާނުން ތިހާބޮޑަށް ކީރިތި ކުރެއްވުމަށް މަޖުބޫރުކުރުވީ
ކޮންކަމެއްތޯއެވެ؟ އެކަލޭގެފާނުން
ޙަދީޘު ފުޅު ކުރެއްވިއެވެ. އޭޢަލީއެވެ. އުޑަށް ތިމެންކަލޭގެ ފާނުން ގެންދެވުނު
ރޭގައި ތިމެންކަލޭގެފާނުންގެ އުންމަތުގެއަންހެނުންނަށް
އެކިބާވަތުގެ ޢަޛާބުތައް ލިބެނިކޮށް ތިމެން ކަލޭގެފާނުން ދެކެވަޑައިގަތީމެވެ.
އެކަނބަލުންނަށް ލިބެމުންދިޔަ ޢަޛާބުގެ ބޮޑުކަމުން ވަރަށް ބޮޑަށްއެކަމާ
ތިމެންކަލޭގެފާނުން ކީރިތި ކުރެއްވީމެވެ. އަންހެނަކު ބޮލުގެ އިސްތަށިގަޑުގެ
އެހީގައި އެލިފައި ވަނިކޮށް ދެކެ ވަޑައިގަތީމެވެ. އަދި އޭނާގެ ސިކުޑި
(ހޫނުން) ކެކި ކެކި ހުއްޓެވެ. އަދި އަންހެނަކު އޭނަގެ ދުލުގެ އެހީގައި އެލިފައި
ވަނިކޮށް ދެކެވަޑައިގަތީމެވެ. އަދި އޭނަގެ ޙަލްޤާއިގެ ތެރެއަށް ކެކި ކެކި ހުރި
ހޫނުފެން އޮއްސެވެމުން ދިޔައެވެ. އަންހެނަކު ދެފައި މޭކައްޓާއެކު އަދި ދެއަތް ނިތާއެކު
ބަދެވިފައިވާތަން ވެސް ތިމެންކަލޭގެފާނުން ދެކެ ވަޑައިގަތީމެވެ. ހަމައެހެންމެ
އަންހެނަކު އުރަމަތީގެ އެހީގައި އެލިފައި ވަނިކޮށް ދެކެވަޑައިގަތީމެވެ.
އަދި އޫރެއްގެ ބޮލާއެއްފަދަ ބޮލެއް އަދި ޙިމާރެއްގެ ހަށިގަނޑު ފަދަ
ހަށިގަޑެއް ހުރި އަންހެނަކުވެސް ތިމެންކަލޭގެފާނުން ދެކެ ވަޑައިގަތީމެވެ. އޭނައަށް
ތަފާތު އެތަކެއްހާސް ޢަޛާބެއް ލިބި ލިބި ހުއްޓެވެ. އަދި ހަމައެހެންމެ ކުއްތާއެއްގެ
ސިފަލިބިފައިވާ އަންހެނަކުދެކެ ވަޑައިގަތީމެވެ. އަލިފާން އޭނަގެ އަގައިން
ވަދެގެން ފުރަގަހުން ނިކުމެމުން ދެއެވެ. އަދި މަލާއިކަތުން އަލިފާނުގެ ހައްމުށިތަކުން
އޭނަގެ ބޮލުގައި ޖައްސަވަމުން ގެން ދަވައެވެ.
ފަހެ މިހާ
ހިސާބަށް ދެވުނު ތަނާހެން ފާޠިމަތުގެ ފާނުން ތެދުވެ ވަޑައިގަތެވެ.
އަދިދެންނެވިއެވެ. އަހުރެންގެ ލޮލުގެ ފިނިކަން ކަމުގައިވާ ލޯބިވާ ބައްޕާ ފުޅާއެވެ! އެބައިމީހުންނަށް
އެފަދަ ވޭންދެނިވި ޢަޛާބުތައް ލިބެން ޖެހުނީ އެބައިމީހުން ގެ ކޮންފަދަ
ޢަމަލުތަކަކަށް ހެއްޔެވެ. އެހިދު އެކަލޭގެފާނުން ޖަވާބުގައި ޙަދީޘު ފުޅު ކުރެއްވިއެވެ.
އޭ ލޯބިވާ ދަރިފުޅާ އެވެ! އިސްތަށިގަޑޫގެ އެހީގައި އެލިފައިވާ އަންހެނާއަކީ
(ހިލޭ ) ފިރިހެނުންނަށް އެކަނބުލޭގެ ބޮލުގެ އިސްތަށިގަޑު ނިވައި ނުކުރާ
އަންހެނާއެވެ. ދުލުގެ އެހީގައި އެލިފައިވާ އަންހެނާ އަކީ އޭނަގެ ދުލުން ފިރިމީހާއަށް
އުދަނގޫ ފޯރުވައި އުޅޭ އަންހެނާއެވެ. އުރަމަތީގެ އެހީގައި އެލިފައިވާއަންހެނާއަކީ
އެކަނބުލޭގެ ފިރިމީހާގެ ތަންމަތި ފަސާދަ ކުރާ
އަންހެނާއެވެ. އެއަންހެނެއްގެ
އަތްފައި ބަދެވިފައިވާ އަދި ހަރުފަތަކާއި ނިގުލުންދާށިތައް އެމީހެއްގެ
މައްޗަށް ފާކުރެއްވިފައިވާ އަންހެނާއަކީ އޭނަގެ ހަށިގަޑު ޚިޔާނާތްތެރިކަމާ
ޙައިޟުގެ ނުތާހިރުކަމުން ސާފުނުވެ އުޅުނު ، އަދި
ނަމާދަށްފުރައްސާރަކޮށް އުޅުނު އަންހެނާއެވެ. އެއަންހެނެއްގެ ބޯ އޫރުގެ ބޯހެން
ހަށިގަޑު ޙިމާރުގެ
ހަށިގަނޑުހެން ހުރި އަންހެނާއަކީ ދޮގުހަދައި ދެބަ އޮޑުވައި އުޅުނު އަންހެނާއެވެ.
އަދި ކުއްތާއެއްގެ ސިފަ ލިބިފައިވާ އަލިފާން
އޭނަގެ އަގައިން ވަދެގެން
ފުރަގަހުން ނިކުމެ ނިކުމެ ހުރި އަންހެނާއަކީ ކަލަމިނަގައި ޙަސަދަ ވެރިވެ އުޅުނު
އަންހެނާއެވެ. (الكبائر.الذ هبى)
އޭ ލޮބުވތި
މުސްލިމު އުޚުތުންނޭވެ! ޤިޔާމަތް ދުވަހަކީ ހަމަ ޔަޤީނުން އަންނާނެދުވަހެކެވެ.
އެމައިދާނަށް އެދުވަހުން އިންސީންގެ އިތުރުން ޖިންނީންނާއި ޖަނަވާރުތައްވެސް
ޙާޟިރުކުރެވޭނެއެވެ. ހުރިހާއެއްޗެއް ދުނިޔެމަތީ އުޅެފައިވާގޮތާ ކޮށްފައިވާ
ކަންތައްތަކުގެ ޙިސާބަ ޢަދުލުވެރި އިންޞާފަކުން އިންޞާފު ކުރެވި
ޙައްޤު ޖަޒާދެވޭނެއެވެ.
އެއްޖަނަވާރަކު އަނެއް ޖަނަވާރަކަށް އަނިޔާވެރި ވެފައިވާނަމަ އަނިޔާލިބުނު
ޖަނަވާރުގެ ކިބައިން އަނިޔާކުރި ޖަނަވާރު އެއަނިޔާކުރިގޮތައް އޭގެބަދަލު
ހިއްޕަވާދެއްވާނެތެވެ. އަދި އެޖަނަވާރުތަކަށް އެންގެވޭނެތެވެ. ތިޔައެއްޗެއްސަކަށް
ސުވަރުގެއަކަށް އަދި ނަރުކައަކަށްވެސް ނުދެވޭނެތެވެ. ތިބާމެން އެންމެން
މަށްޓަށް ވާށެވެ. އެހިދުން ހުރިހާ ޖަނަވާރުތަކެއް މައްޓަށް ވެދާނެތެވެ. މިހެންމިކަން
ހިގުމުން ބަސްޤަބޫލުނުކުރާ ކުއްވެރީން (ކާފިރުން) ﷲގެޙަޟުރަތުގައިދަންނަވާނެތެވެ.
" يا ليتنى كنت ترابا " އަހަރުމެންވެސް
މަށްޓަށް ވެއްޖެނަމަ ކިހާރަގަޅު ތޯއެވެ؟ އެކަމަކު
އެއީ އިލާހީ ސުންނަތާ
ޚިލާފުކަމެކެވެ. "وَلَنْ تَجِدَ لِسُنَّةِ اللهِ تَبْدِ يلاً"އިލާހީ ސުންނަތާއި
ޚިލާފަށް ހިގާއެއްވެސް ކަމެއް މިދުނިޔެ އަކުންވެސް އެދުނިޔެ އަކުންވެސް ކަލޭގެފާނަކަށް
ފެނިވަޑައެއް ނުގަންނަވާނެތެވެ.
އެހެންކަމުން އެދުވަހުގައި އިލާހީ ޢަޛާބުން
ސަލާމަތްވާނޭ ހަމައެކަކުވެސް ނުހުންނާނެއެވެ. ސަލާމަތް ކޮށްދޭނޭ މީހަކުވެސް
ނުހުންނާނެތެވެ. އެކަމަށް ފިޔަވަޅުއަޅަންވާތަނަކީ މިތަނެވެ. މިދުނިޔެއެވެ.
ލޮބުވެތި
އުޚުތުންނެވެ! الله ދެއްވި އަގުބޮޑު
ނިޢުމަތް ކަމަށްވާ ބުއްދީގެ ބޭނުން މިޙަޔާތުގައި
ހިފާށެވެ. ޝައިޠާނާއާއި އޭނަގެ އަޢުވާނުންގެ ހެއްލުމުގައި ނުޖެހޭށެވެ. އިހަކުން
ނުވިރައްކަލެއް ފަހަކުން ނުވެވޭނެއެވެ. ޙަޤީޤަތެއްނެތް ދުނިޔެވީ ޖާދޫގައި ޖެހި
އުޚުރަވީ ޙަޔާތް ބަރުބާދު ނުކުރާށެވެ. އިލާހީ ކޯފާގެ ގަދަފަދަކަން ހަދާން ކުރާށެވެ.
މަރުގެ ސަކަރާތެވެ. ކައްވަޅުގެ އަދިރިކަމާއި އެކަނިވެރިކަމެވެ. ކައްވަޅުގެ
ޢަޛާބެވެ. މަޙުޝަރު މައިދާނުގެ ބިރުވެރިކަމެވެ. ޙިސާބަ ކިތާބައިގެ ގަދަފަދަ
ކަމެވެ. ނަރަކައިގެ އަލިފާނުގެ ހޫނު ކަމެވެ.
ﷲސުބްޙާނަހޫވަތަޢާލާ
އަޅަމެންނަށް ހެއުވިސްނުން ދެއްވާށިއެވެ. ސީދާމަގަށް
އަޅަމެންގެ ފައިތިލަތައް ސީދާކޮށްދެއްވާދޭވެ. އާމީން.
No comments:
Post a Comment